ގެސްޓުހައުސްތައް ފަތުރުވެރިންނަށް ހުޅުވާލައިފި

    ރާއްޖޭގެ ގެސްޓުހައުސްތައް މިއަދު ފަތުރުވެރިންނަށް އަލުން ހުޅުވާލައިފިއެވެ.
    ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމާގުޅިގެން ކޮވިޑްގެ  ހާލަތަށް ބަލާ، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބަންދުކޮށްފައިވަނީ މިދިޔަ މާރޗުމަހުގެ 17 ވަނަ ދުވަހުއެވެ. އޭގެ 212 ދުވަސްފަހުން އަލުން ގެސްޓް ހައުސްތައް ހުޅުވާލަން ފަށާއިރު، 9 ރަށަކުން 16 ގެސްޓްހައުސް  މިހާރުވެސް ހުޅުވުމަށް ތައްޔާރުވެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
    މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގަމުން ދިޔަ ގެސްޓުހައުސްތަކަކީ ގިނަ ބަޔަކު އެމަސައްކަތަކުން އާމްދަނީ ހޯދަމުންދިޔަ މަސައްކަތެކެވެ. އެހެންނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ގެސްޓުހައުސް ވިޔަފާރި ހުއްޓުމަކަށް އައުމުން ގިނަ ބަޔަކަށް އޭގެ އަސަރު ވަރަށްބޮޑަށްކުރިއެވެ.

    ކޮވިޑް 19 އައިގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި ބެހެއްޓުމަށްފަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލިތާ 3 މަސް ދުވަހަށްފަހު މިހާރު މިވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓުހައުސްތައް ހުޅުވުމުގެ ހުއްދަ ދޭން ފަށާފައެވެ.

    ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުން  ގެސްޓް ހައުސް ވިޔަފާރިތައް އަލުން ހުޅުވާލުމުގައި ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ގައިޑްލައިނާއި އެއްގޮތަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު، 22 ގެސްޓް ހައުސްއަކުން ސްޓޭޑަޑް އޮޕަރޭޓިންގް ޕްރޮސިޖަރ، އެސް.އޯ.ޕީތައް މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށެވެ. އަދި އޭގެ ތެރެއިން 16 ތަނެއް ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް އަލުން ހުޅުވާލުމުގެ ހުއްދަ މިނިސްޓްރީން ވަނީ ދީފައެވެ

    ރަށު ފެންވަރުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުރިހަމަކުރުމަށްފަހު، ގެސްޓް ހައުސްތައް ހުޅުވުމުގެ އެއްވެސް އިޢުތިރާޒެއް ނެތްކަމަށް މިހާތަނަށް 9 ރަށަކުން ޓޫރިޒަމް މިނިސްޓްރީއަށް އަންގާފައިވާކަމަށް އެ މިނިސްޓްރީން ހާމަކޮށްފައެވެ.  އެ 9 ރަށަކީ ހދ. ހަނިމާދޫ، ށ. ނަރުދޫ، ނ. ފޮއްދޫ، ކ. ހުރާ، ކ. މާފުށި، އއ. މަތިވެރި، ވ. ތިނަދޫ، އަދި ވ. ފުލިދޫގެ އިތުރުން ތ. ގާދިއްފުއްޓެވެ.

    ގެސްޓްހައުސްތަށް ހުޅުވުމުގެ ހުއްދަ ސަރުކާރުން ދެއްވަނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ތަންތަނަށެވެ. މިއީވެސް އެރަށެއްގައި ދިރިއުޅޭ އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައެވެ. އެގޮތުން ގެސްޓްހައުސްތަށް ހުޅުވުމުގެ ޚިދުމަތް ދިނުމުގައި ޢަމަލުކުރަންޖެހޭ ޢުސޫލުގައިވާ ގޮތުން ގެސްޓްހައުސްގެ ޚިދުމަތްފެށުމުގެ ހުއްދަ ދެނީ ކައުންސިލްގެވެސް ހުއްދައާއި އެކުގައެވެ. އަދި މި ޚިދުމަތް ފެށުމަށް ހުއްދަ ދޭނީ، ރަށުގައި ފްލޫ ކުލިނިކާއި، ކަރަންޓީން ފެސިލިޓީ އާއި، އަދި ބައްޔަށް މީހަކު ޕޮސިޓިވް ވެއްޖެނަމަ އައިސޮލޭޓް ކުރެވޭނެ ފެސިލިޓީތައް ޤާއިމުވެފައި ހުންނަ ރަށްތަކަށެވެ. އަދި ގެސްޓްހައުސްތައް ހިންގަން ފަށާ ރަށްތަކުގައި މާސްއެޅުން މަޖުބޫރެވެ. އަދި ރަށުގައި ޚިދުމަތްދިންނަމަވެސް ގެސްޓްހައުސްތަކަށްދާ މީހުން އާއްމުން ދިރިއުޅޭ ގެތަކަށް ވަދެއުޅުން މަނާވާނެއެވެ.

    ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަރަމުން އަންނަ އެއް ވިޔަފާރިއަކީ ގެސްޓުހައުސް ވިޔަފާރިއެވެ. ރާއްޖޭގެ އެކި ހިސާބުތަކަށް މިވިޔަފާރި މިހާރު ދަނީ ފުޅާވަމުންނެވެ. މިކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުންވެސް ފާހަގަވެއެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައި ގެސްޓުހައުސްތަކުގެ އަދަދު 600 އަށްވުރެ މައްޗަށްވަނީ އަރާފައެވެ. މިއީ ރާއްޖޭގެ ޓޫރިޒަމްގެ އެނދުގެ ނިސްބަތައް ބަލާނަމަ 20 އިންސައްތައެވެ.

    މިދިޔަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ 10 އިންސައްތަ އައީ ގެސްޓްހައުސްތަކަށްކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. ރާއްޖޭގެ 6000 އަށްވުރެ ގިނަ ވަޒީފާ ސީދާގޮތުން ގުޅިފައިވަނީ ގެސްޓްހައުސް ސިނާއަތަށްށެވެ. އެހެންކަމުން ގެސްޓުހައުސް ވިޔަފާރިއަކީ ދިވެހިންގެ އާއްމު ދިރިއުޅުމާވެސް ގުޅިފައިވާ މުޙިއްމު އިޤްތިސާދީ މަސައްކަތެކެވެ.

    މަސްދަރު: ޕީއެސްއެމް ނިއުސް

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    ސީއެންއެންގައި ރާއްޖޭގެ އިޝްތިހާރު ދެއްކުމަށް އެއްބަސްވެއްޖެ

    އެމްއެމްޕީއާރްސީން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުމުގެ ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ސީއެންއެންއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މާޗު މަހުގެ ފުރަތަމަ ...

    ސްރީލަންކާއަށް ރެޑް އެލާޓް ނެރެފި

    މި ސަރަހައްދުގައި މިހާރު އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން މޫސުން ގޯސްވެ ސްރީލަންކާއަށް ރެޑް އެލާޓް ނެރެފިއެވެ. ލަންކާގެ ޑިޕާޓްމެންޓް ...

    50 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ލިބޭނެ – ޤައުމީ ވެކްސިން ޕްރޮގްރާމް

    ކޯވިޑް-19އިން ރައްކާތެރިވުމަށް ދޭ ވެކްސިން ރާއްޖޭގައި ޢުމުރުން 50 އަހަރާއި 50 އަހަރުން މަތީގެ ހުރިހާ އެންމެންނަށް ދިނުމަށް ...

    އެފްއޭއެމްގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެ ، މުވައްޒަފުންނާއި ނޫސްވެރިން ކަރަންޓީނަށް

    ފުޓުބޯޅަ އެސޯސިއޭޝަން މޯލްޑިވްސް(އެފްއޭއެމްގެ) މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން އެފްއޭމްގެ މުވައްޒަފުންނާއި، އެފްއޭއެމްގައި ބޭއްވި ނޫސްވެރިންގެ ...

    އައްޑޫ ސިޓީ ދާއިރާއިން ހުޅުދޫ މީދޫ ވަކިކޮށް ހުޅުދޫ މީދޫއަކީ އައްޑޫ އަތޮޅު ކަމަށް ހެދުމުން އެދެރަށަށް ފައިދާ ބޮޑު

    އައްޑޫ ސިޓީ ދާއިރާއިން ހުޅުދޫ މީދޫ ވަކިކޮށް ހުޅުދޫ މީދޫއަކީ އައްޑޫ އަތޮޅު ކަމަށް ހެދުމުން ފައިދާ ބޮޑު ...

    ރަތަފަންދޫ ކައުންސިލް މެމްބަރަކު ރަށު ސުކޫލަށްވަދެ ޓީޗަރަކާއި ދިމާއަށް ހަޅޭއްލެވި މައްސަލައެއް

    ގދ. ރަތަފަންދޫ ކައުންސިލުގެ އަންހެން މެމްބަރަކު އެރަށު ސުކޫލަށްވަދެ ކްލާހުގައި ކިޔަވައިދެމުންދިޔަ ޓީޗަރަކާއި ދިމާއަށް ހަޅޭއްލެވުމާއި ގުޅިގެން އެ ...