ކ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ހަމައަށް ވައިޓް އެލާޓް ނެރެފި

45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ހުދު އެލާޓު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު އެލާޓް ނެރެފައިވަނީ ވަނީ ކ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ރަށް ތަކަށެވެ.

މޫސުމާއިބެހޭ ގައުމީއިދާރާއިން ނެރެފައިވާ  އެލާޓްގައި ބުނެފައިވަނީ ހުޅަގުދެކުނާއި ހުޅަގުން އާންމުކޮށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދަށް ވައިގަދަވާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށެވެ.

މެޓް އޮފީހުން މި ސަރަހައްދަށް ވައިޓް އެލާޓު ނެރެފައިވަނީ މިއަދު 19:00 އިން ފެށިގެން މިރޭގެ ދަންވަރު  01:00 އާއި ހަމައަށެވެ.  19:00 އިން ފެށިގެން މިރޭގެ ދަންވަރު  01:00 އާއި ހަމައަށް އައްޑޫހިމެނޭ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވާއިރު މިއަދު ދެފަރެއްގެ މަތީން އައްޑޫ ހިމެނޭ ސަރަހަށް މޫސުމާއިބެހޭ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވެއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާގައި އައްޑޫސިޓީއަށްވެސް  ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އައްޑޫ  ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ފެންބޮޑުވެ ބައެއް ގެތަކަށް މިއަދު ވަނީ ފެންވަދެފައެވެ.

ވައިޓްއެލާޓް ނެރެފައިވާ ވަގުތުތަކުގައި  ބޯކޮށް ވާރޭވެހި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށްވެސް މޫސުމާބެހޭއިދާރާއިން ހާމަކޮށްފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީގެ ތަރައްޤީއަށް 200 މިލިއަން ޑޮލަރުގެ އެހީ އިންޑިއާއިން ދެނީ

އިންޑިއާ އިން ދިވެހިރާއްޖެއަށް ދޭ ކްރެޑިޓު ލައިންގެ ތެރެއިން 200 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) އައްޑޫގެ ...

ރައީސް ޞާލިހު އިންތިޚާބީ ރައީސް ޑރ. މުއިއްޒަށް މަރުހަބާ ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިންތިޚާބީ ރައީސް ޑރ. މުއިއްޒަށް މަރުޚަބާ ދަންނަވައިފިއެވެ. ރައީސް ޞާލިހު ކުރެއްވި ޓުވީޓުގައި ...

ނަޝީދު ގާނޫނުއަސާސީ އަށް ގެންނަވަން މަސައްކަތްކުރައްވާ އިސްލާހު އާންމު ކުރައްވައިފި

ވެރިކަމުގެ ނިޒާމް ބަރުލަމާނީ އަށް ބަދަލުކުރައްވައި، ބޮޑުވަޒީރު ސަރުކާރު ހިންގާ ގޮތަށް، އަދި ދައުލަތުގެ އެންމެ އިސް ފަރާތުގެ ...