ސަތޯއަށް ކުޅިވަރުގެ ދާއިރާން ހިތްވަރު ދިނުމުގެ އިނާމް ލިބިލައްވައިފި

ރާއްޖޭގެ 53 ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދެއްވި ހިތްވަރު ދިނުމުގެ ގައުމީ އިނާމް ލިބިލެއްވި 15 ބޭފުންގެ ތެރޭގައި ސ. ހުޅުދޫ ޖަވާހިރުވިލާ އިބްރާހިމް ރަޝީދު ހިމެނިއްޖެވެ

އިބްރާހިމް ރަޝީދަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިލައްވާފައިވަނީ  ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ހިންގުމާއި ފަންނީ ގޮތުން ކުޅިވަރަށް ޚިދުމަތްކުރުމުގެ ރޮނގުންނެވެ.

ވޮލީ ކުޅުންތެރިއެއްގެ ގޮތުގައި އިބްރާހިމް ރަޝީދު ކުޅިވަރުގެ ދާއިރާއިން މަޝްހޫރުވެފައިވާ ނަމުންނަމަ ސަތޯ އެންމެ ފުރަތަމަ ވޮލީކޯޓަށް ނިކުންނެވީ މާލޭ އިންގްލިޝް ސްކޫލްގައި އުޅުއްވި ދުވަސްވަރެވެ.

ވަރަށް ގިނަ ސްކޫލްތަކަށާ އޮފީސްތަކަށާ ޓީމްތަކަށް ކޯޗްކޮށްދެއްވާ ގިނަ ކާމިޔާބީތަކެއް އިބްރާހިމް ރަޝީދުވަނީ ހޯއްދަވާފައެވެ.

ގައުމީ ވޮލީބޯޅަ މުބާރާތުގައިވެސް ތައްޓާ އެންމެ ރަށްޓެހި އެއްކޯޗަކީ އިބްރާހިމް ރަޝީދު ( ސަތޯ ) އެވެ.

އަދި ވޮލީ ބޯޅަ އެސޯސިއޭޝަނުން ހޮވި ރާއްޖޭގެ އެންމެ މޮޅު ވޮލީކޯޗްގެ އެވޯޑް 2010 ވަނަ އަހަރާއި 2011 ވަނަ އަހަރު އިބްރާހިމް ރަޝީދަށްވަނީ ލިބިވަޑައިގެންފައެވެ،

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފަސޭހަކަމާއެކު މީދޫ ބަލިކޮށް ހިތަދޫއިން ފައިނަލްގެ އުއްމީދު އާކޮށްފި

20 އަހަރުން ދަށުގެ އައްޑޫ ޔޫތު ޗެލެންޖް 2020 ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު  ހިތަދޫއާއި އާއި މީދޫ ...

5 އަހަރު ނިމުނުއިރު ފެނަކައިގެ ދަރަނި 4.1 ބިލިއަނުގައި، ކުންފުނި އޮތީ އޮޕްރޭޝަނަށް ބުރޫ އަރާ ހާލަތުގައި

ފާއިތުވި އިތުވި ފަސް އަހަރު ތެރޭގައި ފެނަކައިގެ ދަރަނި 4.1 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އެ ކުންފުނީގެ ...

އިމާރާތެއްގެ 14 ވަނަ ބުރިން ވެއްޓި އައްޑޫސިޓީ ޒުވާނަކު މަރުވެއްޖެ

މެލޭޝިއާ އިމާރާތެއްގެ 14 ވަނަ ފްލޯ އިން ވެއްޓި އައްޑޫސިޓީ ޒުވާނަކު މިއަދު މަރުވެއްޖެ އެވެ. މައުލޫމާތު ލިބިފައިވާ ...