ހުޅުދޫ ސްކޫލްގެ 3 މުވައްޒަފަކަށް އުމްރާ ދަތުރު ލިބިއްޖެ

މިއަހަރުގެ ޓީޗަރުންގެ ދުވަސް ހުޅުދޫ ސްކޫލްގައި ފާހަގަކުރުމަށް ޓީޗާސް އެޕްރިސިއޭޝަން ވީކްގެ ނަމުގައި ހުޅުދޫ ސްކޫލުން ކުރިއަށް ގެންދިޔަ ހަރަކާތްތައް ސްޕޮންސަރ ކުރި ފަރާތްތަކުގެ ތެރެއިން ތައިސީރު ހައްޖު އެންޑް ޢުމްރާ ޓްރެވެލްސް އާއި އަސްކޮއި ޙައްޖު އުމްރާ މޯލްޑިވްސް އަދި  ނިމްސާ އަލް ހައްޖު ވަލް ޢުމްރާއިން ދެއްވި 3 އުމުރާ ދަތުރަށް ހުޅުދޫ ސްކޫލްގެ 3 މުވައްޒަފަކު ގުރުއަތު ލައިގެން ހޮވައިފިއެވެ.

ތައިސީރު ޙައްޖު އެންޑް އުމްރާ ޓްރެވެލްސް ގުރޫޕުން ދެއްވި އުމުރާދަތުރުގެ ނަސީބުވެރިޔާ ނީރާސް އާދަމް ވަޙީދު

އުމުރާ ދަތުރަށް ހޮވުނު ހުޅުދޫ ސްކޫލްގެ 3 މުވައްޒަފުން ހޮވާފައިވަނީ ހުޅުދޫ ސްކޫލްގެ ފަރާތުން ޓީޗާސް އެޕްރިސިއޭޝަން ވީކްގެ ނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ނިމުން ފާހަގަކުރުމަށް ގާލާ ނައިޓްގެ ނަމުގައި  މިދިޔަ ބުރާސްފަތި ދުވަހުރޭ ކެނެރީފް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

އަސްކޮއި ހައްޖު އެންޑް ޢުމްރާ މޯލްޑިވްސް ގްރޫޕް އުމްރާއިން ދެއްވި އުމްރާ ދަތުރުގެ ނަސީބުވެރިޔާ ބަޝީރާ އަބްދުﷲ

ހުޅުދޫ ސްކޫލްގެ މުވައްޒަފުންގެ މެދުގައި ބޭއްވުނު ގުރުއަތުލުމުން އުމުރާ ދަތުރު ލިބުނު ނަސީބު ވެރިންގެ ގޮތުގައި ހޮވިފައިވަނީ  ހުޅުދޫ ދޫރިޔާގޭ ޙައްވާ ޒާހިރާ އާއި  ހުޅުދޫ ފުނަމާގޭ ބަޝީރާ އަބްދުﷲ ގެ އިތުރަށް ހުޅުދޫ ފުލިދޫގޭ  ނީރާސް އާދަމް ވަޙީދެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް-19 : ށ. މިލަންދޫ ކަރަންޓީނު ކޮށްފި

ކޮވިޑް-19 އާ ގުޅިގެން ށ. މިލަންދޫ ކަރަންޓީނު ކޮށްފިއެވެ. މިލަންދޫ ކަރަންޓީންކޮށްފައިވާކަން ހާމަކޮށް އެރަށު ކައުންސިލަށް އެޗްޕީއޭ އިން ...

ޓޫރިސްޓް އެކްސްކާޝަންތައް ހުއްޓާލަން އަންގައިފި

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ރިސޯޓްތަކާއި ސަފާރީތަކުން ޓޫރިސްޓުން އެކްސްކާޝަނަށް ރަށްރަށް ގެންދިޔުން މިވަގުތަށް މަނާކަމެއްގެ ...

އެމެރިކާގެ އިލެކްޓްރޯނިކް އުފެއްދުންތައް ތުރުކީން ބޯއިކެޓުކުރަނީ

އެމެރިކާގައި އުފައްދާ އިލެކްޓްރޯނިކް އުފެއްދުންތައް ބޯއިކޮޓް ކުރަން ތުރުކީން ނިންމައިފިއެވެ. ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވި އެމެރިކާއިން އުފައްދާ ...