ޕެނަލްޓީ ޖަހައިގެން ޗެލްސީ ބަލިކޮށް، ލިވަޕޫލް ސުޕަކަޕް ކާމިޔާބުކޮށްފި

    ރޭ ކުޅުނު ޔޫއެފާ ސުޕަ ކަޕްގެ މެޗް ކާމިޔާބުކޮށް ލިވަޕޫލް ތަށި ހޯދައިފިއެވެ.

    ތުރުކީގެ އިސްތަންބުލްގައި ކުޅެވުނު ޔޫއޭފާ ސްޕަކަޕްގެ މެޗް ކާމިޔާބުކޮށް  ލިވަޕޫލް ތަށި ހޯދާފައިވަނީ  ޗެލްސީއާއި ބައްދަލުކޮށް ކުޅުނު މެޗުން މޮޅުވެގެންނެވެ.

    މިމެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑު ހޯދާފައިވަނީ ޗެލްސީންނެވެ. ޖިރޫޑް މެޗްގެ 36 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިން މިލަނޑަކީ ޗެލްސީގެ ޕްލިސިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖިރޫޑް ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި ފުރަތަމަ ހާފު ނިމިގެން ދިޔައީ ޗެލްސީ 1-0 އިން ކުރީގައި އޮވެގެންނެވެ.

    ދެވަނަ ހާފަށް ކުޅުންފަށައިގެން  ޗެލްސީއަށް  ރަނގަޅަށް މެޗްގެ ތެރެއަށް  ނުވަދެވިގެން އުޅެނިކޮށް ދެވަނަ ހާފްގެ 3 ވަނަ މިނިޓްގައި (މެޗްގެ 48 ވަނަ މިނިޓްގައި )  ލިވަޕޫލުން ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ ހަމަހަމަކުރިއެވެ. މާނޭ ކާމިޔާބުކޮށްދިން މިލަނޑަކީ  ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފު ކުޅެން ނުކުތް ފިރްމީނޯގެ އެހީތެރިކަމާއެކު މާނޭ ކާމިޔާބުކޮށްދިން ލަނޑެކެވެ.

    މެޗުގެ ފުރިހަމަ ވަގުތު ނިމުނުއިރު ދެޓީމް 1 ލަނޑު 1 ލަނޑުން އެއްވަރުވެފައި އޮތުމުން  މެޗްގެ ނަތީޖާނެރުމަށް 15 މިނަޓްގެ އިތުރު ވަގުތުގެ ދެހާފު ކުޅުނެވެ.

    މިގޮތުން ކުޅެވުނު 15 މިނިޓްގެ  ފުރަތަމަ ހާފުގައި ލިވަޕޫލްގެ މާނޭ ލަނޑެއް ކާމިޔާބުކޮށް މެޗްގެ ލީޑް  ލިވަޕޫލަށް ހޯދައިދިނެވެ. މިލަނޑު މާނޭ ކާމިޔާބުކޮށްދީފައިވަނީ މެޗްގެ  95 ވަނަ މިނަޓްގައެވެ. އަދި އިތުރު ވަގުތުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީއިންވެސްވަނީ އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން ޖޯޖީނިއޯ މިލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 101 ވަނަ މިނަޓްގައެވެ.

    އިތުރު ވަގުތުގެ ދެވަނަ ހާފުގައި އިތުރު ލަނޑެއް ނުފެނި މެޗުގެ ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ.

    އެހެންކަމުން ނަތީޖާ ނެރުމަށް ޕެނަލްޓީޖެހި ޖެހުމުގައި  ލިވަޕޫލުންޖެހި ފަސް ޕެނަލްޓީވެސް ކާމިޔާބުކޮށްފައިވާއިރު، ޗެލްސީއަށް ކާމިޔާބު ކުރެވިފައިނުވަނީ އެކްލަބުގެ އަބްރަހަމް ފޮނުވާލި ޗެލްސީގެ ފަސްވަނަ ޕެނަލްޓީއެވެ.

    ރޭގެ މެޗުން މޮޅުވެ މިއަހަރުގެ ޔޫއެފާ ސުޕަކަޕް ލިވަޕޫލް ކާމިޔާބުކޮށްފައިވާއިރު، މިއީ ލިވަޕޫލް މިތަށި ކާމިޔާބުކުރި 4 ވަނަ ފަހަރެވެ. ޗެލްސީވަނީ ސުޕަކަޕްގައި އެންމެފަހުން ކުޅުނު ތިން މެޗުގައިވެސް ދެރަވެފައެވެ. އެއީ 2012، 2013 އަދި 2019 ވަނަ އަހަރުއެވެ.

    ރޭގެ މެޗުގައި ރެފްރީކަން ކޮށްފައިވަނީ ފްރާންސްގެ އަންހެން ރެފްރީއެއްކަމަށްވާ ސްޓެފަނީ ފްރެޕާޓެވެ. މިއީ ފިރެހެނުން ކުޅުނު މިފެންވަރުގެ މެޗެއްގައި އަންހެނަކު ރެފްރީކަންކުރި ފުރަތަމަ ފަހަރެވެ. ރޭގެ މެޗު ރެފްރީގެ އިތުރުން ލައިންސްމަނުންނާއި ބަދަލު ރެފްރީގެ ގޮތުގައިވެސް ހަރަކާތްތެރިވެފައިވަނީ އަންހެން އޮފިޝަލުންނެވެ.

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    އަންހެން ސިންގަލްސް ޗެމްޕިއަންކަން ޑެންމާކްގެ ކެރޮލައިން ވޮޒްނިއާކީ ހޯދައިފި

    އޮސްޓްރޭލިއަން އޯޕަންގެ އަންހެން ސިންގަލްސް އިވެންޓްގެ    ޗެމްޕިއަންކަން ޑެންމާކްގެ ކެރޮލައިން ވޮޒްނިއާކީ ހޯދައިފިއެވެ. މެލްބަންގެ  ރޮޑްލޭވަރ އެރީނާގައި ކުޅެވުނު ...

    ވެލެންސިއާއާއި ދެކޮޅަށް ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުން މޮޅުވެއްޖެ

    ސްޕެނިޝް ލަލީގާގައި ވެލެންސިއާއާއި ދެކޮޅަށް ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުން މޮޅުވެއްޖެވެ. ވެލެންސިއާގެ ދަނޑުގައި ރޭ ކުޅެވުނު ...

    އާޖެންޓީނާއިން އިޒްރޭލާ ދެކޮޅަށް ކުޅެން އޮތް މެޗު ކެންސަލްކޮށްފި

    ވޯލްޑްކަޕަށް ތައްޔާރުވުމަށް އިޒްރޭލާއެކު ކުޅެން އޮތް މެޗު އާޖެންޓީނާގެ ކެޕްޓަން ލަޔަނަލް މެސީގެ އެދުމުގެ މަތިން ނުކުޅެން ނިންމައިފިއެވެ. ...

    ލެސްޓަރ ބަލިކޮށް ގަދަ 4 ގެ އުއްމީދު ޗެލްސީ އާކޮށްފި

    މިދިޔަ ހޮނިދުވަހުގެރޭ އިގިރޭސި އެފްއޭކަޕްގެ ފައިނަލްގައި 1 ލަނޑު 0 ލަނޑުން ލެސްޓާ އަތުން ޗެލްސީ ބަލިވެފައި ވީކަމުގައިވިޔަސް ...

    ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖް މެޗްތަކުގެ ގުރުއަތުލުން ބާއްވައިފި

    ޗެމްޕިއަންސް ލީގުގެ ގުރުއަތުލުން މޮނާކޯގައި ބާއްވައިފިއެވެ. ރޭ ބޭއްވުނު  ގުރުނެގުމުގެ ރަސްމިއްޔާތުގައި ގުރުނަގައިދިނީ އޭސީ މިލާނާ އެކު ޗެމްޕިއަންސް ...

    އިގިރޭސި ޕްރިމިއާލީގުގ މެޗްތައް ކުޅުރުކޮށް ކުޅެން މަޝްވަރާކޮށް އަންނަމަހު ލީގު ފެށޭތޯ ބަލަނީ

    އިގިރޭސި ޕްރިމިއާލީގުމެޗްތައް ކުރުކޮށްކުޅެން މަޝްވަރާކޮށްފިއެވެ. ޕްރިމިއާލީގުގެ މެޗްތައް އަންނަމަހު ފަށަން ކުލަބްތަކާއެކު މަޝްވަރާ ކުރެވެމުން އަންނައިރު ލީގު އަވަހަށް ...