އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ގައި ބޭނުންވާ މާސްކާއި ގައުން އަދި ސެނިޓައިޒާ ނެތް ކަމަށް ބުނާ ވާހަކަ ސަރުކާރުން ދޮގުކޮށްފި

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ގައި ބޭނުންވާ މާސްކާއި ގައުން އަދި ސެނިޓައިޒާ ނެތް ކަމަށް ބުނާ ވާހަކަ ސަރުކާރުން ދޮގުކޮށްފިއެވެ.

ރޭ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުން، ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މަބްރޫކް އަޒީޒް ވިދާޅުވީ، އައްޑޫ ހޮސްޕިޓަލްގައި ބޭނުންވާ މާސްކާއި ގައުން އަދި ސެނިޓައިޒާ ވެސް އެތަނުގެ ސްޓޮކް އެބަހުރި ކަމަށެވެ.

އައްޑޫ ހޮސްޕިޓަލުގައި ހުރި ތަކެތީގެ ލިސްޓު:

-289 ގައުންސް (ރައްކާތެރި ވުމަށް އަޅާ ހެދުން)

-1،306 ސާޖިކަލް މާސްކް

– 59 އެން-95 މާސްކް

– 133 ފުޅި ސެނިޓަައިޒާ

“ރާއްޖޭގެ ސަރަހައްދުގައި ހަދާ މެޑިކަލް ފެސިލިޓީތައް އެބަ ލަސްވޭ. ހިތަދޫގައި ހަދާ ފެސިލިޓީގެ މަސައްކަތުގެ 90 ޕަސެންޓް ވަނީ ނިމިފައި. އަދި އެހެން އަތޮޅުތަކުގައި ހަދާ ފެސިލިޓީތަކުގެ މަސައްކަތް ވެސް އެބަ ކުރިއަށް ދޭ. ގިނަ ތަންތަން ހުރީ ނިމުމާ ގާތުގައި.” ނޫސްވެރީންގެ ބައްދަލުވުމުގައި ރޭ މަބްރޫކް ވިދާޅުވިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް އިން ފޭސް މާސްކާއި ސެނިޓައިޒާ ހުސްވެފައިވާކަމަށް ބުނެ ފުރަތަމަ އެޚަބަރު ގެނެސްދީފައިވަނީ  އޮންލައިން ނޫހެއް ކަމަށްވާ ‘އައްޑޫ ލައިވް’ އިން ނެވެ.  މީގެ އިތުރުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރަ ޝަރަފު ސާދާތު ވަނީ އެކަށީގެންވާ ވަރަށް ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމެންޓް (ޕީޕީއީ) ވެސް އެ ހޮސްޕިޓަލްގައި ނެތްކަމަށް ވެސް ވިދާޅުވެފައެވެ.

ހިތުގެ ބައްޔަށް ފަރުވާ ހޯދުމަށް  މިދިޔަ ހުކުރުދުވަހު ( މިމަހުގެ 8 ވަނަ ދުވަހު )  ހެނދުނު އައްޑޫ ހޮސްޕިޓަލަށް ގެންދިޔަ ބަލި މީހާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ފަރުވާ ދިނުމުގައި ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އަޅާފައި ނުވާކަމަށް ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފު ސާދާތު އިއްޔެ ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާލެ ސަރަހައްދުން ރަށްރަށަށް ދިޔަ މީހުން އެކަހެރިވާން އަންގައިފި

މާލެ ސަރަހައްދުން މިފަހުން އެކި ރަށްރަށަށް ދިޔަ މީހުން އެމީހަކު ދިރިއުޅޭ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް އެކަހެރިވާން ...

ރިމޯޓް އެޑިއުކޭޝަން އަށް މަގުފަހިކޮށްދިނުމަށް އެޑިއުކޭޝަން ޒޯނެއް ދިރާގު ޓީވީގައި ގާއިމުކޮށްފި

ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން، ސްކޫލްތަކާ ކޮލެޖްތައް ބަންދުކޮށް ކިޔަވާކުދިން ތައުލީމު ހާސިލް ކުރުމަށް މިވަނީ ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ...

ހަމަނުޖެހުން ބޮޑުވި މެޗް މަންތަރަ ކާމިޔާބުކޮށް ކުއާޓާފައިނަލަށް ދިއުމުގެ ފުރުސަތު ތަނަވަސްކޮށްފި

މަރަދޫ ޔުނައިޓެޑް  ބަލިކޮށް ގްރޫޕް ޑީން  ކްއާޓާފައިނަލުން ޖާގަ ހޯދުމުގެ ފުރުސަތު ހުޅުދޫ މަންތަރަ ޓީމް ހޯދައިފިއެވެ. ގައުމު ...