ހުޅުދޫއާއި މީދޫގައި ކާފިއު ހިންގާފައި ބާއްވަން ޖެހޭ ސަބަބެއްނެތް – އިބްރާހިމް ޒުބައިރު

  ހުޅުދޫއާއި މީދުން ކޮވިޑަށް މީހަކު ޕޮޒިޓިވް ނުވާތާ 21 ދުވަހަށްވުރެ ގިނަ ދުވަސް ވެއްޖެ
  advertisement

  ހުޅުދޫއާއި މީދޫގައި ކާފިއު ހިންގާފައި ބާއްވަން ޖެހޭ ސަބަބެއްނެތްކަމަށްބުނެ ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާއި ޚިޔާލު ފާޅުކުރަމުން އެބަދެއެވެ.

  މިގޮތައް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރަމުންދަނީ ހުޅުދޫއާއި މީދުން ކޮވިޑްގެ އާ ކޭސްތަކެއް ނުފެނި މަހެއްހާ ދުވަސް ވެފައިވާތީއެވެ.

  މައުލޫމާތު ލިބިފައިވާގޮތުގައި ހުޅުދުން ރެމްޑަމް ސާމްޕަލް ނަގައިގެން އެންމެ ފަހުން ކޮވިޑަށް މީހަކު ޕޮޒިޓިވްވެފައިވަނީ މެއިމަހުގެ 21 ވަނަ ދުވަހުއެވެ. އަދި  ފުލޫ ކްލިނިކަށް ދެކިމީހުންގެ ތެރެއިން ހުޅުދުއާއި މީދުން ކޮވިޑަށް މީހަކު ޕޮޒިޓިވް ވެފައިވަނީ މެއި މަހުގެ 24 ވަނަ ދުވަހުއެވެ.

  އެހެންކަމުން މެއިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ހުޅުދޫއާއި މީދުން ނަގަމުންދާ ރެމްޑަމް ސާމްޕަލްތަކުންނާއި ފުލޫކްލިނަކަށް ދައްކާ މީހުންގެ ތެރެއިން ނެގޭ ސާމްޕަލްތަކުން އެއްވެސް މީހަކު ކޮވިޑަށް ޕޮޒިޓިވްނުވާތާ 21 ދުވަސް މިވަނީ ވެގެންގޮސްފައެވެ. 

  ކޮވިޑްގެ އިތުރު ކޭސްއެއް ނުފެނި 21 ދުވަސް – ޕޮޒިޓިވްވި ހުރިހާމީހުން ބަލިން ސަލާމަތްވުމުން – އާބާދީގެ ތިންބައިކުޅަ އެއްބައި މީހުންގެ ސާމްޕަލް ނަގަންޖެހުން- މީއަރަތެއް

  ހުޅުދޫމީދޫ ސިއްހީމަރުކަޒު ހިންގުމާއި ހަވާލްވެ ހުންނެވި އިބްރާހިމް ޒުބައިރު އޭނާގެ ފޭސްބުކް ޕޭޖްގައި ވިދާޅުވެފައިވެއެވެ.

  ހުޅުދޫއާއ މީދުން ކޮވިޑް ކޭސްތައް ނުފެންނަތާ ގިނަ ދުވަސްތަކެއްވިޔަސް އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ތެރެއިން ހިތަދޫން ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވަމުންދާތީ  ކޮވިޑާއި ގުޅިގެން އައްޑޫސިޓީގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް ދެމެހެއްޓުމަށް އައްޑޫ އެމެޖެންސީ އޮޕްރޭޝަނުންވަނީ ނިންމާފައެވެ. މިގޮތައް ނިންމުމުން ހުޅުދޫއާއި  މީދޫއަކީވެސް ސިޓީގައި ހިމެނޭ ދެރަށަށްވާތީ އެފިޔަވަޅުތައް ހުޅުދޫއާއި މީދޫގައިވެސް ކުރިއަށް ގެންދަންޖެހެއެވެ.

