ހުޅުދޫ ބޮޑުމަގުގައި ތާރުއެޅުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފި

ހުޅުދޫ  ބޮޑުމަގުގައި ތާރުއެޅުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފި އެވެ.

ސަރުކާރުން އެމްޓީސީސީއާއި ހަވާލްކޮށްގެން ކުރިއަށް ގެންދާ މިމަސައްކަތުގައި  މިހާރު ކުރިއަށްދަނީ ހުޅުދޫގެ އެންމެ ކާރުބާރު ބޮޑު މަގުގައި ކަމަށްވާ ބަހާއުއްދީންމަގުގައި  ތާރުއެޅުމުގެ މަސައްކަތެވެ.

މީދޫ ބޮޑުމަގު: ތާރުއެޅުމުގެ ކުރީން ވަޅުލާންޖެހޭ ހޮޅިތައް ވަޅުލުމުގެ މަސައްކަތް ކުރަނީ

މިގޮތުން ހުޅުދޫ ބަހާއުއްދީންމަގުގެ އުތުރުކޮޅުން ފަށައިގެން ހުޅުދޫ މަސްޖިދުލް ވަހުދާއާއި ހަމައަށް ތާރުއަޅައި ނިންމާފައިވާއިރު  ތާރުއަޅައި ނިމުނު މިސަރަހައްދު އާއްމުންނަށް ދުއްވޭގޮތައް މިހާރުވަނީ ހުޅުވާލާފައެވެ.

އަދި މީގެ އިތުރަށް ވަހުދާ މިސްކިދުން ފަށައިގެން ހުޅުދޫ ހޭޒްލީންއާއި ހަމައަށް ތާރުއެޅުމަކަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގެ ބޮޑުބައެއްވެސް މިހާރުވަނީ ނިމިފައެވެ.

މީދޫ ބޮޑުމަގު: ތާރުއަޅަން ފެށުމުގެ ކުރީން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދަނީ

ހުޅުދޫއާއި މީދޫގެ ބަހާއުއްދީންމަގު ހެދުމުގެ މަޝްރޫއަކީ ތިރީސް ދެމިލިއަންރުފިޔާގެ މަޝްރޫއެކެވެ. މިމަޝްރޫއުގެ މަސައްކަތް އެމްޓީސީއާއި ހަވާލްކޮށްފައިވަނީ 240 ދުވަހުގެތެރޭގައި ނިންމާގޮތަށެވެ. މިމަޝްރޫގެ ދަށުން މިމަގުގެ ދެކިލޯ މީޓަރަށްވުރެ ދިގު ސަރަހައްދެއްގައި ރަގަޅު ފެންވަރަކަށް ތާރުއަޅައިގެން ހެދުމަށްވަނީ ނިންމާފައެވެ.

ހުޅުދޫ ބޮޑުމަގު: ތާރު އެޅުމުގެ މަސައްކަތް ކުރަމުންދަނީ

މީގެ އިތުރުން  މިމަޝްރޫގެ ދަށުން މިމަގުގައި ޖަހާފައިވާ މަގުމަތީ ބައްތިތައް ނަގައި އަލުން  މަގުބައްތި ޖެހުމާއި ސައިޑްވޯކް ގާއިމްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މިމަގު ހަދަމުންދާއިރު ފެންހިންދާ ނިޒާމުގެ މަސައްކަތްވެސް ދަނީ ކުރަމުންކަން ފާހަގަކޮށްލަންޖެހެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގަމަށް ފްލައި ދުބާއީގެ ދަތުރުތައް ފެށުމުން ހުވަދޫއަށް ކަނެކްޝަން ދޭނީ މޯލްޑިވިއަނުން

ފްލައި ދުބާއީ ދަތުރުތަށް އައްޑޫސިޓީގެ ގަމަށް ފެށުމާއި އެކު މޯލްޑިވިއަން އިން ހުވަދޫ ކަނެކްޝަން ދޭނެ ކަމަށް މޯލްޑިވިއަން ...

އިތުރު 2،142 މީހުން ކޮވިޑަށް ޕޮޒިޓިވް

ރާއްޖެއިން އިތުރު 2،142 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. އެޗްޕީއޭ އިން ރޭ ހާމަކޮށްފައިވާ ގޮތުން ...

ވަރޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެއަށް

އިނގިރޭސިވިލާތުގެ ވަރޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ. ވަރޖިން އެޓްލާންޓިކްގެ ފުރަތަމަ ފްލައިޓު މިމަހުގެ 23 ވަނަ ދުވަހު ...