ހުޅުމީދޫ ސިއްޙީ މަރުކަޒަށް ބޭނުންވާ ކަންކަން 3 މަސްދުވަހުގެ ތެރޭގައި ފުރިހަމަކޮށްދޭނަން- މިނިސްޓަރ

އައްޑޫ ސިޓީ ހުޅުމީދޫ ސިއްޙީ މަރުކަޒުންދޭ ޚިދުމަތްތައް ރަނގަޅު ކުރުމަށް ބޭނުންވާ ކަންކަން ކުރިއަށްއޮތް ތިން މަސްދުވަހުގެ ތެރޭގައި ފުރިހަމަކޮށްދެއްވާނެކަމަށް ހެލްތް މިނިސްޓްރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އައްޑޫ ސިޓީ ހުޅުމީދީ ހޮސްޕިޓަލުހެ ހާލަތު ބައްލަވާލެއްވުމަށް މިއަދު ކުރެއްވި ޒިޔާރަތުގައި އެ ހޮސްޕިޓަލުގެ މެނޭޖްމަންޓާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ހުޅުމީދޫ ސިއްޙީ މަރުކަޒަށް ވަޑައިގެން، މިނިސްޓަރ ވަނީ އެ މަރުކަޒުގެ އިސްވެރިންނާއި، މުވައްޒަފުންނާ ބައްދަލުކުރައްވައި ހުރި ދަތިތައް އޮޅުންފިލުއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ވަނީ، ސަރުކާރުން ރާއްޖޭގެ ސިއްޙީ ދާއިރާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގައި، ރަށްރަށުން ލިބޭ ސިއްޙީ ފަރުވާ އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކުރިޔަށް އޮތް ތިން މަސް ދުވަސް ތެރޭގައި ހުޅުމީދޫ ސިއްޙީ މަރުކަޒުގައި އެމަޖެންސީ ރޫމަކާއި ނަމާދު ކުރާނެ ތަނެއް ހެދުމުގެ މަސައްކަތް ފެށިގެންދާނެ ކަމުގެ ޔާޤީންކަން މިނިސްޓަރ ވަނީ ދެއްވަވާފައެވެ.

މިނިސްޓަރ ވަނީ، ހުޅުމީދޫ ސިއްޙީ މަރުކަޒުގެ ހާލަތު ބައްލަވާލައްވައި، މިހާރު ހުރި ދަތިތަކާއި، މިހާރުން މިހާރަށް ބޭނުންވާ ވަސީލަތްތައްކުގެ ލިސްޓެއް އެކުލަވާލައި ހެލްތް މިނިސްޓްރީއަށް ފޮނުވުމަށް ހޮސްޕިޓަލުގެ މެނޭޖްމަންޓުގައިވެސް އެދިވަޑައިގެންފައެވެ. އަދި ހުޅުމީދޫގެ ސީ އެމްބިއުލާންސްގެ ޚިދުމަތް މިހާރަށްވުރެ ރަނގަޅަށް ދެވޭނެގޮތް ހައްދަވައިދެއްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން އައްޑޫ ސިޓީގައި ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ ގުޅުން މިހާރަށްވުރެ ރަނގަޅުކޮށް، ގުޅިގެން ޚިދުމަތް ދެވޭނެ ގޮތްތަކަކާ ބެހޭގޮތުންވެސް މިނިސްޓަރ ވަނީ މަޝްވަރާ ކުރައްވާފައެެވެ.

އައްޑޫ ސިޓީއަށް ހެލްތް މިނިސްޓަރ ކުރައްވަމުންދާ ދަތުރުފުޅުގައި ވަނީ އައްޑޫ ސިޓީގައި ސިއްޙީ ފަރުވާދޭ މަރުކަޒުތަކަށް ޒިޔާރަތްކުރައްވާ އެތަންތަނަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވާ އެކަންކަން ހައްލުކުރުމަށް ސަރުކާރުން ކުރެވެންހުރި މަސައްކަތްތަކެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ

މަސްދަރު” ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޯވިޑް-19 : އިތުރު 8 މީހަކު ޕޮޒިޓިވް ވެއްޖެ

އިތުރު 8 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު 137 އަށް އަރައިފިއެވެ. ...

އެއްވެސް މީހަކު ބާކީ ނުކޮށް އެންމެންނާ މެދު އޯގާތެރިވުމަށްވެސް ރައީސް  ސާލިހު އިއުތިމާސް ކުރައްވައިފި

އެންމެން ބައިވެރިވާ އިޖްތިމާޢީ މުނާސަބަތެއްގެ ގޮތުގައި ފިޠުރު ޢީދު ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިލްތިމާސްކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ...

ށ.އަތޮޅުގެ 5 ރަށަކާ ނ. ހޮޅުދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފި

ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭ އިން ށ.އަތޮޅުގެ ފަސް ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ. އެޗްޕީއޭ އިން ...