ކޯވިޑް-19 އާއި ގުޅިގެން ރާއްޖެ ފުރަބަންދުކޮށްފައިވާތާ ދުވަސްތަކަަކަށް ފަހު އަންނަ ހޯމަ ދުވަހުން ފެށިގެން ގިނަ ލުއިތަކެއް ދޭން ސަރުކާރުން ނިންމާފައިވާ އިރު އޭގެ ތެރެއިން، އަންނަ މަހުން ފެށިގެން ރިސޯޓުތައް ހުޅުވައި ކޯވިޑް ނެތް ރަށްތަކުގެ ގެސްޓްހައުސްތައް ހުޅުވަން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ދޭން ނިންމާފައިވާ ލުއިތަކާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް ޑިރެކްޓަރު އާމިނަތު ޝައިނާ ޢަބްދުﷲ އެވެ.

މީގެ އިތުރުން މާލެ އާއި މާލެ ސަރަހައްދުގެ ކެފޭ ތަކާއި ރެންޓޯރެންޓްތައް ހުޅުވުމަށް ހުއްދަ ދޭން ނިންމާފައިވާ ކަމަށްވެސް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

ކެފޭ/ރެސްޓޯރެންޓުގެ އިތުރުން އަންނަ ޖުލައި މަހުން ފެށިގެން ޖިމާއި ސެލޫން އަދި ސްޕާ ފަދަ ތަންތަން ވެސް ހުޅުވާލާނެ އެވެ. އަދި ގިނަ މީހުން އެއްވެ ކުޅޭ ކުޅިވަރުތައް ކުޅުމުގެ ހުއްދަ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީއާ ގުޅިގެން ދިނުމަށް ވެސް އެޗްޕީއޭއިން ވަނީ ނިންމައިފަ އެވެ.

މި ފަދަ ލުއިތަކަކާއި އެކު ހާއްސަ ހުއްދައެއް ނެތި ބޭރަށް ނުކުމެ އުޅެވުނު ނަމަވެސް އެޗްޕީއޭއިން ޢާންމު ކުރައްވާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރަން ޖެހޭނެކަމަށް އެޗްޕީއޭއިން ހާމަކުރައްވައެވެ.

އެގޮތުން ގެއިން ބޭރަށް ނުކުމެ އުޅުމުގައިވެސް 3 މީހުނަށްވުރެ ގިނައިން އެއްތަނެއްގައި އެއްވެ ނޫޅުމާއި، ގިނައިން މީހުން އެއްވާ ތަންތަނުގައި ކަނޑައެޅިފައިވާ މިންގަނޑުތަކުގައި ގައިދުރުކަން އިސްކޮށް މާސްކުފަދަ ތަކެތި އަޅައިގެން ތިބުމަކީ އިސްކަން ދޭންޖެހޭ ކަމެއްކަމަށްވެސް އެޗްޕީއޭއިން ލާފައަރުވައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ އިން ޕޮޒިޓިވްވި މީހާގެ ދެވަނަ ސާމްޕަލްގެ ނަތީޖާ ވެސް ޕޮޒިޓިވް ވެއްޖެ

އައްޑޫ އިން އިއްޔެ ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހާގެ ދެވަނަ ސާމްޕަލްގެ ނަތީޖާ ވެސް ޕޮޒިޓިވްވެއްޖެއެވެ. ކޮވިޑަށް ...

ދުވާލަކު 1000 ޓެސްޓްކޮށް، އަތޮޅުތަކުގައި ޓެސްޓްކުރަން ފަށަނީ

މާލޭ ސިޓީން ކޯވިޑް-19އަށް ޓެސްޓްކުރުމުގެ ކެޕޭސިޓީ 1000 އިތުރުކޮށް ޖޫންމަހުގެ ކުރީކޮޅު އަތޮޅުތަކުގައި ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ...

އެކެއް ފެބްރުއަރީ ގެންނަން ބަޔަކު ވަނީ ބޮޑެތި ހޭދަތަކެއް ކޮށްފަ – ޕީޖީ

ދިވެހިން މި ފަހުގައި ދުށް އެންމެ ހައިރާން ކުރުވަނިވި ޙުކުމް، އެކެއް ފެބްރުއަރީ 2017 ގައި ސުޕްރީމު ކޯޓުން ...