ގޮނޑުދޮށްތަކުން ވެލި ނަގާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނަން – އީޕީއޭ

ޤަވާއިދާ ޚިލާފަށް ގޮނޑުދޮށްތަކުން ވެލިނަގާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ދީފިއެވެ.

ކުއްޔަށް ދޫކުރާ ރަށްތަކާއި ފަޅުރަށްތަކާއި ފިނޮޅުތަކުގެ އިތުރުން އާންމުން ދިރިއުޅޭ ރަށްރަށުގެ ގޮނޑުދޮށްތަކުންވެސް ގިނަ އަދަދަކަށް ވެލި ނަގަމުންދާކަމުގެ ޝަކުވާތައް ލިބެމުންދާކަމަށް ބުނެ އީޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި ވަނީ އެގޮތަށް ގޮނޑުދޮށްތަކުން ގިނަ އަދަދަކަށް ވެލި ނެގުމުން ރަށް ގިރުން ފަދަ ބޮޑެތި ގެއްލުން ތިމާވެއްޓަށް ލިބެމުންދާކަމަށެވެ.

އެހެންކަމުން ގަވާއިދާ ހިލާފަށް ވެލި ނަގާ ފަރާތްތަކާ މެދު ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން އެފަދަ އަމަލުތައް ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާ ޖޫރިމާނާ ކުރާނެކަމަށްވެސް އީޕީއޭގެ ބަޔާނުގައިވެއެވެ.

ވެލި ނެގުމަށް ހުއްދަ ދެވިފައިވާ ރަށްރަށުގެ މައުލޫމާތު ރަށު ކައުންސިލްތަކުން ލިބެން ހުންނާނެކަމަށާއި އެކިއެކި ބޭނުންތަކަށް ވެލި ބޭނުންވާ ފަރާތްތަކުން އެ ރަށްރަށުން ވެލި ނަގަމުން ގެންދިޔުމަށްވެސް އީޕީއޭގެ ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޖޭޕީގެ ރައީސް ކަމުން އަލީ ވަހީދު ވަކިކުރަން ހުށައަޅައިފި

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ރައީސް ކަމުން އަލީ ވަހީދު ވަކިކުރަން އެ ޕާޓީގެ ކައުންސިލަށް ހުށައަޅައިފިއެވެ. ...

ކަމާއިބެހޭ ފަރާތްތަކުން ދެމުން ގެންދިޔަ އިރުޝާދުތަކަށް އާއްމުން ބޯ ނުލަބާކަން ހާމަވެއްޖެ- ޑރ. އަފްޒަލް

ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ކަމާއިބެހޭ ފަރާތްތަކުން ދެމުން ގެންދިޔަ އިރުޝާދުތަކަށް އާއްމުން ބޯ ނުލަބާކަން މާލެން ...

ސަރުކާރުގެ އޮފީސްތައް އިތުރު އެއް ހަފްތާ އަށް ބަންދު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނިންމަވައިފި

މި ހަފުތާއެކޭ އެއްގޮތަށް އަންނަ ހަފްތާގައިވެސް ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށާ ސްކޫލްތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކުގެ ކިޔެވުން ބަންދުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ...