ހުޅުދޫ ކަނޑޫއެޅެ ބީޗް ސާފްކުރުމުގެ މަސައްކަތްކުރިއަށް ގެންގޮސްފި

ހުޚުދޫ އަވަށު އޮފީހުން އިސްނަގައިގެން ހުޅުދޫ މާފިށި ( ކަނޑޫއެޅެ) ބީޗް ސާފް ކުރުމުގެ މަސައްކަތް މިއަދު ހެދުނު ކުރިއަށް ގެންގޮސްފިއެވެ.

ހުޅުދޫ ކައުންސިލަރު އިބްރާހިމް ޝުކުރީގެ އިސްނެންގެވުމުގެ މަތީން ކުރިއަށް ގެންދެވުނު މިމަސައްކަތުގައި ކަނޑޫއެޅެ ބީޗް ސަރަހައްދުގެ ވަރަށްބޮޑުބައެއްވަނީ ސާފްކޮށްފައެވެ.

މިއަދު ކުރިއަށް ގެންދެވުނު މިމަސައްކަތުގައި ބައިވެރިވެދެއްވުންއެދި ހުޅުދޫ އަވަށު އޮފީހުން ހުޅުދޫއާއި މީދޫގައިހުރި ސަރުކާރުގެ ބައެއް މުވައްސަސާތަކަށް އަންގާފައިވީނަމަވެސް އެއްވެސް މުވައްސަސާއަކުން މިއަދު ކުރިއަށް ގެންދެވުނު ސާފްކުރުމުގެ މަސައްކަތުގައި ބައިވެރިވެފައެއްނުވެއެވެ.

( ކަނޑޫއެޅެ) ބީޗް ސާފް ކުރުމުގެ މަސައްކަތް މިއަދު ހެދުނު ހުޅުދޫގައި ކުރިއަށް ގެންގޮސްފައިވާއިރު ހުޅުދޫ ސްކޫލްގެ އުތުން އޮތްމަގު ފުޅާކޮށް އެސަހައްދު ސާފްކުރުމުގެ މަސައްކަތްވެސް ކައުންސިލަރު އިބްރާހިމް ޝުކުރީގެ ބެއްލެވުމުގެ ދަށުން މިދިޔަ ހަފްތާގައިވަނީ ކުރިއަށް ގެންގޮސްފައެވެ.

advertisement

 

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފުވައްމުލަކު ގިރާ ސަރަހައްދަށް ހިލަ ގެންދިޔަ ބާޖު ފަރަށް އަރައި، އަރި އަޅާލައިފި

ފުވައްމުލައް ސިޓީގެ ގިރާ ސަރަހައްދަށް ހިލަ ގެންދިޔަ ބާޖު ފަރަށް އަރައި، އަރި އަޅާލައިފިއެވެ.  މިހާރު އާއްމުވެފައިވާ ފޮޓޯތަކުން ...

“ރެހެންދި އެވޯޑު” ލިބުނު ސ.މީދޫ އަހުމީމާ ލުޠުފީ

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މިމަހުގެ 6 ވަނަ ދުވަހުގެރޭ ބޭއްވުނު ރެހެންދި އޯވޯޑް ނައިޓްގައި އެވޯޑް ...

ކޮމަންވެލްތް ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އިނގިރޭސިވިލާތުގައި މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން “ކޮމަންވެލްތު ސްކޮލާޝިޕް” އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ...