އޭދަފުށީގައި ހޯމް ކަރަންޓީނުގައި ތިބި ދެމީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ބ. އޭދަފުށީގައި ހޯމް ކަރަންޓީނުގައި ތިބި ދެ ބިދޭސީއަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ހޯމް ކަރަންޓީނުގައި ހުއްޓާ އޭދަފުށިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ބަންގްލަދޭޝްގެ ދެ މީހެކެވެ.

އެ ދެމީހުން ޕޮޒިޓިވްކަން އެނގުނީ ކަރަންޓީނު މުއްދަތު ހަމަވުމުން، އެމީހުން ދޫކޮށްލަން، އިއްޔެ ސާމްޕަލް ނަގައި ކުރި ޓެސްޓުންނެވެ.

އޭދަފުށީގައި  މިވަގުތު 15 ވަރަކަށް މީހުން ހޯމް ކަރަންޓީނުގައި އެބަތިއްބެވެ.

މި މަހުގެ 18ވަނަ ދުވަހު ބ. ތުޅާދޫގައި ކަރަންޓީނުގައި ހުރި މީހަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.  އެހެންނަމަވެސް އޭނާ ޕޮޒިޓިވް ވިކަން އެނގުނީ 10ދުވަސް ކަރަންޓީނުގައި ހުރުމަށްފަހު ހާޓްއެޓޭކެއް ޖެހި ކުއްލިއަކަށް ނިޔާވުމުން ކޮވިޑަށް ޓެސްޓު ކުރުމުންނެވެ. އޭގެފަހުން އިއްޔެ ހިތާދޫގައި ވެސް ހޯމް ކަރަންޓިގައި ހުރި މީހަކުވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބަލިމަޑުކަމުގެ ކުރިން އޮތް ހިސާބަށް އިގުތިސާދު އަނބުރާ ރުޖޫއަވެއްޖެ: އަމީރު

ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން އޮތް ހިސާބަށް ރާއްޖޭގެ އިގުތިސާދު އަނބުރާ ރުޖޫއަވެއްޖެ ކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު ...

ދިރާގުޓީވީން ޒޫމޫ އެޗްޑީ ޗެނަލް ދައްކަން ފަށައިފި

ކުޑަކުދިންނަށް ހާއްސަ ޗެނަލެއް ކަމަށްވާ “ޒޫމޫ   އެޗްޑީ ” ޗެނަލް ދިރާގު ޓީވީން ދޫކުރަންފަށައިފިއެވެ. އުމުރުން ތިން އަހަރާ ...

ރާއްޖޭގެ ރިސޯޓް ތަކުގައި މަސައްކަތްކުރާ %70 މީހުންނަކީ ބިދޭސީން

ރާއްޖޭގައި ހިންގަމުންދާ ރިސޯޓްތަކުގެތެރެއިން  174 ރިސޯޓެއްގައި ވަޒީފާ އަދާ  52،396 މުވައްޒަފުންގެ ތެރެއިން %/70 މީހުންނަކީ ބިދޭސީން ކަމަށް ...