ހުޅުމީދޫއާއި ފޭދުއާއި ދެމެދު ހަފްތާއަކު ދެދުވަހު ފެރީ ދަތުރުތައް ބާއްވަނީ

advertisement

އައްޑުއަތޮޅުގައި ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އެޅިފައިވާ ފިޔަވަޅުތަކާއެކު، ހުޅުމީދޫއާއި ފޭދުއާއި ދެމެދު އެސްޓީއެލްއިން ބާއްވަމުން އައިސްފައިވާ ދަތުރުތައް އެޕްރީލް 29 ވަނަ ދުވަހުން ފެށިގެން މެދު ކަނޑާލާފައިވާތީ ހުޅުމީދޫގެ ރައްޔިތުންނަށް އެކަމުގެ ސަބަބުން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ބޭނުމުގައި  އައްޑުއަތޮޅު މޮނިޓަރިންގއަށް ގެނެސްފައިވާ މިދަނޑިވަޅުގައި  ހަފްތާއަކު ދެދުވަހު ހުޅުމީދޫއާއި ފޭދޫއާއި ދެމެދ  ފެރީ ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް  އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.

ހުޅުމީދޫއާއި ފޭދުއާއި ދެމެދު ބާއްވަމުން އައިސްފައިވާ ދަތުރުތައް ހުއްޓާލާފައިވާތީ އައްޑޫގެ ވަކިން އޮންނަ ހުޅުމީދޫގެ ރައްޔިތުންނަށް އެކަމުގެ ސަބަބުން  ބޮޑެތި ދަތިތަކެއް ދިމާވަމުންދާތީ  ހަފްތާއަކު ދެދުވަހު ގުޅިފައިވާ ރައްތަކަށް ފެރީ ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަން ހާމަކޮށްފައިވަނީ  އައްޑޫ އީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އައްޑޫސިޓީގެ މޭޔަރު ނިޒާރެވެ. މިދަތުރުތައް މިގޮތައް ހަމަޖެއްސިއަސް  ދަތުރު ކުރެވޭނީ ޒަރޫރީ ހާލަތުގައި އެސްއެސްޑީން ހުއްދަ ލިބިގެން ކަން އައްޑޫ އެމެޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފައިވެއެވެ.

ހަފްތާއަކު ދެދުވަހުހުޅުމީދޫއާއި ފޭދޫއާއި ދެމެދު ދަތުރުތައް ބޭއްވުމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ނިންމި ކަމުގައި ވިޔަސް މިދަތުރުތައް ފެށޭނެ ދުވަހެއް އެސެންޓަރުން ހާމަކޮށްފައިނުވެއެވެ. އަދި އެސްޓީއެލް ހުޅުމީދޫ އޮފީހުންވެސް މިދަތުރުތައް ފަށާނެ ދުވަހެއް ހާމަކޮށްފައިނުވެއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީން އިތުރު 17 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 17 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން ބުރާސްފަތިދުވަހުގެ އިރުއޮއްސި ...

ހިތަދޫން އިއްޔެ 14 މީހަކު ކޮވިޑް 19 ޕޮޒިޓިވް

އައްޑޫ ސިޓީ ހިތަދޫގެ އިއްޔެ 14 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ ...

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ޑިސެމްބަރަށް ނިންމާލެވޭނެ – ނަވާޒް

ހުޅުމާލޭގެ ދެވަަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ސަރަޙައްދުގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް ޖަހާ ރިވެޓްމެންޓްގެ މަސައްކަތް ޑިސެމްބަރުމަހުގެ ނިޔަލަށް ނިންމާލާނެކަމަށް ...