ހުޅުދޫއާއި މީދުން ޓެސްޓް ކުރި 18 މީހުންގެ ނަތީޖާވެސް ނެގެޓިވް

ކޮވިޑް 19 އާއި ގުޅިގެން މިމަހުގެ 6 ވަނަ ދުވަހު މީދޫއާއި ހުޅުދޫގައި ހޯމްކަރަންޓީނު ކުރެވުނު 18 މީހުންގެ ކަރަންޓީންގެ މުއްދަތު މިމަހުގެ 21 ވަނަ ދުހުގެ ނިޔަލަށް ހަމަވެފައިވާތީ އެ 18 މީހުންގެ ގައިން މިމަހުގެ 22 ވަނަ ދުވަހު ކޮވިޑަށް ޓެސްޓް ކުރުމަށް ނެގުނު ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވް ވެފައިވާތީ އެ 18 މީހުން ރޭގެ ވަގުތެއްގައި އެމީހުން ދޫކޮށްލައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި 18 މީހުންގެ ގައިން ސާމްޕަލް ނަގާފައިވަނީ ހުޅުމީދޫ ސިއްހީމަރުކަޒުގެ ފަރާތުންނެވެ. އަދި 18 މީހުންގެ ޓެސްޓް ހަދާފައިވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައެވެ.

މާލޭގައި ތާށިވެފައި ތިބި މީހުން އެ މީހުންގެ އުފަން ރަށަށް ނުވަތަ ދިރިއުޅޭ ރަށަށް ގެންގޮސް ގޭގައި ކަރަންޓީން ކުރެވޭގޮތަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހަމަޖެއްސުމާއިގުޅިގެން ހޯމް ކަރަންޓީނުގައި 14 ދުވަހަށް ބޭތިއްބުމަށްފަހު އެ މީހުން ދޫކޮށްލަނީ ކޮވިޑަށް ޓެސްޓްކޮށް ނަތީޖާ ނެގަޓިވްވުމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފައިގަ ތަޅާ މުބާރާތުގެ ޗެމްޕިއަންކަންވެސް ހުޅުދޫ އަވަށު އޮފީސްޓީމު ހޯދައިފި

” ފައިގަތަޅާ ” މުބާރާތުގެ  ޗެމްޕިއަންކަން ހުޅުދޫ އަވަށު އޮފީހުގެ ދަވިލެޖާސް ހޯދައިފިއެވެ. މިމުބާރާތަކީވެސް އައްޑޫސިޓީ ކައުންސިލްގެ މުވައްޒަފުންގެ ...

ކުޅިވަރުގެ ގިނަ ކަންތައްތަކެއް ކުޅުދުއްފުއްޓަށް ލިބިގެންދާނެ: މަހުލޫފް

ކުޅިވަރުގެ ދާއިރާގެ ގިނަ ކަންތައްތަކެއް ކުޅުދުއްފުއްޓަށް ލިބިގެންދާނެކަމަށާއި އެއީ މި ސަރަހައްދަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކަންތައްތަކެއްކަމަށް ޔޫތް މިނިސްޓަރު ...

ކޯވިޑް19 އަށް ހޭލުންތެރިކުރުމަށް ފުވައްމުލައް ސިޓީގައި ބެނާތަކެއް ހަރުކޮށްފި

މިހާރު މުޅި ދުނިޔޭގައި ފެތުރިގެން އުޅޭ ކްރޯނާވައިރަސް ނުވަތަ ކޯވިޑް19 އަށް އާއްމުން ހޭލުންތެރިކުރުމުގެ ގޮތުން ފުވައްމުލައް ސިޓީގައި ކަމާއި ...