ކެލާ އިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

    ހއ. ކެލާ އިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓީވް ވެއްޖެއެވެ.

    ‘ބައެއް މީޑިއާތަކަށް  މައުލޫމާތު ދެއްވަމުން ކެލާ ކައުންސިލްގެ ނައިބު ރައީސް އައިމިނަތު އިސްމާއިލް ވިދާޅުވީ އެރަށުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވަނީ ފިރިހެނެއް ކަމަށާއި އޭނާ އަކީ ދެބައި އުމުރުގެ މީހެއް ކަމަށެވެ.

    އެމީހާ ކޮވިޑަށް ޓެސްޓު ކޮށްފައި ވަނީ ރޯގާ ޖެހިގެން ކަމަށް އައިމިނަތު ވަނީ ވިދާޅުވެފައެވެ. އެގޮތުން ފުރަތަމަ ފަހަރު ޓެސްޓު ކުރުމުން ނަތީޖާ ނެގެޓިވް ކަމަށް ދެއްކި ނަމަވެސް ދެވަނަ ފަހަރު ޓެސްޓު ކުރުމުން އެމީހާގެ ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށް އައިމިނަތު ވިދާޅުވިއެވެ.

    އައިމިނަތު ވިދާޅުވި ގޮތުގައި އެމީހާ ވަނީ ގިނަ ބަޔަކާ ކޮންޓެކްޓު ވެފައެވެ. އަދި މީހާރު އެމީހާ ވަނީ އެކަހެރި ކޮށްފައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

    ޕޮޒިޓިވްވި މީހާ އަކީ ކެލައާއި މާލެއާ ދެމެދު ދަތުރު ކުރާ ބޯޓެއްގެ ކެޕްޓަން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

    އިއްޔެ ކޮވިޑަށް ޕޮޒިޓިވް ވި މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމަލަ އަދަދު ވަނީ 3369 އަށް އަރާފައެވެ. ރާއްޖެއިން އިއްޔެ ރަނގަޅުވެފައި ވަނީ 13 މީހުންނެވެ.

    މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 602 މީހުން ތިބި އިރު އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބި މީހުންގެ އަދަދު 792 އަށް ވަނީ އަރާފައެވެ.

    މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 15 މީހަކު މަރުވެފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި 5 ބިދޭސީންނެވެ. 10 ދިވެހިންގެ ތެރޭގައި 5 ފިރިހެނުންނާއި 5 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.

     

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    ފޮޓޯއިން ޚަބަރު : ބީއެމްއެލްގެ އެހީގައި ހޯޑެއްދޫގައި ތައްޔާރުކުރި ނޭޗާރ ޕާރކް

    މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ ބީއެމްއެލްގެ އެހީގައި ހޯޑެއްދޫގައި ތަރައްޤީކުރި ނޭޗަރ ޕާރްކްގެ މަންޒަރުތައް ދައްކުވައިދޭ ފޮޓޯތައްކެއް

    މިއަހަރުގެ އަރތް އަވާ ފާހާގަ ކުރުމުގެ ހަރަކާތް އައްޑޫސިޓީގައި ބާއްވަނީ

    ކޮންމެ އަހަރަކުވެސް މުޅި ދުނިޔޭގައި އަރތް އަވާގެ ގޮތުގައި ފާހަގަކުރަމުންގެންދާ ހަރަކާތް މިއަހަރުވެސް ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވާއިރު، ...

    އައްޑޫ ޔޫތު ޗެލެންޖް 2020 ” ގެ ގުރުއަތުލުން ބާއްވައިފި- ފުރަތަމަ މެޗްގައި ހުޅުދޫ- ހިތަދޫ “

    20 އަހަރުން ދަށުގެ  ކުޅުންތެރިންނަށް އަމާޒުކޮށްގެން ބޭއްވޭ ” އައްޑޫ ޔޫތު ޗެލެންޖް 2020″ ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ...

    އިލެކްޝަން ކޮމިޝަން ގެ ރައީސް ކަަމަށް ޝަރީފު

    އިލެކްޝަން ކޮމިޝަންގެ ރައިސް ކަމަށް، އެ ކޮމިޝަނަށް މިއަދު ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވި އަހުމަދު ޝަރީފު ހޮވިއްޖެއެވެ. ޝަރީފު ...

    ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި

    މިދިޔަމަހުގެ 5 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އިއުލާންކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު މިއަދުގެ ...

    ގާނޫނާ ޚިލާފަށް ކަންތައްތައްކުރިން – ހުކުމެއްގައި ހުންނަންޖެހުނީ ގާނޫނާ ޚިލާފްވުމުން : ޒީއަތު

    ގާނޫނާ ޚިލާފަށް ކަންތައްތައް ކުރެއްވިކަމަށާ އަދި ޖަލުހުކުމެއްގައި ހުންނަވަންޖެހުނީ އެހެންވެގެންކަމަށް އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބދުﷲ ޒީއަތު ...