ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ، ދިވެހިން ކެރަލާއަށް ދަތުރުނުކުރުމަށް އިލްތިމާސްކޮށްފި

advertisement

ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ދިވެހިން އިންޑިޔާގެ ކެރެލާއަށް ދަތުރުނުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސް ކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން މިކަމަށް އިލްތިމާސް ކުރެއްވީ މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ކެރެލާ ސްޓޭޓްގެ ތިން މީހަކު ޕޮޒިޓިވް ވުމާ ގުޅިގެން އެސްޓޭޓުން “ސްޓޭޓް އޮފް ކެލިމިޓީ” ނެރެފައިވާތީއެވެ.

ފޮރިން މިނިސްޓްރީން ހާމަކޮށްފައިވަނީ  “ސްޓޭޓް އޮފް ކެލިމިޓީ” ދެމިއޮތްހާ ހިނދަކު ކޮންމެހެން ކުރަންޖެހޭ ހާލަތެއްގައި މެނުވީ ދިވެހިން ކެރެލާއަށް ދަތުރުނުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާގޮތުން  މިވަގުތު އިންޑިޔާގެ އެކި ސްޓޭޓްތަކާއި ޚާއްސަކޮށް ކެރެލާ ސްޓޭޓްގައި ދިރިއުޅޭ އަދި އެޤައުމަށް ޒިޔާރަތްކުރާ ދިވެހިން ފޮރިން މިނިސްޓްރީގައި ނުވަތަ އިންޑިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން ނުވަތަ ތިރުވަނަންތަޕޫރަންގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލްގައި ރަޖިސްޓްރީ ކުރުމަށްވެސް އިލްތިމާސް ކުރައްވާފައިވެއެވެ.

މީގެ އިތުރުން އިންޑިޔާގެ ކަމާބެހޭ އިދާރާތަކުން ކޮރޯނާ ވައިރަސްއާ ގުޅިގެން ދެމުންދާ އިޝާރާތްތަކަށް ސަމާލުކަން ދީ އެއަށް ޢަމަލުކުރުމަށްވެސް ފޮރިން މިނިސްޓްރީން އެދިވަޑައިގަންނަވައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑްގެ ބިރުވެރިކަން އަތޮޅުތެރެއަށް، އެދެނީ އުސޫލު ހަރުދަނާކުރަން

އާ އާންމު ހާލަތުގައި އުޅެންޖެހޭ ، އުސޫލު ބަދަލުކޮށް މާލޭން އަތޮޅުތެރެއަށް ހޯމް ކަރަންޓީނަށް މީހުން ފޮނުވަން ފެށުމާއެކު ...

ރޮޒެއިނާ ތާއީދު ހޯދުމަށްޓަކައި މީދޫގައި އެމްޑީޕީން ބަހައްޓާފައިވާ ބެނާއެއް ހަލާކުކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އައްޑޫ މީދޫ ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ރޮޒެއިނާ އާދަމްއަށް ...

ކަރަންޓް ކިތަންމެ ގިނައިން ބޭނުންކުރިއަސް ބިލް ބޮޑުނުވާގޮތަށް ރޭޓެއް ކަނޑައަޅާނަން: ރައީސް

ކަރަންޓް ކިތަންމެ ވަރަކަށް ބޭނުންކުރިޔަސް ފީގެ ރޭޓު ބޮޑުނުވާނެ ގޮތަކަށް ފްލެޓް ރޭޓެއް ކަނޑައަޅައި ލުޔެއް ހޯއްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ...