ޖޯލިއަންސް މިކްސް ވޮލީބޯޅަ މުބާރާތް: ފުރަތަމަމެޗް ކާމިޔާބުކުރީ ޓީމް ލިޓަސް ދެވަނަމެޗް ކާމިޔާބުކުރީ ޓީމް ގަރާޖް

Advertisement

އައްޑޫސިޓީ ފޭދޫގައި “ޖޯލިއަންސް މިކްސް ވޮލީ މުބާރާތް ”  ނަމުގައި މިކްސް ވޮލީބޯޅަ މުބާރާތެއް ފަށައިފިއެވެ.

ފޭދޫގެ ވޮލީ ކޯޓުގައި  މިމަހުގެ 20 ވަނަ ދުވަހުގެރޭ ފެށުނު މިމުބާރާތުގައި 6 ޓީމަކުން ބައިވެރިވެފައިވާއިރު މިމުބާރާތް ފެށުމުގެ ގޮތުން ކުޅެވުނު ފުރަތަމަމެޗްގައި ބައްދަލުކުރީ ޓީމް ލިޓަސްއާއި ޓީމް ޗެލެންޖާސްއެވެ.

ފޯރިގަދަ ކުޅުމަކަށްފަހު މިމެޗް 3 ސެޓް 2 ސެޓުން ކާމިޔާބުކުރީ ޓީމް ލިޓަސްއެވެ. މިމެޗްގެ މޭންއޮފްދަމެޗަކަށް ޓީމް ލިޓާސްގެ އަހުމަދު ލުޠުފީ ހޮވިފައިވާއިރު މިމެޗްގެ ކްއީން އޮފްދަ މެޗަކަށް ހޮވިފައިވަނީ ޗެލެންޖާސްގެ ޝިފްނާއެވެ.

ރޭ ކުޅެވުނު މިމުބާރާތުގެ ދެވަނަމެޗްގައި ބައްދަލުކުރީ ޓީމް އެވަގްރީންއާއި ޓީމް ގަރާޖްއެވެ. މިމެޗް ސީދާ ތިންސެޓުން ކާމިޔާބުކުރީ  ޓީމް ގަރާޖެވެ.

މިމެޗްގެ މޭންއޮފްދަ މެޗަކަށް ޓީމް ގަރާޖްގެ އަލީ މުސާ ހޮވިފައިވާއިރު މިމެޗްގެ ކްއީން އޮފަދަމެޗަކަށް ހޮވިފައިވަނީ ޓީމް ގަރާޖްގެ  އާމިނަތު ސަމާއެވެ.

ފޭދޫ ޒުވާނުން އިންތިޒާމްކޮށްގެން ބާއްވާ މިމުބާރާތުގެ މަޤްޞަދަކީ ކުޅިވަރުގެ ރޫޙް އާލާ ކުރުމާއި ވޮލީބޯޅައިގެ ރޫހު އާލާ ކުރުމުގެ އިތުރަށް  އެކުވެރިކަން ބަދަހިކުރުންކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތުދެއެވެ.

ޖުމްލަ ހަ ޓީމެއް ބައިވެރިވި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް ފަސްހާސް ރުފިޔާ، ރަނައަޕްޓީމަށް ތިން ހާސް ރުފިޔާ އަދި ތިންވަނައަށް ހޮވޭ ޓީމަކަށް އެއްހާސް ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޒޯން 8 ގެ ފައިނަނަލްގެ ފުރަތަމަމެޗް ހިތަދޫޓީމް ކާމިޔާބުކޮށްފި

މިނިވަން ޗެމްޕިއަންޝިޕް ޒޯން 8  ގެ ފައިނަލްގެ ފުރަތަމަ ލެގުގައި ފުވައްމުލަކުގެ ދޫނޑިގަލޯނާ އާއި ބައްދަލުކޮށް 2 ލަނޑު ...

ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް  – ރޭ ކުޅެވުނު މެޗްތައް ކާމިޔާބުކުރީ ގައުމުއެފްސީއާއި ދަކްރައުސް

ކްލަބް ލޮތަރިން އިންތިޒާމުކޮށްގެން މީދޫގައި ކުރިއަށްގެންދާ ” ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް ” ފުޓްބޯޅަ މުބާރާތުގައި ...

ރަޔަންގެ ހުނަރާއެކު އަމީގޯސް އެ ޓީމުގެ ދެވަނަ މެޗުވެސް ކާމިޔާބުކޮށްފި

ޔޫތުޗެލެންޖް ކަޕް 2020 ގައި  އަމީގޯސް ކުޅުނު ދެވަނަ މެޗު ކާމިޔާބުކޮށް ސެމީގެ ފުރުސަތު ބޮޑުކޮށްފި އެވެ. ބުދަ ...