އިންތިޚާބީ ރައީސްއާއި ނާއިބު ރައީސް ހުވާކުރެއްވުން ހަވީރު 5 ޖަހާއިރު

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް، މަޤާމުގެ ހުވާކުރެއްވުމަށް ބާއްވާ ޚާއްޞަ ރަސްމިއްޔާތު މިއަދު ހަވީރު އޮންނާނެއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ބާއްވާ މި ރަސްމިއްޔާތު ފަށާނީ ހަވީރު ފަހެއް ޖަހާއިރުއެވެ.

މި ރަސްމިއްޔާތުގައި ދެބޭފުޅުން މަޤާމުގެ ހުވާކުރެއްވުމަށްފަހު އިޤުރާރުގައި ސޮއިކުރެއްވާނެއެވެ. އިންތިޚާބީ ރައީސް މަޤާމުގެ ހުވާކުރެއްވުމުން، އެމްއެންޑީއެފުން އެމަނިކުފާނަށް 21 ބަޑީގެ ސަލާމެއް އަރުވާނެއެވެ. އަދި މަޤާމުގެ ހުވާކުރެއްވުމަށްފަހު އިބްރާހީމް މުޙައްމަދު ޞާލިޙް ޤައުމާ މުހާތަބްކޮށް، ތަޤްރީރުކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުވާކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ބޭރުގެ ޤައުމުތަކުގެ ޢިއްޒަތްތެރިންނާއި ބައިނަލްއަޤްވާމީ ޖަމަޢާތްތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު މިއަދުގެ ވަގުތެއްގައި އެމަނިކުފާނުގެ ކެބިނެޓް އިޢުލާންކުރެއްވުންވެސް އޮންނާނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫ ދާއިރާގެ ކުރީގެ ކައުންސިލަރު ހިޔާޒު އެމްއެންޕީއަށް

އައްޑޫ ސިޓީ މީދޫ ދާއިރާގެ ކުރީގެ ކައުންސިލަރު، ޙުސައިން ހިޔާޒު މޯލްޑިވްސް ނޭޝަނަލް ޕާޓީ(އެމްއެންޕީ) އާ ގުޅިއްޖެއެވެ.  އެމްއެންޕީއިން ...

އައްޑޫގައި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ

އައްޑޫ ސިޓީ ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 24 އަހަރުގެ ޒުވާނަކު މަރުވެއްޖެއެވެ. މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ...

ކޮވިޑާ ގުޅިގެން ދިން އާސަންދަ ލުއިތައް އުވާލައިފި

ކޮވިޑް-19 އާއި ގުޅިގެން އާސަންދަ ސްކީމްގެ ހިދުމަތް ދިނުމުގައި ދިން ލުއިތައް އުވާލައިފިއެވެ. އާސަންދައިން ބުނީ ކޮވިޑް-19 އާ ...