ކިޔެވުމުން ދުރުވި 200 ކުދިން ވަނީ އަނބުރާ ގެނެވިފައި- އެޑިއުކޭޝަން މިނިސްޓްރީ

އެކި ސަބަބުތަކާ ހުރެ ތައުލީމް އުނގެނުމާއި ދުރުވެފައިވާ 200 ކުދިން އަލުން ތައުލީމީ ނިޒާމްގެ ތެރެއަށް ގެނެވިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު އައްޒަ ވިދާޅުވީ، ތަފާތު އެކި ސަބަބުތަކާހުރެ، ކިޔެވުމުން ދުރަށް ޖެހިފައިވާ ނުވަތަ ދުރަށް ޖެހިދާނެ ކުދިން ދެނެގަތުމަށް އެޑިއުކޭޝަން މިނިސްޓްރީން އުސޫލެއް ގާއިމް ކޮށްފައިވާ ކަމަށެވެ. އަދި އެ އުސޫލުގެ ދަށުން އެފަދަ ކުދިންނާއި އެކީގައި އެކުދިންނަށް އެންމެ އެކަށީގެންވާ ތައުލީމީ ޕްރޮގްރާމަކީ ކޮބައިތޯ ބެލުމަށްފަހު، އެކުދިންނާއެކީގައި މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އެގޮތުން 200 ކުދިން އަނބުރާ ކިޔެވުމުގެ މާހައުލަށް ގެނެވިފައިވާ ކަމަށް އައްޒަ ވިދާޅުވިއެވެ.

އައްޒަ ވިދާޅުވީ މިމަސައްކަތް ކުރުމުގައި އެޑއިުކޭޝަން މިނިސްޓްރީއާއި އެކީގައި މަސައްކަތް ކުރާ ވަކި ވަކި މުއައްސަސާތަކާއި އެކީގައިވެސް މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށެވެ. އައްޒަ ވިދާޅުވީ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ޤާއިމް ކުރަންޖެހޭ އުސޫލުތައް ޤާއިމްކޮށް، ތަންފީޒީ މަރުހަލާ ހަރުދަނާ ކުރުމަށްޓަކައިވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ކިޔެވުމާއި ދުރު ކުދިން ދެނެގަނެ، އެފަދަ ކުދިން ސްކޫލަށް އަނބުރާ ގެނައުމަށް އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތް ކުރަމުން އަންނައިރު، މިއަހަރުގެ މާޗް މަހުގައި ކުދިންގެ އަހްލާގް ބެލެހެއްޓުމާއި ބެހޭ ސިޔާސަތެއް ތަންފީޒް ކުރާނެއެވެ. އެޑިއުކޭޝަން މިނިސްޓްރީން އަލަށް ތަންފީޒް ކުރުމަށް ނިންމާފައިވާ ބިހޭވިއަރ މެނޭޖްމެންޓް ޕޮލިސީއަކީ، ބޭރުގެ އެހެން ގައުމުތަކުގައި ތަންފީޒް ކުރަމުން އަންނަ ޕޮލިސީތައް ބަލާ ދިރާސާ ކުރުމަށް ފަހު އެކުލަވާލާފައިވާ ޕޮލިސީއެއް ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިއަދުން ފެށިގެން ކޮވިޑް-19 ގައިޑްލައިނަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޗްޕީއޭއިން މީގެ ކުރީން އެކުލަވާލާފައިވާ ގައިޑްލައިނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ. އެޗްޕީއޭއިން ނެރުނު ...

ފުވައްމުލަށް ސިޓީ ޕޮލިސް ފައިނަލަށް، ތިން ވަނަ ސެމީގައި އައްޑޫޕޮލިސް އާއި ގދ. ޕޮލިސް

މިހާރު މީދޫގައި ހިގަމުންދާ ސައުތު ބްލޫޒް އަންހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލުގެ ސީދާ ޖާގަ ފުވައްމުލަށް ސިޓީ ޕޮލިސް ...

ޗެނަލް 13ގެ ޕްރޮގްރާމެއްގެ މައްސަލަ ބްރޯޑްކޮމް އިން ބަލަނީ

ޗެނަލް 13ގެ ” ހަޖަމް ” ޕްރޮގްރާމެއްގައި ދެއްކި ވާހަކަތަކެއްގެ މައްސަލަ ބްރޮޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބަލަން ...