ޖުލައި 9 ގެ ފަހުން ދުވާފަރަށް ދަތުރުކުރި ނުވަތަ ދުވާފަރުން މީދޫއަށް ދަތުރުކުރި މީހުން އެނގުމަށް އެދިއްޖެ

ރ. ދުވާފަރުގައި ހޯމް ކަރަންޓީނުގައި ހުރި ތިން މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ޖުލައި 9 ވަނަ ދުވަހުން ފެށިގެން ރ. ދުވާފަރަށް ނުވަތަ ދުވާފަރުން މީދޫއަށް ދަތުރުކުރި ފަރާތްތަކުން ރ. މީދޫ ސިއްޙީ މަރުކަޒަށް އެކަން އެންގުމަށް އެދިއްޖެއެވެ.

ރ. މީދޫ ސިއްޙީ މަރުކަޒުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ދުވާފަރަށް ދަތުރުކުރި ނުވަތަ ދުވާފަރުން އައި މީހުންގެ އިތުރުން އެ މުއްދަތުގައި އެ ރަށުން އައި ބަޔަކާއި ބައްދަލުވެފައިވާ ފަރާތްތަކެއް ތިބި ނަމަވެސް އެންގުމަށް އެދޭކަމަށެވެ.

ދުވާފަރުން ޕޮޒިޓިވްވި މީހުން ފުރަތަމަ ނެގި ސާމްޕަލް ނެގެޓިވްވުމާއެކު 9 ޖުލައިގައި ވަނީ ރަސްމީކޮށް ކަރަންޓީނުން ދޫކޮށްލާފައެވެ. އެހެންކަމުން އެމީހުން ބޭރަށް ނިކުމެ އެތައް ބަޔަކާއި ކޮންޓެކްޓް ވެފައިވާނެކަމަށް ބެލެވެއެވެ. އެމީހުން ޕޮޒިޓިވްވެފައިވާކަން އެނގުނީ އެޗް.ޕީ.އޭގެ އެންގުމަށް އިއްޔެ މެންދުރު ދެވަނަ ފަހަރަށް ސާމަޕަލް ނެގުމާއި ގުޅިގެންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

30 އިންސައްތައިން ގައުމުގެ ރައީސަކު ހަމަޖެއްސުން ބުއްދިވެރިއެއް ނޫން: ރޮޒެއިނާ

30 އިންސައްތައިން ރާއްޖޭގެ ވެރިކަމަށް ރައީސަކު ހަމަޖެއްސެވުމަކީ އެހާ ބުއްދިވެރިކަމެއް ނޫން ކަމުގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ...

ޕީޕީއެމް ޕީއެންސީ ސަރުކާރެއްގައި މަސައްކަތް ކުރާ ގޮތް މިސަރުކާރާ އަޅާބަލާއިރު އުނޑާއި ބިމާހާ ތަފާތުވާނެ -މުއިއްޒު

ޕީޕީއެމް ޕީއެންސީ ސަރުކާރެއްގައި މަސައްކަތް ކުރާ ގޮތް މިސަރުކާރާ އަޅާބަލާއިރު އުނޑާއި ބިމާހާ ތަފާތުވާނެ ކަމަށާ  ޕީޕީއެމް ޕީއެންސީގެ ...

ރިމޯޓް އެޑިއުކޭޝަން އަށް މަގުފަހިކޮށްދިނުމަށް އެޑިއުކޭޝަން ޒޯނެއް ދިރާގު ޓީވީގައި ގާއިމުކޮށްފި

ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން، ސްކޫލްތަކާ ކޮލެޖްތައް ބަންދުކޮށް ކިޔަވާކުދިން ތައުލީމު ހާސިލް ކުރުމަށް މިވަނީ ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ...