އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވައިފި

ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވައިފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަތީ، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުއާއި އިންތިޚާބީ ނާއިބު ރައީސް ފައިސަލް ނަސީމް މަޤާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.

ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމުން، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޚަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްއާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިސްރާއެވެ.

ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގޮތުން މޯދީ ވިދާޅުވީ، މިދަތުރުފުޅާއެކު ރާއްޖެއާއި އިންޑިއާދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން އިތުރު ހަރުފަތްތަކަށް ގެންދިއުމުގެ އައު ޒަމާނެއް ފެށިގެންދާނެކަމަށެވެ. އަދި ރާއްޖެއަށް ތަރައްޤީ ގެނެސްދެއްވުމުގައި އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ހުންނެވިކަމަށްވެސް މޯދީ ވިދާޅުވިއެވެ.

ރާއްޖެއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ރާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން އެހީތެރިވެދޭނޭކަމަށް މޯދީ ވިދާޅުވެފައި މިވަނީ، ނިމިގެންދިޔަ ރައީސް ޔާމީންގެ ސަރުކާރުގައި އިންޑިއާއާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވަނިކޮށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަލަށް އުފެއްދި ސިޔާސީ ޕާޓީ އެމްޓީޑީގައި ފުރަތަމަ ސޮއިކުރެއްވީ ކުރީގެ ނާއިބްރައީސް އަދީބު

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް އިސްމާއިލް އާސިފް އިސްކޮށް ހުންނަވައިގެން  އަލަށް އުފައްދަން އިލެކްޝަންސް ކޮމިޝަނުން ހުއްދަދިން، “މޯލްޑިވްސް ތާޑްވޭ ...

ދައުލަތަށް ލިބެންޖެހޭ ހުރިހާ ފައިސާއެއް ހޯދައިދޭނަން – ރައީސް ޔާމީން

ދިވެހި ދައުލަތަށް ލިބެންޖެހޭ ހުރިހާ ފައިސާއެއް މި ސަރުކާރުން އަނބުރާ ހޯދައިދޭނެކަމަށާއި، އެއްވެސް ތަފާތުކުރުމެއްނެތި ޤާނޫނު ތަންފީޛް ކުރާނެކަމުގެ ...

އައްޑޫގައި ބުރިޖެއް އަޅައިދޭން ރައީސަށް ހުށައަޅަނީ

އައްޑޫ ސިޓީގައި ބުރިޖެއް އަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރަސްމީކޮށް ހުށަހަޅުއްވާނެ ކަމަށް އައްޑޫގެ މޭޔަރު އަލީ ...