ކަރަންޓު ބިލް ދެއްކުމަށް ފެނަކައިން އެޕެއް ތައާރަފްކޮށްފި

  ކަރަންޓު ބިލް ދެއްކުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އެޕެއް ތައާރަފްކޮށްފި އެވެ

  ފެނަކައިން މިއަދު ބުނީ ފެނަކަ ބިލް-ޕޭ އެޕްލިކޭޝަން މެދުވެރިކޮށް އެކުންފުނީގެ ކަސްޓަމަރުންގެ ބިލްތަކަށް ފަސޭހަކަމާއެކު ފައިސާދެއްކުމުގެ އިންތިޒާމް މިހާރު ހަމަޖެހިފައިވާކަމަށެވެ.

  މި އެޕްލިކޭޝަން މެދުވެރިކޮށް ބިލްތަކަށް ފައިސާ ދެއްކުމުގެ އިތުރުން ޚިދުމަތްތައް ބޭނުންކުރެވޭ މިންވަރު އަމިއްލަފުޅަށް ބައްލަވާލެއްވުމުގެ ފުރުސަތު އެކުންފުނީގެ ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވާނެ ކަމަށްވެސް ފެނަކައިން ވަނީ ބުނެފައެވެ.

  އެންޑްރޮއިޑް ކަސްޓަމަރުން ފެނަކަ ބިލް ޕޭ-އެޕް މިހާރު ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެއްވޭނެކަމަށްވެސް ފެނަކައިން ވަނީ ވިދާޅުވެފައި ވެއެވެ.

  މި އެޕްލިކޭޝަން މެދުވެރިކޮށް ފެނަކައިގެ ކަސްޓަމަރުންނަށް ކުރީގެ ބިލްތަކުގެ ތަފްސީލްވެސް ބަލާ ލެއްވޭނެ އެވެ. އަދި ފައިސާ ނުދެއްކި ހުރި ބިލްތައްވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ބަލައިލެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެއެވެ. މީގެ އިތުރުން މި އެޕް މެދުވެރިކޮށް ކޮންމެ ތާކު ހުންނަވައިގެން ކޮންމެ ގަޑިއަކުވިޔަސް ބިލް ދައްކާލެވޭނެ އެވެ. އަދި ކަރަންޓު ބޭނުންކުރެވޭ ވަރުވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ބަލައިލެވެން ހުންނާނެ އެވެ.

  ކޮވިޑް-19 އާއި ގުޅިގެން ފެނަކައިން ވަނީ ކަރަންޓު ބިލް އޮންލައިންކޮށް ބަލައި ގަނެވޭނެ އިންތިޒާމެއް މީގެ ކުރިންވެސް ހަމަޖަައްސާފައި ވެއެވެ. އެގޮތުން އިންޓަރނެޓު ބެންކިން މެދުވެރިކޮށް ކަރަންޓު ބިލަށް ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ މީގެކުރިން ހަމަޖައްސާފައެވެ.

  • ކޮމެންޓްސް (0)

  Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

  Ads

  ads

  ކަމުދާނެ ލިޔުންތައް

  ކޮވިޑަށް ޕޮޒިޓިވްވި ޑިބާލާ ބަލިން ފަސޭހަވެއްޖެ

  ކޮވިޑް19 އަށް ޕޮޒިޓިވް އިޓަލީގެ ޔުއެންޓާސްގެ ފޯވާޑް  ޑިބާލާ ރަގަޅުވެއްޖެވެ. ޑިބާލާ އެންމެ ފުރަތަމަ މިވައިރަހަށް ޕޮޒިޓިވްވީ މާރޗްމަހުގެ ...

  އިތުރު 36 މީހަކު ކޮވިޑް19 އަށް ޕޮޒިިޓިވް ވެއްޖެ

  އިތުރު 36 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މި  36 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 29 ...

  ރައީސް ސޯލިހުގެ ރިޔާސީ ބަޔާނުގައި ހުރި ގިނަ ކަންކަމަށް ލޭބަރ ޕާޓީން ތާޢީދުކޮށްފި

  ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިއްޔެ ހުށަހެޅުއްވި ރިޔާސީ ބަޔާނަށް  މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީން ...

  މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

  މިއަދު ( 28  އޯގަސްޓް 2020 ވަނަ ދުވަހު )   މީދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ކުރެއްވުމަށް ...

  އޭއެފްސީ ކަޕްގެ މެޗްތައް ގަމު ޒޯން ސްޓޭޑިއަމްގައި ކުޅޭނެ: މިނިސްޓަރ މަޙްލޫފު

  އޭއެފްސީ ކަޕްގެ މެޗްތަށް ލާމު ގަމު ޒޯން ސްޓޭޑިއަމްގެ ފުޓުބޯޅަ ދަނޑުގައި ކުޅެވިގެންދާނެކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ...

  އަލްހާން ފަހްމީ ޕީޕީއެމުން ވަކިވެއްޖެ

  ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްޙާން ފަހުމީ ސަރުކާރު ހިންގާ މައި ޕާޓީ ޕްރޮގްރެސިވް ޕާޓީ ...