23 މީހުން ކޮވިޑަށް ޕޮޒިޓިވްވެ ރާއްޖޭގެ ޖުމުލަ 214 އަށް އަރައިފި

  އިތުރު 23 ޕޮޒިޓިވް ކޭސްއެއް ފެނި، އިއްޔެ ޕޮޒިޓިވްވި މީހުންގެ އަދަދު 73 އަށް އަރައިފިއެވެ.

  “އިތުރަށް 23 ކޭސް ފެނުމުން 26/4/2020 ގައި  ޖުމްލަ 73 މީހުންވަނީ މިވަނީ ޕޮޒިޓިވްވެފައި . އެހެންވެ މުޅި ޖުމްލަ 214 ކޭސް މިހާތަނަށް ފެނިފައިމިވަނީ. ” ރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވިއެވެ.

  އެންއޯސީގައި ރޭ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތުދެއްވަމުން ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ އަލަށް ޕޮޒިޓިވްވި 23 މީހުންގެ ތެރޭގައި އެއްވެސް ކްލަސްޓަރ އަކާ ގުޅުމެއް ނެތް މީހުންވެސް ހިމެނޭކަމަށެވެ.

  މި މީހުންނާ ގުޅޭ ތަފްސީލް އެޗްޕީއޭއިން އަދި ހާމަކުރައްވަފައެއް ނުވެއެވެ. އެޗްޕީއޭއިން އެންމެފަހުން ހާމަކުރައްވާފައިވަނީ 2 ދިވެއްސަކާއި ޕާކިސްތާނުގެ ރައްޔިތެއް ޕޮޒިޓިވްވެގެންނެވެ. އެއީ އިއްޔެ އިރުއޮއްސެން އުޅެނިކޮށެވެ. އޭގެކުރިން އިއްޔެ ހަވީރުވަނީ އިތުރު 11 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވިކަން ވަނީ ހާމަކުރައްވާފައެވެ. އޭގެ ތެރޭގައިހިމެނެނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 9 މީހުންނާއި، އިންޑިއާ މީހެއްގެ އިތުރުން ދިވެއްސެކެވެ.

  މިބަލިން  ރާއްޖޭގައި މިހާތަނަށް ރަނގަޅުވެފައިވަނީ ޖުމްލް 17 މީހުންނެވެ. މިހާރު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިވަނީ 214އަށް އަރާފައެވެ.

  • ކޮމެންޓްސް (0)

  Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

  Ads

  ads

  ކަމުދާނެ ލިޔުންތައް

  މިއީ ޙިކްމަތްތެރިކަމާއެކު، ޑޮކްޓަރުންގެ އިރުޝާދާއެކު ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު- ރައީސުލްޖުމްހޫރިއްޔާ

  ކޮވިޑް19 އަކީ މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއް ނަމަވެސް މިއީ ކަންބޮޑުވެ ހާސްވާންވީ ވަގުތެއް ނޫންކަމަށާއި، މިއީ ވިސްނުންތެރިކަމާއި ...

  ރަށްރަށަށް ނުދެވި މާލޭގައި ތިބި މީހުން އަނބުރާ ފޮނުވުމުގައި އަމަލުކުރާ އުސޫލު އާންމު ކޮށްފި

  މާލެ ސަރަޙައްދު ފުރަ ބަންދުގެ ޙާލަތަށް ގެނައުމާއި ގުޅިގެން އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވި ...

  އައްޑޫ ސިޓީން ކޯވިޑް 19 އަށް ދިވެއްސަކު ޕޮޒިޓިވްވެއްޖެ

  އައްޑޫސިޓީގެ ގަމުގައި ހިންގަމުން އަންނަ އީކުއޭޓަރ ވިލޭޖްގެ ކަރަންޓީނުގައި ހުރި އުމުރުން 65 އަހަރުގެ އަންހެނަކު   ކޮވިޑް-19 އަށް ...

  ކޮވިޑަށް ޓެސްޓްކުރެވޭ ލެބޯޓަރީއެއް ނޫނު މާފަރު އެއަރޕޯޓުގައި ޤާއިމް ކުރަނީ

  ނޫނު މާފަރު އެއަރޕޯޓުގައި ކޮވިޑަށް ޓެސްޓް ހަދާ ހަދާ ލެބޯޓަރީއެއް ޤާއިމްކުރުމުގެ މަސައްކަތް ސޮނޭވާ ރިސޯޓުން ކުރިއަށްގެންދާކަމަށް މޯލްޑިވިއަންއިން ...

  ކޯވިޑް-19 : މާލެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަކަށް

  އިތުރު ދެމީހަކު މާލެއިން ކޯވިޑަށް ޕޮޒިޓިވްވެ، މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަކަށް އަރައިފިއެވެ. މި މީހާ ...

  ގެއްލުނު 2 ކުދިންގެ އާއިލާއަށް ރައީސް ހިތްވަރުދެއްވައިފި

  އައްޑޫ ސިޓީ ހިތަދޫއިން މޫދަށް އެރި އުޅެނިކޮށް ގެއްލުނު ދެ ކުދިންގެ އާއިލާއަށް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ...