ޖޫންގެ ނިޔަލަށް ކޮންޓްރެކްޓްތައް ހަމަވާ ކުޅުންތެރީންގެ ކޮންޓްރެކްޓްތަކަށް ހައްލެއް ހޯދަނީ ؟

ޖޫންމަހުގެ ނިޔަލަށް ކޮންޓްރެކްޓްތައް ހަމަވާ ކުޅުންތެރީންގެ ކޮންޓްރެކްޓްތައް މިސީޒަން ނިމެންދެން ދިގުދަންމާލަން މަޝަވާތައް ފަށައިފިއެވެ. ކުޅުންތެރީންގެ ހައްގުތައް ހިމާޔަތްކޮށްދޭ ޖަމްއިއްޔާއިން  މިމައްސަލަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދުގެ ވަގުތެއްގައި ބާއްވާ ޔޫއޭފާގެ މަޝްވަރާ ބައްދަލުވުމަށް ހުށަހަޅާނެއެވެ.

މިބައްދަލުވުމުގައި ޖޫންގެ ނިޔަލަށް ސީޒަން ނުނިމެއްޖެނަމަ ދެން އަމަލުކުރާނެ ގޮތަކާއިމެދުވެސް މަޝްވަރާކުރާނެއެވެ. އަދި އެޕްރީލް ފަހުކޮޅު ލީގުތައް ފަށަން ކުރީން މަޝްވަރާތައް ކުރެވުނު ނަމަވެސް މިހާރު އެންމެ ރަގަޅުގޮތަކީ ޖޫން ކުރީކޮޅު ލީގުތައް ފެށުންކަމަށްވެސް ހުށަހަޅާނެއެވެ.

ދުނިޔޭގައި ބާރަށް ފެތުރެމުންދާ ކޮވިޑް ނަވާރައިގެ ސަބަބުން މެދު ކަނޑާލާފައިވާ ލީގުތައް އަލުން ފަށަން ގައުމުތަކުން ބޭނުންވާ އެންމެ މުހިއްމު ސަބަބަކީ ޓީވީ ރައިޓްސް އިން ލިބެންޖެހޭ ފައިސާގެ މައްސަލައެވެ. އަދި ޖޫންގެ ނިޔަލަށް ބައެއް ކުޅުންތެރީންގެ ކޮންޓްރެކްޓައް ހަމަވާއިރު ބައެއް ކުޅުންތެރީން މިހާރުވެސް ތިބީ އެ މުއްދަތުން ފެށިގެން އެހެން ކްލަބްތަކާއެކު ކޮންޓްރެކްޓްތައް ހަދައިގެންނެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކުޅުންތެރިއަކީ އަޔެކްސްއަށް ކުޅޭ ހަކިމް ސިޔަޝްއެވެ. ޖޫން 30 އަށްފަހު އޭނާއަކީ އިގިރޭސި ވިލާތުގެ ޗެލްސީގެ ކުޅުންތެރިއެކެވެ. ނަމަވެސް އެހާތަނަށް ސީޒަން ނުނިމެއްޖެނަމަ އޭނާގެ މިލްކުވެރި ކްލަބަކާމެދު ބޮޑު ބަހުސްއަކަށް ދާނެއެވެ.

މިފަދަ ކަންކަމާހުރެ މިބައްދަލުވުމުގައި ގޮތެއް ނިންމަން ޔޫއޭފާއާއި ފީފާ އަދި ފިފްބްރޯއިން މަޝްވަރާ ކުރާނެއެވެ.

މަސްދަރު: ޕީއެސްއެމް ސްޕޯޓްސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމްއެމްޕީއާރުސީގެ ޚިޔާނާތް

ރަށްތަކާ ފަޅުތައް ވިއްކައިގެން އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފައިސާ ރަށްޔިތުންގެ މަޖިލުހުގެ ބައެއް މެމްބަރުންނަށްވެސް ލިބިފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ތަހުގީގު ...

ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލަރޝިޕް 6 ދަރިވަރަކަށް ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލަރޝިޕް 6 ދަރިވަރަކަށް ދެއްވައިފިއެވެ. މި ސްކޮލަރ ޝިޕްތައް ދެއްވާފައިވަނީ މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ...

ޔޫރޯ 2020 : ސްޕޭނާއި ޕޮލެންޑް ބައްދަލުކުރި މެޗު އެއްވަރުވެއްޖެ

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ޕޮލެންޑާ ސްޕޭން ބައްދަލުކުރި މެޗު 1 – 1 ން އެއްވަރުވެގެން ނިމިއްޖެއެވެ. ...