ޖުލައި 28 އާއި 29ވެސް ސަރުކާރު ބަންދު

    advertisement

    މި ޖުލައި މަހުގެ 28 ވާ ބުދަ ދުވަހާއި 29 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަސްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ. މިކަން އިޢުލާނު ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައެވެ.

    ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖައްސަވައިދެއްވާފައި ވަނީ އަޟްޙާ ޢީދާއި، މިނިވަން ދުވަހާ ގުޅިގެން ޗުއްޓީގައްޔާއި އަދި އެނޫން އެހެން ބޭނުންތަކުގައި ރަށުން ބޭރަށް ދާން ބޭނުންވާ މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވެދާނެތީ، އެކަމަށް ލުޔެއް ދެއްވުމުގެ ގޮތުންނާއި، ބަންދު ދުވަސްތައް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމުގެ ގޮތުންނެވެ. އަދި މިގޮތަށް ހަމަޖެއްސެވުމުން، ބަންދު ދުވަސްތަކަށްފަހު ސަރުކާރުގެ އޮފީސްތައް ދެން ހުޅުވޭނީ، 2021 އޮގަސްޓު 1 ވާ އާދީއްތަ ދުވަހުގައެވެ.

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    ހިތަދޫ ފިޔަވާ އެހެން ރަށްތަކުގެ ކާފިއު އުވާލައިފި

    އައްޑޫސިޓީގެ ހިތަދޫ ފިޔަވައި އައްޑޫގެ ގުޅިފައިވާ ރަށްރަށުން  ބުރާސްފަތި ދުވަހުން ފެށިގެން ކާފިއު އުވައިލައިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން ...

    އައްޑޫ ސިޓީއަށް 5 އަސް ގެނައުމަށް އެގްރިކަލްޗަރ މިނިސްޓްރީން ހުއްދަދީފި

    އައްޑޫ ސިޓީއަށް 5 އަސް ގެނައުމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ހުއްދަދީފިއެވެ. އައްޑޫގެ ...

    ރިމޯޓް އެޑިއުކޭޝަން އަށް މަގުފަހިކޮށްދިނުމަށް އެޑިއުކޭޝަން ޒޯނެއް ދިރާގު ޓީވީގައި ގާއިމުކޮށްފި

    ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން، ސްކޫލްތަކާ ކޮލެޖްތައް ބަންދުކޮށް ކިޔަވާކުދިން ތައުލީމު ހާސިލް ކުރުމަށް މިވަނީ ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ...

    ސަރުކާރުން ނަގާ ބޮޑެތި ލޯނު އަދި ދަރަނި ދެއްކުމުގެ ހަކަތަ މި ސަރުކާރުގައި އެބަހުރި : މުނައްވަރު

    ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޭރުގެ އެހީއާއެކު ލޯނުތައް ނަގަމުންދަނީ އެލޯނުތައް ދެއްކޭނެ ގޮތް ދިރާސާކުރައްވާ އެހިސާބުތައް ޖެއްސެވުމަށްފަހުގައި ...

    ނައިބު ރައީސާއި ފެނަކަ އެމްޑީ ފުވައްމުލައްސިޓީއަށް ޒިޔާރަތް ކުރައްވައިފި

    ނައިބު ރައީސް ފައިސަލް ނަސީމުއާއި ފެނަކަ ކޯޕަރޭޝަން ގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު މުހައްމަދު ސައީދު ފުވައްމުލައްސިޓީއަށް ޒިޔާރަތް ...

    ކޮވިޑާއި ގުޅިގެން އައްޑޫގައި އަޅާފައިވާފިޔަވަޅުތައް ވަރުގަދަކޮށް10 ގަޑިއިރަށް ކާފިއު

    ކޮވިޑް-19 އާ ގުޅިގެން އައްޑޫ ސިޓީގައި އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅު އިތުރަށް ވަރުގަދަކޮށް މާދަމާ 18:00 ން ފަތިހު ...