ބަދަހިކަޕް ނެޓްބޯޅަ މުބާރާތް: ޗެމްޕިއަން އެޗް.އެމް.ޕީ.އާރް.ސީ – އެންމެ މޮޅު ކުޅުންތެރިއަކަށް ރަބާބު

މީދޫ އެކުވެރިންގެ ޗޭނުން އިންތިޒާމުކޮށްގެން މީދޫގައި ބޭއްވި ” އެމްއީސީ ބަދަހިކަޕް ” ނެޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން  ހުޅުމީދޫ ޕޮލިސް ރިކްރިއޭޝަން ކުލަބް ހޯދައިފި އެވެ.

ހުޅުމީދޫ ޕޮލިސް ރިކްރިއޭޝަން ކުލަބް މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ މީދޫ ކުޅިވަރުއެރީނާގެ ނެޓްބޯޅަ ކޯޓްގައި ރޭކުޅެވުނު ފައިނަލްމެޗްގައިހުޅުދޫ ޔޫތު ބަލިކުރުމަށްފަހުގައެވެ.

ދެޓީމްގެ ކުޅުންތެރީންގެ ފަރާތުން ވާދަވެރި އަވަސް ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ކުޅިބަލން ގިނައަދަދެއްގެ ބަޔަކު ހާޒިރުވެ ދެޓީމްގެ ކުޅުންތެރީންނަށް ސަޕޯޓް ކުރަމުން ގޮސްފައިވާއިރު މިމެޗް ފެށިގެން ފުރަތަމަ 2 ޕޮޓްގެ ލީޑެއް ހުޅުދޫ ޔޫތުން ހޯދިއެވެ. އެހެންނަމަވެސް ފަހަތުންއަރާ ޕޮލިސްޓީމުންވަނީ ލީޑު ހޯދާފައެވެ.

މިގޮތުން މިމެޗުގައި ކުޅެވުނު 15 މިނިޓްގެ 4 ކުއާޓާރ   35 ޕޮޓު 26 ޕޮޓުން ކާމިޔާބުކޮށް ހުޅުމީދޫ ޕޮލިސް ރިކްރިއޭޝަން ކުލަބް ވަނީ މިމުބާރާތުގެ ޗެމްޕިއަކަން ހޯދާފައެވެ.

ފައިނަލްމެޗްގެ ކުޅުން ނިމުމުން މުބާރާތުގެ ނަތީޖާ ފާޅުކޮށް ކާމިޔާބީތަށް ހޯދި ކުޅުންތެރިންނަށާ ޓީމްތަކަށް މެޑެލް އާއީ ޓްރޮފީ ހަވާލުކޮށްދިނުމުގެ ރަސްމިއްޔާތު ބޭއްވުނެވެ.

މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންނަށް ހޮވިފައިވަނީ:
– އާސިޔަތު ޝިފްނާ އަބަދުލްކަރީމް (މިފްކޯ )
– އާމިނަތު ރަބާބު އިބްރާހިމް  (ޓީމް ހުދުހުދު )

– ޖޫޒަން ޒަރީރު (ހުޅުމީދޫ ޕޮލިސް )
– ފާތިމަތު ރިޝާ (ހުޅުމީދޫ ޕޮލިސް)
– ޝާމިލާ އަބްދުލް މަޖީދު (ހުޅުމީދޫ ޕޮލިސް )
– ސަވާ އިބްރާހިމް (ހުޅުދޫޔޫތު )
– އަމީޝާ ސަލާމް (ހުޅުދޫޔޫތު )

-ފެއަރ ޕްލޭޓީމް: ޓީމް ހުދުހުދު

ފެއާޕްލޭ ކުޅުންތެރިޔާ : އާނިޔަތު ނަބީލާ ޖަލީލު/ ހުޅުމީދޫ ޕޮލިސް

އުއްމީދީ ކުޅުންތެރިޔާ : އާމިނިތު އިމްނާ އިނާޔަތުﷲ / ޝަރީފީ ޕްރީ ސްކޫލްގެ ޓީމް ހުދުހުދު

މިމުބާރާތުގެ އެންމެ މޮޅު ކޯޗް:  ހުޅުމީދޫ ޕޮލިސްޓީމުގެ ކޯޗް: އިޒްނީ ނިޒާރު

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ: ހުދުހުދު ޓީމްގެ އާމިނަތު ރަބާބް އިބްރާހީމް

މިމުބާރާތުގެ އެކިމަގާމްތަކަށް ހޮވުނު ކުޅުންތެރިންނަށާ ޓީމްތަކަށް މެޑެލް އާއީ ޓްރޮފީ ހަވާލުކޮށްދެއްވީ ރޭ ކުޅެވުނު ފައިނަލްމެޗްގެ ޝަރަފްވެރި މެހުމާނާ މީދޫ އަވަށު އޮފީހުގެ ޑިރެކްޓަރ މާނާ މުމްތާޒާއި އައްޑޫމީދޫ ދާއިރާގެ ކައުންސިލަރު ހިޔާޒު ހަސަންގެ އިތުރަށް ސްޕްރިންޑެންޓް އޮފް ޕޮލިސް އަހުމަދު އާޠިފު އަދި ސަދަން ޑިވިޝަން ކޮމާންޑަރ ޗީފް އިނިސްޕެކްޓަރ އޮފް ޕޮލިސް އަމީނު އަބްދުއްރަހީމް  އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދުން ޕޮޒިޓިވްވި 4 މީހުންނާއެކު ޖުމްލަ 23 މީހަކު މިއަދު އައްޑޫސިޓީން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީން އިތުރު 23 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެވެ. އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން އިން ...

ތައުލީމީ ގާނޫނުގެ ދަށުން ސްކޫލް ދަރިވަރުންގެ ޢާއްމު ގަވާއިދު ނެރެފި

ތަޢުލީމީ ޤާނޫނުގެ ދަށުން “ސްކޫލް ދަރިވަރުންގެ އާއްމު ގަވާއިދު” ނެރެފިއެވެ. އެޑިޔުކޭޝަން މިނިސްޓްރީން ބުނިގޮތުގައި މި ޤަވާއިދުގެ ބޭނުމަކީ ...

އިއްމެ ގޯލަކާ އެކު ސެމީގެ ފަހު ޖާގަ ހަބޭސް އަށް

“ގައުމު” އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީ މީދޫގައި މިހާރު ކުރިއަށްދާ ” ގައުމު ސްޓްރީޓް ކަޕްގެ ” ...