ގަމު ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކޮށް ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރާނަން: ރައީސް

ލ. ގަމު ރީޖަނަލް ހޮސްޕިޓަލު ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކޮށް ލ. ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށް ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ލ. އަތޮޅަށް ބޮޑު އިސްކަމެއް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ “އެޖެންޑާ 19 ހައްދުންމަތީ ކޮންފަރެންސް”ގެ ނަމުގައި ލ. ގަމު ގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ “އައްސޭރި ޓުއަރިޒަމް ޒޯން” އަލުން ތަރައްގީކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާ މި ބަދަލުތަކާ އެކު ހައްދުންމަތި ވާނީ، ވަޒީފާތައް އުފެދިފައިވާ ވިޔަފާރިތައް ކުރިއަރާފައިވާ އަތޮޅަކަށްކަމަށެވެ. އަދި އޭގެ ސަބަބުން ލިބޭ ފައިސާ ގިނަވެ ލ.އަތޮޅަށް ލިބޭނެ ތަނަވަސްކަން އިތުރުވެގެންދާނެކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ހައްދުންމައްޗަކީ އެންމެ ބޮޑަށް ތަރައްގީކުރަން ޖެހޭ އެއް ދާއިރާ ކަމަށެވެ. އެގޮތުން އެއީ ބިން ބޮޑު، ގުދުރަތީ ވަސީލަތްތައް ގިނަ، ބޭނުންތެރި މަސައްކަތްތަކެއް ކުރެވޭނެ ސަރަހައްދެއް ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ތަރައްގީ މަޝްރޫއުތައް ހިންގުމުގައި ލ،އަތޮޅަށް ބޮޑު އިސްކަމެއް ދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޘާނަވީ އިމްތިހާނުގެ ކާމިޔާބީ ފާހަގަކުރުމަށް ޚާއްސަހަރަކާތްތަކެއް ބާއްވައިފި

މިދިޔަ އަހަރު ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން، ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ޚާއްޞަ ޙަރަކާތްތަކެއް ...

ގަމުގައި 180 ކޮޓަރީގެ 2 ހޮޓާ ތަރައްޤީކުރުމުގެ މަޝްރޫޢެއް ހިންގަނީ

އައްޑޫ ސިޓީ ގަމުގައި 180 ކޮޓަރީގެ 2 ހޮޓާ ތަރައްޤީ ކުރުމުގެ މަޝްރޫއެއް ހިންގަން ތައްޔާރުވެއްޖެއެވެ. ގަން އިންޓަނޭޝަނަލް ...

ކޭސްތައް އިތުރުވެގެންދާނަމަ ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ނުގެންދާނެ – އަމީން

ކޯވިޑް-19ގެ ކޭސްތައް އިތުރުވަމުން ދާނަމަ ސްކޫލްތަކުގެ ކިޔެވުން ނުފެށޭނެކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްގެ ...