ހުޅުމީދޫ ސިއްހީމަރުކަޒުން ހަކުރުބަލީގެ ދުވަސް ފާހަގަކޮށްފި

ދުނިޔޭގައި ހަކުރުބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހުޅުމީދޫ ސިއްހީ މަރުކަޒުން  އިއްޔެ ހަވީރު  ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

” ދުޅަހެޔޮ ފަހި ހަވީރު ކުޑަކުދީނާއެކު ” މިނަމުގައި ހުޅުމީދޫ ޕޮލިސް ދަނޑުގައި އިއްޔެ  ހަވީރު ކުރިއަށް ގެންދެވުނު މިހަރަކާތުގައި ތަފާތު ގިނަ ކުޅިވަރުތަކެއް ކުޑަކުދީންބައިވެރިކޮށްގެން ކުރިއަށް ގެންސްފައިވާއިރު އެތަނަށް ހާޒިރުވި ކުދީންގެ ހަކުރު ބަލައިދިނުމުގެ ކަންތައްވެސް ކުރިއަށް ގެންދެވުނެވެ.

ދުނިޔޭގެ ހަކުރުބަލީގެ ދުވަހެއްގޮތުގައި ކޮންމެ އަހަރެއްގެ ނޮވެމްބަރުމަހުގެ 14 ވަނަދުވަސް އަންނަނީ ފާހަގަކުރަމުންނެވެ. ހަކުރުބައްޔަކީ ރާއްޖޭގައިވެސް ވަރަށް ގިނަ ބަޔަކު ތަހައްމަލު ކުރަމުންދާ ބައްޔެއް ކަން ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

އަދި އެބައްޔާމެދު ފަރުވާ ކުޑަކުރެވިއްޖެނަމަ އެމީހާ އުމުރަށް ބޭސް ބޭނުން ކުރަންޖެހިއްޖެނަމަ ލޮލުފެނުމާއި ކިޑްނީ ފެއިލްވެ ޑަޔަލިސް ހަދަންޖެހޭ މީހުންވެސް ރާއްޖޭގައި މިހާރު ވަރަށް ގިނަ ކަން ފާހަގަ ކޮށްލެވެއެވެ އަދި އެބައްޔަށް ފަރުވާ ބެހެއްޓުމުގެ ގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތާއި ދުޅަހެޔޮ ކާނާ ބޭނުން ކުރެއްވުމަށް އަބަދުވެސް ހެލްތު އޮފިސަރުން އިލްތިމާސް ކުރަމުންދާ ކަން ފާހަގަ ކޮށްލެވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރިޔާސީ ކެމްޕެއިނާއި، މެނިފެސްޓޯގެ މަސައްކަތް ރޯދަމަސް ނިމުމާއެކު ފަށާނަން: ފައްޔާޒް

ރިޔާސީ ކެމްޕެއިނާއި، މެނިފެސްޓޯގެ މަސައްކަތް ރޯދަމަސް ނިމުމާއެކު ފަށާނެކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ. ފައްޔާޒު އިސްމާއީލު ...

ކޮވިޑަށް ޕޮޒިޓިވްވި ޑިބާލާ ބަލިން ފަސޭހަވެއްޖެ

ކޮވިޑް19 އަށް ޕޮޒިޓިވް އިޓަލީގެ ޔުއެންޓާސްގެ ފޯވާޑް  ޑިބާލާ ރަގަޅުވެއްޖެވެ. ޑިބާލާ އެންމެ ފުރަތަމަ މިވައިރަހަށް ޕޮޒިޓިވްވީ މާރޗްމަހުގެ ...

ރައީސް ސޯލިހްގެ އިސްތަށިފުޅުގައި ނުވަތަ ބަނޑުފުޅުގައި ބަޑިޖެއްސިއަސް އިސްތިއުފާ ނުދެއްވާނެ- ޑރ.ޑީޑީ

ރައީސް ސޯލިހްގެ އިސްތަށިފުޅުގައި ނުވަތަ ބަނޑުފުޅުގައި ބަޑިޖެއްސިއަސް އިސްތިއުފާ ނުދެއްވާނެ ކަމަށާ އަދި އެމަނިކުފާނުގެ އެކައުންޓްގައި 100 މިލިއަން ...