  ”  އެޕްރީލް މަހުގެ 29 ވަނަ ދުވަހު ހުޅުދޫއާއި މީދުން ކޮވިޑްގެ ކޭސްތަކެއް ފެނި ހުޅުދޫމީދޫ މޮނިޓަރިންއަށް ގެނެވުނުއިރު އައްޑޫސިޓީގެ ގުޅިފައިވާ ރަށްތައް މޮނިޓަރިންގއަށް ގެނެސްފައިނުވޭ ، ވީމާ ގުޅިފައިވާ ރަށްތަކުން ކޮވިޑްކޭސްތައް ފެނި އެރަށްރަށުގައި އަޅާފިޔަވަޅުތައް ހުޅުމީދޫގައި އަޅަންޖެހޭ ސަބަބެއް ނެތް – ސަބަބަކީ ހުޅުދޫއާއިމީދޫއަކީ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ވަކިންއޮންނަ ދެރަށަކަށް ވާތީ ، އަދިހުޅުދޫއާއި މީދުން ކޮވިޑްގެ ކޭސްތަކެއް ނުފެންނަތާ މިއަދާ އަހަމައަށް މިވަނީ 21 ދުވަސް ވެފައި . އެހެންކަމުން މިދެރަށުގައި  ކާފިއު ހިންގާފައި ބާއްވަންޖެހޭ އެއްވެސް ސަބަބެއް އަޅުގަޑަށް ނުފެނޭ ”

  ހުޅުމީދޫ ސިއްހީމަރުކަޒު ހިންގުމާ ހަވާލްވެ ހުންނެވި އިބްރާހިމް ޒުބައިރު ވިދާޅުވިއެވެ.

  advertisement

  • ކޮމެންޓްސް (0)

  Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

  Ads

  ads

  ކަމުދާނެ ލިޔުންތައް

  އިސްލާމީ މަރުކަޒު ކައިރީގައި އޮތް ކާރެއްގައި ރޯކޮށްލައިފި

  މާލޭ އިސްލާމީ މަރުކަޒު ކައިރީގައި އޮތް ކާރެއްގައި ރޯކޮށްލައިފިއެވެ. ކާރުގައި ރޯކޮށްލާފައިވާއިރު މިރޭ މާލޭގެ އެކި ސަރަޚައްދުތަކުގައި އިދިކޮޅު ...

  އުމުރުން ދުވަސްވީ މީހުންގެ ދުވަސް މީދޫގައި ފާހަގަކޮށްފި

  ބައިނަލްއަޤްވާމީ ޢުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށްޓަކައި މީދޫ ކޯގަންނު ގްރޫޕާއި ސިއްހީމަރުކަޒާ ގުޅިގެން ޚާއްސަ ޙަރަކާތްތަކެއް ކުރިއަށްގެންގޮސފިއެވެ. ...

  ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މާލެއާއި އަތޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

  ދިވެހި ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މާލެއާއި އަތޮޅުތަކުގައި، ޤާއިމްކޮށްފައި ހުރި ފުލުހުންގެ މަރުކަޒުތަކުގައި ދިދަ ...

  އޭޓީއެމްތަކުން ކޭޝް ކާޑު ބޭނުން ކުރާ ގޮތަށް ބަދަލުތަކެއް ގެނެސްފި

  ބޭންކް އޮފް މޯލްޑިވްސް،ބީއެމްއެލްގެ އޭޓީއެމްތަކުން ކޭޝް ކާޑު ބޭނުން ކުރާ ގޮތަށް ބަދަލުތަކެއް ގެނެސްފިއެވެ. އެގޮތުން މީގެ ކުރިން ...

  ރައީސް ޔާމީންގެ މައްޗަށް 1.4 ބިލިއަން ރުފިޔާގެ ހިޔާނާތާއި މަނީލޯންޑަރިން ތުހުމަތުތަކެއް

  ކުރީގެ ރައީސް އަބްދުﷲ ޔާމީނން ފުލުހުންގެ މަރުކަޒަށް ހާޒިރުކޮށް ސުވާލުކުރީ ދައުލަތުގެ 1.4 ބިލިއަން ރުފިޔާއަށް ހިޔާނާތްތެރިވެ އެ ...

  އެއާޕޯޓުގައި މަސައްކަތްކުރާ ފުލުހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ގިނަ ފުލުހުން ކަރަންޓީނަށް ގެންގޮސްފި

  ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތް ކުރާ ފުލުހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ  ގިނަ އަދަދެއްގެ ފުލުހުން ކަރަންޓީނަށް ގެންގޮސްފިއެވެ ...