އައްޑޫސިޓީގެ ހިތަދޫން އިތުރު 20 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އިއްޔެ ޕޮޒިޓިވްވީ 12 ދިވެހީންނާއި 8 ބިދޭސީން
advertisement

ކޮވިޑާއި ގުޅިގެން މިވަގުތު ކާފިއު ހިންގުމަށްފަހު  މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ  އައްޑޫ ސިޓީގެ ހިތަދޫން  އިއްޔެ  20 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެވެ. މި 20 މީހުންގެ ތެރެއިން ހިމެނެނީ 8 ބިދޭސީންނާއި 12 ދިވެހީންނެވެ.

އިއްޔެ ހިތަދޫން  ފެނުނު 20 ކޭސްގެ ތެރޭގައި ހިމެނެނީ ރެންޑަމް ސާމްޕަލް އިން ޕޮޒިޓިވްވި 9 މީހަކާއި، ފްލޫ ކްލިނިކަށް ދެއްކި ދެ މީހެއްގެ އިތުރުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު 9 މީހެކެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން އިއްޔެ  ހާމަކޮށްފައިވާގޮތުގައި  އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00 އިން ހޯމަ ދުވަހުގެ އިރުއޮއްސި 6:00 އަށް ކޮވިޑަށް ޓެސްޓްކުރުމަށް އައްޑޫސިޓީން ނެގުނީ 308 ސާމްޕަލެވެ.

މިހާތަނަށް އައްޑޫސިޓީން 367 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މީގެ ތެރެއިން އެކްޓިވް ކޭސްގެ ގޮތުގައި އިއްޔެ އިރުއޮއްސި 6 ގެ ނިޔަލަށް  ވަނީ 73 ކޭސްކަމަށްވެސް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ

އައްޑޫން ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން  ރަނގަޅުވެފައިވަނީ 18 މީހުންނެވެ. މި 18 މީހުންނާއިއެކު އައްޑޫއިން ކޮވިޑް ޖެހުނު 292 މީހަކު ވަނީ ބަލިން ރަގަޅުވެފައެވެ.

އެކުއެޓޯރިއަލް ހޮސްޕިޓަލުން އިތުރަށް ހާމަކޮށްފައިވާގޮތުން އައްޑޫއިން ކޮވިޑަށް ޓެސްޓްކުރުމަށް މިހާތަނަށް 7293 ސާމްޕަލް ވަނީ ނަގާފައެވެ.

އައްޑޫސިޓީގެ ވަކިވަކި ރަށްތަކުން މިއަދާ ހަމައަށް ކޮވިޑްގެ އެކްޓިވް ކޭސްތަކަށް ބަލާއިރު ފޭދޫއިން 1 މީހުން، މަރަދޫފޭދޫއިން 1 މީހުން ، މަރަދޫއިން 2 މީހުން، ހިތަދޫއިން 63 މީހުން، ހުޅުދޫއިން 6 މީހުން، އެކްޓިވް ކޭސްގެ ގޮތުގައިވެއެވެ.

އައްޑޫ ދެމީހަކު މިބަލީގައި ނިޔާވެފައިވާއިރު މިވަގުތު ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނީ އެންމެ މީހަކަށެވެ.

ކޮވިޑް 19 އާއި ގުޅިގެން އައްޑޫސިޓީ ހުޅުމީދޫ 29 އެޕްރީލް އިން ފެށިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު އައްޑޫސިޓީގެ ގުޅިފައިވާ ރަށްތައް މޮނިޓަރިންގގެ ހާލަތަށް ގެނެސްފައިވަނީ މެއި މަހުގެ އެއްވަނަ ދުވަހުއެވެ. އަދި މެއި 13 ވަނަ ދުވަހުން ފެށިގެން އައްޑޫގައި ހަވީރު 4:00 އިން ފަތިހު 4:00 އަށް ވަނީ ކާފިއު ހިންގާފައެވެ.

އަދި މީގެ އިތުރަށް އައްޑޫގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރާގޮތައް ހަމަޖައްސާފައި  އޮތް އޮތުން މިއަދުން ފެށިގެން އަންނަ ހޮނިހިރުދުވަހުގެރޭ އިޝާނަމާދައާއި ހަމައަށްވަނީ  އިތުރު ކުރެވިފައެވެ

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަތޮޅު ތެރޭގެ ރައްރަށަށް ދަތުރު ކުރުމުގައި ދެން ހާއްސަ ހުއްދައެއް ނަގާކަށް ނުޖެހޭނެ

އަންނަ ހޯމަ ދުވަހުން ފެށިގެން މާލެ ފިޔަވައި އެއްރަށުން އަނެއް ރަށަށް ހުއްދަނެތި ދަތުރުކުރެވޭނެ ކަމުގައި ނޭޝަނަލް އިމަޖެންސީ ...

މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 14  އޯގަސްޓް 2020 ވަނަ ދުވަހު )   މީދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ކުރެއްވުމަށް ...

އައްޑޫ ސިޓީގައި ކުރިއަށްދާ މަޝްރޫޢުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި

އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި، ޤައުމުގެ އިޤްތިސާދީ ހާލަތާއި ގުޅޭގޮތުން ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު އައްޑޫ ...