އައްޑޫސިޓީ ހުޅުމީދޫން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހަތަރު މީހުން ހައްޔަރުކޮށްފި

    މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އައްޑޫސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހުޅުމީދޫން މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

    ހުޅުމީދޫގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަނުގައި ހައްޔަރު ކޮށްފައިވަނީ 20 އަހަރުގެ އަންހެނަކާއި 27 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެއްގެ އިތުރުން 43 އަހަރުގެފިރިހެނެކެވެ. މިހަތަރު މީހުންނަކީވެސް ދިވެހިންނެވެ. ޖޫން 23 ވަނަ ދުވަހުގެރޭ 20:00 ހާއިރު ހިންގި މިއޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން މިމީހުން ހައްޔަރުކޮށް މިމީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 104 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

    މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ހަތަރު މީހުންގެ ބަންދާއިމެދު ގޮތެއްނިންމުމަށް އައްޑޫސިޓީ ހުޅުމީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 20 އަހަރުގެ އަންހެންމީހާއާއި 29 އަހަރުގެ މީހާގެ އިތުރުން 43 އަހަރުގެ މީހާއަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ. އަދި 27 އަހަރުގެ މީހާ ކޯޓުގެ ހުރުމަތް ކެނޑުމުގެ ސަބަބުން 15 ދުވަހު ޖަލުގައި ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.

    މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 4 މީހުންގެ ތެރެއިން 20 އަހަރުގެ އަންހެން މީހާއަކީ ހިތަދޫ އަންހެނެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިމައްސަލާގައި ހައްޔަރުކުރެވުނު 3 ފިރިހެނުންނަކީވެސް ހުޅުދުއަށް ނިސްބަތްވާ 3 ފިރިހެނުންކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

    މި މައްސަލަ އައްޑޫސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

    މަސްދަރު: ޕޮލިސްލައިފް

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    އައްޑޫސިޓީން އަލަށް ނެގުނު 339 ސާމްޕަލް ތަކުގެ ތެރެއިން އެއްވެސް ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވް ނުވޭ

    އައްޑޫ ސިޓީން އަލަށް ނެގުނު 339 ސާމްޕަލްތަލުގެ ތެރެއިން އެއްވެސް ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވްވެފައި ނުވާކަމަށް  އައްޑޫ އެކުއެޓޯރިއަލް ...

    ފޮޓޯއިން ޚަބަރު : ކޮވިޑް-19 – “ކޮވިޑް ވިލެޖް”

    މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ ކޮވިޑް-19އާއެކު ކުރިމަތިވެދާނެ އެންމެ ނުރައްކާތެރި ހާލަތަކަށް ތައްޔާރުވުމަށްޓަކާ ސަރުކާރުން މާލޭ ސަރަޙައްދުގައި ...

    ސައްހަ ޝަރީއަތެއް ހިގާނަމަ އެއްވެސް ދައުވާއެއް އަހުމަދު އަދީބުގެ މައްޗަށް ސާބިތު ނުވާނެ

    ސައްހަ ޝަރީއަތެއް ހިގާނަމަ އެއްވެސް ދައުވާއެއް އަހުމަދު އަދީބުގެ މައްޗަށް ސާބިތު ނުވާނެކަމަށް ރަށްޔިތުންގެ މަޖިލިހުގެ ވެލިދޫދާއިރާގެ މެމްބަރު ...

    ރަނިންގ މޭޓަކަށް ވުމަށް އިދިކޮޅުން ވެސް ހުށަހެޅި – ޑރ.ޝަހީމް

    ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތްތައް ތަމްސީލުކުރާ ރިޔާސީ ކެންޑިޑޭޓުގެ ރަނިންގ މޭޓަކަށް ވުމަށް އިދިކޮޅު ފަރާތްތަކުން ...

    ރާއްޖެ އޮތީ ވިޔަފާރިތަކަށް ހުޅުވާލެވިފައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

    ބޭރުގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓްކުރުމަށް ރާއްޖެއިން މަރުޚަބާކިޔާކަމަށާއި، ބޭރުގެ ވިޔަފާރިތަކަށް ރާއްޖެވަނީ ހުޅުވާލެވި، ތައްޔާރަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ...

    އައްޑޫ ގެ 6 ސަރަހައްދަކުން ޓޫރިޒަމަށް ބިން ދޫކުރަން ފަށައިފި

    އައްޑޫ ސިޓީގެ 6 ސަރަހައްދަކުން ޓޫރިޒަމަށް ބިން ދޫކުރަން ފަށައިފިއެވެ. އައްޑޫ ސިޓީގައި ޓޫރިޒަމް ޒޯންގެގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ ...