ހުޅުމީދޫ ހިމެނޭގޮތައް ދިހަ ރަށެއްގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ޖަނަރޭޓަރ ސެޓުތައް ފޮނުވައިފި

    ހުޅުމީދޫ ހިމެނޭ ގޮތައް ރާއްޖޭގެ 10 ރަށެއްގެ  ކަރަންޓުގެ ޚާލަތު ރަނގަޅުކުރުމަށް 10 ރަށަކަށް ޖަނަރޭޓަރ ސެޓްތައް ފޮނުވައިފިއެވެ.

    ފެނަކަ ކޯޕަރޭޝަނުން މިއަދު ހާމަކޮށްފައިވާގޮތުން ، ކަރަންޓަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށާއި، ރަށްރަށުގައި ދެވޭ ކަރަންޓުގެ ފެންވަރު މަތިކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން 10 ރަށަކަށް ފޮނުވަން އައު ޖަނަރޭޓަރ ސެޓްތައް އުޅަނދުތަކަށް ލޯޑުކޮށް މިއަދު ފުރުވާލާފައިވާ ކަމަށެވެ.

    ފެނަކަ ކޯޕަރޭޝަނުން މިއަދު ޖަނަރޭޓަރ ސެޓް ފޮނުވާ ދިހަ ރަށް:

    • 600 ކިލޯވޮޓް – ހއ.އިހަވަންދޫ
    • 400 ކިލޯވޮޓް – ރ.އިނގުރައިދޫ
    • 400 ކިލޯވޮޓް – ބ.ކެންދޫ
    • 400 ކިލޯވޮޓް – ޅ.ކުރެންދޫ
    • 400 ކިލޯވޮޓް – ތ.ހިރިލަންދޫ
    • 400 ކިލޯވޮޓް – ގއ.މާމެންދޫ
    • 600 ކިލޯވޮޓް – ގއ.ގެމަނަފުށި
    • 350 ކިލޯވޮޓް – ގދ.ވާދޫ
    • 600 ކިލޯވޮޓް – ގދ.މަޑަވެލި
    • 800 ކިލޯވޮޓް – ސ.ހުޅުމީދޫ

    ފެނަކަ ކޯޕަރޭޝަން ލިބިޓެޑުން ބުނީ، ރާއްޖޭގެ ރައްތަކުގެ ކަރަންޓުގެ ހާލަތު އެއްކޮށް ރަނގަޅު ކުރުމަކީ އެ ކުންފުނީގެ އަމާޒު ކަމަށާއި، އެކަން އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެކަން ހާސިލްވެގެންދާނެ ކަމަށެވެ.

    ފެނަކަ އިން ރަށްތަކަކަށް އައު ޖަނަރޭޓަރ ސެޓްތައް ފޮނުވިއިރު، މިއަހަރުގެ ކުރީކޮޅުވެސް 30 އަށްވުރެ ގިނަ ރަށްތަކަށް އެ ކުންފުނިން ވަނީ އައު ޖަނަރޭޓަރ ސެޓް ފޮނުވައިފައެވެ.

     

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    ހުޅުމީދޫ ފަޔާ ސްޓޭޝަން ހުޅުވައިފި

    ސ. ހުޅުމީދޫގައި ސަރުކާރުން އިމާރާތްކުރި ފަޔާ ސްޓޭޝަން ރަސްމީކޮށް ހުޅުވައިފިއެވެ. ހުޅުމީދޫ ފަޔަރ ސްޓޭޝަނުގައި މިއަދު ހެނދުނު ބޭއްވި ...

    14 ރަށަކުން 334 މީހެއްގެ ވަޒީފާވަނީ ގެއްލިފައި- އެޗްއާރުސީއެމް

    ކޮވިޑް 19 އާއި ގުޅިގެން 14 ރަށަކުން 334 މީހެއްގެ ވަޒީފާ ގެއްލިފައިވާކަމަށް ހިއުމަންރައިޓްސްއޮފްދަމޯލްޑިވްސް ( އެޗްއާރުސީއެމް ) ...

    ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފި

    ފުލުހުން ތަހުގީގުކުރަމުންދާ މައްސަލަތަކަކާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފިއެވެ. އުލޫމާތު ލިބިފައިވާ ...

    ސައިކަލް އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވެ، އެކަކު ހިތަދޫ ހޮސްޕިޓަލަށް ފޮނުވާލައިފި

    މީދޫގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަން ތިބި ދެ މީހުންނަށް އަނިޔާވެއްޖެ އެވެ ބުރާސްފަތި ...

    ފުވައްމުލަައް ސިޓީން ކޮވިޑް-19 ގެ 2 ވަނަ ޕޮޒިޓިވް ކޭސް އެއް ފެނިއްޖެ

    ފުވައްމުލަކުން ކޮވިޑް-19 ގެ 2 ވަނަ ޕޮޒިޓިވް ކޭސް އެއް މިއަދު ރިޕޯޓް ކޮށްފިއެވެ. ފުވައްމުލަކު ހޮސްޕިޓަލުން ދާދި ދެންމެއަކު ...

    އިތުރު 10 މީހުން ކޮވިޑަށް ޕޮޒިޓިވްވެ ، ރާއޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 551 އަށް

    އިއްޔެ ރާއްޖެއިން އިތުރު 10 މީހުން ކޮވިޑް އަށް ޕޮޒިޓިވް ވެފައިވާކަން އެޗްޕީއޭ އިން ހާމަކޮށްފިއެވެ. އިއްޔެ ޕޮޒިޓިވްވެފައިވަނީ ...