ކޯވިޑް-19 : އަނެއްކާވެސް އިތުރު 14 މީހަކު ޕޮޒިޓިވް

ރާއްޖެއިން އިތުރު 14 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިއާއެކު މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 27 އަށް އަރާފައެވެ. އަދި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 982 އަށް އިތުރުވެފައެވެ. ރާއްޖޭގައި ފާއިތުވެދިޔަ 24 ގަޑި އިރުގެ ތެރޭގައި ވަނީ 555 ސާމްޕަލް ނަގާފައެވެ. އަދި މިހާތަނަށް ރާއްޖެއިން 13639 ސާމްޕަލް ވަނީ ނަގާފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު އެންމެ ގޯސްވާނެކަމަށް އެންއީއޯސީގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑޮކްޓަރުން ލަފާކުރައްވާފައިވަނީ އިއްޔެއިން ފެށިގެން މިމަހުގެ 31 ވަނަ ދުވަހާއި ދެމެދުއެވެ. އެހެންކަމުން މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ ޙާލަތަށް އަންނާނެކަމަށް ލަފާކުރެވޭ ބަދަލަށް ތައްޔާރުވެ ރައްކާތެރިކަމުގެ ބައެއް ފިޔަވަޅުތައް މިހާރުވެސް ސަރުކާރުން ވަނީ އަޅާފައެވެ.

ޕްރެސް ކޮންފަރެންސްގައި ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ ކޭސްތައް ފެންނަމުންދާ ގޮތާއި ޕޮޒިޓިވްވާ މީހުންނާއި ގުޅުންހުރި މީހުން ފެންނަ އަދަދު މަދުކަމަށެވެ. އަދި އާ ކްލަސްޓާތަކާއި ގުޅުންހުރި ކޮންޓެކްޓް މަދުވުމަކީވެސް ހިންހަމަޖެހުމެއްކަމަށްވެސް ޑރ.އަފްޒަލް ވިދާޅުވިއެވެ. އަދި ބަލި ފެންނަ އުމުރުފުރާވެސް އުޅެނީ އެއް މިންގަޑެއްގައިކަން ޑޮކްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖެއިން ބަލި ފެންނަމުންދާ ގޮތަށް ބަލާއިރު އެއްދުވަހު އަދަދު މަތިވެފައި އަނެއްދުވަހު އަދަދު ދަށްވުމަކީ ބަލި ކޮންޓްރޯލްވުންކަމަށް ދެކިގެން ނުވާނެކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ. އެހެންކަމުން އެ ޢަދަދުތައް ދަށްކުރުމަށް ހުރިހާ ރައްޔިތުންވެސް މަސައްކަތްކުރުމަށް ސަރުކާރުން ވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން ސާފްތާހިރުކަމަށް އިސްކަންދިނުމަށާއި، އެކަކު އަނެކަކު ގައިދުރުކަން ބެހެއްޓުމަށް ވެސް ޑޮކްޓަރުން ވަނީ އިލްތިމާސްކުރައްވާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީޑިއާނެޓުން ކުޅިވަރަށް ހާއްސަކޮށްގެން “އައިސް ސްޕޯޓްސް” ޗެނަލް ލޯންޗުކޮށްފި

މީޑިއާނެޓުން ކުޅިވަރަށް ހާއްސަކޮށްގެން “އައިސް ސްޕޯޓްސް”ގެ ނަމުގައި ޗެނަލްއެއް ލޯންޗުކޮށްފިއެވެ. މީޑިއާނެޓުގެ ޕީއާރު އެންޑް މާކެޓިންގް އެގްޒެކެޓިވް ޝުވެއިކާ ...

“ދަރުމަވަންތަ ހޮސްޕިޓަލް އަންނައަހަރު ކުރީކޮޅު ހުޅުވޭވަރުވާނެ އަދި އައްޑޫގައި ޤާއިމުކުރާ ޓަރޝަރީ ހޮސްޕިޓަލް އަންނަ ޑިސެމްބަރ މަހާހަމައަށް ނިންމޭނެ”

މިހާރުކުރިއަށްދާ މަސައްކަތްތަކަށް ބުރޫނާރައި ކުރިއަށްގެންގޮސްފިނަމަ ދަރުމަވަންތަ ހޮސްޕިޓަލް މިއަންނަ އަހަރުގެ ކުރީކޮޅު ހުޅުވޭވަރު ވާނެކަމަށާ އަދި އައްޑޫގައި ޤާއިމުކުރާ ...

ދިއްދޫގައި ކަރަންޓީނު ކޮށްފައިވާ 250 ގެއަކަށް ކެއާ ޕެކޭޖު ހަދިޔާކޮށްފި

ހއ. ދިއްދޫގައި ކަރަންޓީނުކޮށްފައިވާ 250 ގެއަކަށް ކެއާ ޕެކޭޖް ހަދިޔާކޮށްފިއެވެ. މިއީ ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބާއި، އެރަށުގެ ...