ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހިތަދޫން ޒުވާނަކު ހައްޔަރުކޮށްފި

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު އައްޑޫ ސިޓީން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ފިރިހެނެއްކަމަށެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ހިތަދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަސްތުވާތަކެތި ބޭނުން ކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، މިއަދު ހަވީރުކަމަށެވެ.

ހިތަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހިތަދޫގެ އީދިގަލިކިޅި ސަރަޙައްދުން މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 4 ރަބަރު ޕެކެޓް ފެނުނުކަމަށެވެ.

ފުލުހުން ބުނީ މިމައްސަލަ ސ. ހިތަދޫ ޕޮލިސް ސްޓޭޝަނުން މިހާރު ތަހުގީޤްކުރަމުންދާކަމަށެވެ

ޚަބަރު: ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުވަދުއަތޮޅުގައި ސީޕްލޭން ހަބެއްވެސް ޤާއިމް ކުރެވޭނެ – ރައީސް

ގދ.ފަރެސްމާތޮޑާގައި މި ސަރުކާރުން އަޅާ އެއާޕޯޓާއެކު އެ ސަރަޙައްދުގައި ސީޕްލޭން ހަބެއްވެސް ޤާއިމް ކުރެވިގެން ދާނެ ކަމަށް ރައީސުލްޖުމްޖޫރިއްޔާ ...

ކޮވިޑް ޖެހުނު ބަނގްލާދޭޝް މީހަކު މިއަދު ރާއްޖޭގައި ނިޔާވެއްޖެ

ކޯވިޑް-19 ޖެހުނު ބަނގްލާދޭޝް މީހަކު މިއަދު ރާއްޖޭގައި ނިޔާވެއްޖެ ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.. ކޯވިޑް-19 އަށް ފަރުވާދެމުންދަނިކޮށް މަރުވެފައިވަނީ ...

ނަލަފެހި ޖަމްއިއްޔާ : ” ފެހި މީދޫ” މިޝިއާރުގެ ދަށުން ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި

ދުނިޔޭގެ ކާބޯތަކޭތީގެ ދުވަސް މީދޫގައިވެސް ފާހަގަ ކުރުމުގެ ގޮތުން ” ފެހި މީދޫ” މިޝިއާރުގެ ދަށުން މީދޫ ނަލަފެހި ...