ހަނިމާދޫ އެއާޕޯޓުގެ މަސައްކަތަށް ކައުންސިލާއި ރައްޔިތުންގެ އެއްބާރުލުން މުހިއްމު: ރައީސް

ހދ. ހަނިމާދޫގައި ތަރައްގީ ކުރުމަށް ނިންމާފައިވާ އެއާޕޯޓުގެ މަސައްކަތް ކާމިޔާބުކަމާއެކު ކުރިޔަށް ގެންދިއުމަށްޓަކައި އެރަށުގެ ކައުންސިލާއި ރައްޔިތުންގެ އެއްބާރުލުން ވަރަށް މުހިއްމު ވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވާއިރު ހަނިމާދޫ އެއާޕޯޓު ތަރައްގީކުރާ ބިމުގެ ސަރަހައްދަށް 853،937 އަކަފޫޓު އިތުރުކުރަން ޕްލޭނިން މިނިސްޓްރީން ވަނީ މިދިޔަ މާޗު މަހު ހުށަހަޅާފައެވެ. އެކަމާއި ގުޅިގެން ޕެޓިޝަނެއްގައި ސޮއި ކުރުމުގެ މަސައްކަތް ވެސް ކުރިޔަށް ގެންދިޔައެވެ. މީގެއިތުރުން އެއާޕޯޓުގެ ތަރައްގީ އަށް ރަށުން ބޮޑު ބިމެއް ދޭން ކަންބޮޑުވާ ކަމަށް ހަނިމާދޫ ކައުންސިލުން މީގެކުރިން ބުނެފައި އެބައޮތެވެ.

ތިލަދުންމަތީ ދެކުނު ބުރީގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ސޯލިހު ވަނީ އެންމެ ފަހު މަންޒިލަކަށް ހަނިމާދޫ އަށް ވަޑައިގެންފައެވެ. އަދި އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީއާއެކު ބައްދަލުކުރެއްވިއެވެ.

އެ ބައްދަލުވުމުގައި ހަނިމާދޫގައި ތަރައްގީ ކުރާ އިންޓަނޭޝަނަލް އެއާޕޯޓަކީ ހާއްސަކޮށް މުޅި ބޮޑު ތިލަދުންމަތީގެ ތަރައްގީއަށާއި، ފަތުރުވެރިކަމުގެ ތަރައްގީ އަށް ވަރަށް މުހިންމު މަޝްރޫއެއްކަން ފާހަގަކުރެއްވިއެވެ. އެ ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ކުރިޔަށް ގެންދިއުމުގައި ކައުންސިލާއި އަދި ރައްޔިތުންގެ އެއްބާރުލުން ލިބިގެންދިއުމަކީ ވަރަށް މުހިންމުކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓް އަލުން ތަރައްގީ ކުރުމަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ސްކީމް ގެ ދަށުން ފައިނޭންސް ކުރުމަށް ދިވެހި ސަރުކާރުން ނިންމާފައިވާ އުމްރާނީ ތަރައްގީގެ ބޮޑު 8 މަޝްރޫއުގެ ތެރެއިން އެއް މަޝްރޫއުއެވެ.

މި މަޝްރޫއުގެ ކޮންސަލްޓެންޓް ކަމުގައިވާ އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ (އޭ.އޭ.އައި) އިން ވަނީ މަޝްރޫއުގެ ޑީޓެއިލްޑް ޕްރޮޖްކްޓް ރިޕޯޓް (ޑީ.ޕީ.އާރް) ގެ މަސައްކަތް ފުރިހަމަކޮށް ހުށަހަޅާފައިވާއިރު ޑީޕީއާރް ފަންޑް ކޮށްފައި ވަނީ އިންޑިއާ ސަރުކާރުގެ 750،000 ޑޮލަރުގެ ގްރާންޓެއް މެދުވެރިކޮށެވެ. އަދި ދިވެހި ސަރުކާރުން ވަނީ ޑީޕީއާރް ގެ ކުރަންޖެހޭ ތަހުލީލުތައްކޮށް ވަނީ ބަލައިގެންފައެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރަނީ ދިގުމިނުގައި 164 މީޓަރާއި، ފުޅާމިނުގައި 34 މީޓަރު ހުންނަ، އަދި ދެފަރާތުގައި 5.5 މީޓަރުގެ ‘ޝޯލްޑާ’ ހުންނަ ދެ ޓެކްސީވޭ އަކާއެކުގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް 19 – ހުޅުދުން ނެގުނު ރެމްޑަމް ސާމްޕަލްތަކެއް ޕޮޒިޓިވްވެއްޖެ

ހުޅުދުންނެގުނު ރެމްޑަމް ސާމްޕަލްތަކުގެ ތެރެއިން 2 މީހެއްގެ ސާމްޕަލް ކޮވިޑް 19 އަށް  ޕޮޒިޓިވްވެއްޖެވެ. ސިއްހީމަރުކަޒު ހިންގުމާ ހަވާލްވެ ...

ފޭދޫގެ މިސްކިތަކަށް މީހަކު ބޮޑުކަމު ގޮސްފި

އައްޑޫސިޓީ ފޭދޫގެ ދެ މިސްކިތަކަށް ބަޔަކު ވަދެ އެތަންތަނުގެ ހުރުމަތް ކަނޑައި ހަޑިމުޑުދާރު އަމަލު ހިންގައިފިއެވެ. ބަޔަކު ނުވަތަ ...

ރާއްޖޭގެ އިގްތިޞާދު ރިސެޓް ކުރުން

މާރިޗް މަހުގެ 15 ވަނަ ދުވަހުން ފެށިގެން މުޅި ރާއްޖެ މި އޮތީ ފުރަބަންދުކޮށްފައެވެ. ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައެވެ. ...