ގަމަށް ނުޖެއްސިގެން ޑައިވާޓް ކުރި ފްލައިޓް ވެލާނާ އެއާޕޯޓަށް ޖައްސައިފި

މޫސުމް ގޯސްވުމުގެ ސަބަބުން އައްޑުއަތޮޅު ގަން އިންޓަނޭޝަލް އެއާޕޯޓަށް  ޖައްސަން އޮތް މޯލްޑިވިއަންގެ ފްލައިޓް ގިނަ އިރުތަކެއް ވަންދެން ގަމުގައި ޖައްސަން މަސައްކަތްކޮށް އެކަން ކާމިޔާބުވާގޮތް ނުވުމުން އެ ފްލައިޓް ޑައިވާޓް ކުރުމަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފިއެވެ.

ރޭ 1:20 ހާއިރު ގަން އެއާޕޯޓަށް ޖައްސަން އޮތް މޯލްޑިވިއަންގެ ފްލައިޓް ޑައިވާޓް ކުރުމަށްފަހު ވެލާނާ އެއާޕޯޓަށް ޖެއްސީ ރޭ   3:19 ގައެވެ. މި ފްލައިޓް ވެލާނާ އެއާޕޯޓްގައި ޖައްސާފައި ވަނީ ވެލާނާ އެއާރޕޯޓުން ގަމަށްދާން ފުރިތާ ތިން ގަޑިއިރާއި 16 ވަރަކަށް މިނިޓް ފަހުންނެވެ.

އިއްޔެ  އިރުއޮއްސުނުއިރުން ފަށައިގެން އައްޑޫއަށް ވައިގަދަވެ ވިއްސާރަ ވަމުންދާއިރު، ހުއްޓުމެއް ނެތި ވާރޭ ވެހެމުން ދާތާ ގިނަ އިރުތަކެއްވަނީ ވެފައެވެ.  އަދި އައްޑޫ ހިމެނޭ ސަރަހައްދަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ރޭ ރީނދޫ އިންޒާރުވެސް ނެރެފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޯވިޑް މެނޭޖް ކުރުމަށް ސަރުކާރުން ކުރާމަސައްކަތުން ރަގަޅު ނަތީޖާއެއް ފެނިގެންދާނެ- އިލްޔާސް ލަބީބު

ކޯވިޑުގެ ނުރައްކާތެރި ހާލަތުން އަރައި ގަތުމަށް ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތުން، މިބަލިމަޑުކަމުން އަރައިގަނެވޭނެ ކަމުގެ އުންމީދު އެބައޮތް ...

އުރީދޫގެ އާ ލޯގޯ ދައްކާލައިފި

އުރީދޫ މޯލްޑިވްސްގެ އާ ލޯގޯ ދައްކާލައިފިއެވެ. އެ ކުންފުނީގެ އާ ލޯގޯ ތައާރަފު ކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ ސީއީއޯ ...

މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 24  ޖުލައި 2020 ވަނަ ދުވަހު )  މީދޫގައި ހުކުރު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކާއި ...