ހުޅުދޫ ” ލަވިސްޓާ” ކެފޭ ގައި އަލިފާން ރޯވެ އަނދައިފި

ރޭފަތިހު ހުޅުދޫ ” ލަވިސްޓާ” ކެފޭ ގައި އަލިފާން ރޯވެ އަނދައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ އަލިފާން ރޯވެ އަދާފައިވަނީ ހުޅުދޫ ކަނބަލުންގެ ޕާކާއިންވެގެން އުތުރުފަރާތުގައިހުރި  “ލަވިސްޓާ” ނަމަކަށްކިޔާ  ކެފޭގައި ކަމަށާއި އެ ހާދިސާ ހިނގާފައިވަނީ ރޭ ފަތިހު 4 ޖަހާކަށް ހާއިރު ކަމަށެވެ.

މި ހާދިސާގައި އެތަނުގައި ހުރި ތަކެއްޗާއި އެތަން ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ.

ލަވިސްޓާގައި އަލިފާން ރޯވެ އަދަމުންދާކަން ހުޅުމީދޫ ޕޮލިސްއަށް ބަޔަކު ރިޕޯޓްކުރުމާއި ގުޅިގެން ޕޮލިހުން އެތަނަށް ގޮސް އެތަނުގައި  ރޯވެފައިވާ އަލިފާން ގަނޑު ނިއްވާލުމުގެ މަސައްކަތް ކޮށްފައިވެއެވެ. އެ މަސައްކަތުގައި އާއްމުންގެ ވަރަށްބޮޑު އެހީތެރިކަންވެސް ލިބިގެންގޮސްފައިވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެތަނުގައި އަލިފާން ރޯވި ސަބަބު ހުޅުމީދޫ ޕޮލިސްސްޓޭޝަނުން މިހާރުދަނީ ބަލަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް-19 : ށ. މިލަންދޫ ކަރަންޓީނު ކޮށްފި

ކޮވިޑް-19 އާ ގުޅިގެން ށ. މިލަންދޫ ކަރަންޓީނު ކޮށްފިއެވެ. މިލަންދޫ ކަރަންޓީންކޮށްފައިވާކަން ހާމަކޮށް އެރަށު ކައުންސިލަށް އެޗްޕީއޭ އިން ...

އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށްފި

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް އާ އަގުތައް އައިލެންޑް އޭވިއޭޝަނުން އިއުލާންކޮށްފިއެވެ. އެތެރޭގެ އުދުހުންތަކުން ކުރިން ނަގަމުން ...

ފޮޓޯއިން ޚަބަރު: މީދޫ ބޮޑުމަގު ހެދުމުގެ މަސައްކަތް

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މީދޫ ބޮޑުމަގުގެ ދެކުނު ކޮޅުން ރޯސްވާދީން ފެށިގެން ކޯގަންނު ގަބުރުސްތާނުގެ އުތުރު ...