ކޮންމެ ކަމެއް ކުރި ކަމުގައި ވިޔަސް އެކަމަކާ ގުޅޭ ޕްލޭލިސްޓަކާ ނުލައި ކަމެއް ކުރެވޭ ކަމަކަށް ނުވެއެވެ.

ގޭގައި މީރުކޮށް ކައްކާލަން ވިޔަސް، ކަސްރަތުކުރަން ވިޔަސް، ޔޯގާ ހަދަން ވިޔަސް ނުވަތަ ރައްޓެހިންނާ އެކު ބާބަކިއުއެއް ހަދަން ވިޔަސް ރަނގަޅު ޕްލޭލިސްޓެއް ހަދާ ނުލާ ކަމެއް ނުވެސްފެށެއެވެ.

މި ހުރިހާ ކަމަށް އޮތް އެންމެ ފަސޭހަ ހައްލަކީ އަވަހަށް ސްޓިންގްރޭ އެޕްލިކޭޝަން ފޯނަށް ޑައުންލޯޑް ކޮށްލުމެވެ.

ކޮންމެ ކަމަކަށް، ކޮންމެ މޫޑަކަށް އެކަށީގެންވާ ތަފާތު ގިނަ ޕްލޭލިސްޓްތައް ހިމެނޭ މި މޮބައިލް މިއުޒިކް ސްޓްރީމިން އެޕްއިން އިންޓަނޭޝަނަލް ހިޓް އަދި ދުނިޔޭގެ މަޝްހޫރު އެތައް އާޓިސްޓުންގެ މިއުޒިކް މުޅިން ހިލޭ ސްޓްރީމް ކުރެވޭނެއެވެ.

އެގޮތުން ދުނިޔޭގެ ޓޮޕް ޗާޓުގައި ހިމެނޭ 40 ލަވަ ކޮންމެ ހަފުތާއަކު މި އެޕްގައި އަޕްޑޭޓު ވާނެއެވެ.

މީގެ އިތުރުން ތަފާތު ޖޯންރާ ތަކުގެ މިއުޒިކާއި އެކި އެކި ޒަމާނުގެ ލަވަ ހިމެނޭ ޕްލޭލިސްޓްވެސް މި އެޕްގައި ހިމެނެއެވެ.

މި އެޕްލިކޭޝަން ދިރާގުގެ ކަސްޓަމަރުންނަށް އެއްވެސް ފީ އަކާ ނުލާ ސަބްސްކްރައިބް ކުރެވޭނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫގެ ކުރީގެ ކައުންސިލަރު އަލީ މުހައްމަދު އެމްޑީޕީއަށް ސޮއިކުރައްވައިފި

ހުޅުދޫގެ ކުރީގެ ކައުންސިލަރު އަލީ މުހައްމަދު އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ. އަލީ މުހައްމަދު އެމްޑީޕީއަށް ރޭ ސޮއިކުރައްވާފައިމިވަނީ ރަށްޔިތުންގެ މަޖިލިހުގެ ...

މަސްތުވާތަކެއްޗާއިއެކު މީދޫ އަންހެނަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި އެކު މީދޫ އަންހެނަކު ހައްޔަރުކޮށްފިއެވެ. މަސްތުވާތަކެއްޗާއެކު ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ  މީދޫއަންހެނެކެވެ. މި ...

މުއާޒް ޕީޕީއެމުން ވަކިވެއްޖެ

ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ،  ޕީޕީއެމުން ވަކިވެއްޖެކަން ހާމަކޮށްފިއެވެ. މުއާޒް ޕީޕީއެމުން ވަކިވެއްޖެކަން ހާމަކުރައްވާފައިވަނީ ...