ކުރިއަށް މިއޮތް ފަސް އަހަރަކީ މީދޫދާއިރާގެ ގަދަފަސް އަހަރު – ރޮޒެއިނާ

    Advertisement

    އަޅުގަޑު މިދާއިރާއަށް ކުރިމަތިލުމުގެ ސަބަބަކީ  އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމެއްގައި އަޅުގަޑަށް މިދާއިރާއަށް ކޮށްދެވޭނެ ކަންތައްތަކެއް ހުރިކަމަށް ގަބޫލްކުރެވޭތީ ކަމަށް އައްޑޫ މީދޫދާއިރާގެ މެމްބަރު ރޮޒެއިނާ އާދްމް ވިދާޅުވެއްޖެވެ.

    ރޮޒެއިނާ މިހެން ވިދާޅުވީ މިއަދު ޕީއެސްއެމުން ކުރިއަށް ގެންދިޔަ މީދޫދާއިރާގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ،

    ” ކުރިއަށްއޮތް 5 އަހަރަކީ މީދޫއާއި މަރަދޫފޭދޫގެ ގަދަ 5 އަހަރަށް ހެދުމަށް  އެޖެންޑާ19 ގެ ތެރެއިން އަޅުގަޑުމެން ވަޒީފާގެ ފުރުސަތުތައް އެބަހުޅުވާލަން ، މިނިވަން ވޭޖެއް އެބަކަނޑައަޅަން . އަޅުގަޑުމެން އައްޑޫސިޓީ ތަރައްގީކޮށް ، އައްޑޫގެ އެއަރޕޯޓް ތަރައްގީކޮށް ގެސްޓްހައުސް ވިޔަފާރިތައް ތަރައްގީކޮށް ރަށުން ބޭރުގައި މިހާރުވެސް ދިރިއުޅެމުން އަންނަ މީހުން އަބުރާ ރަށަށް ގެނެސް މީދޫ ދާއިރާއަކީވެސް ރަށްޔިތުންނަށް އުފާފާގަތިކަމާއެކީގައި އުޅެވޭނެ ތަނަކަށް ހަދާ ދިނުމަށްޓަކައި އެޖެންޑާ 19 ގެ ތެރެއިން މަސައްކަތްކުރާނަން ” ރޮޒެއިނާ ވިދާޅުވިއެވެ.

    ފޮޓޯ ޕީއެސްއެމް

    އެމްޑީޕީގެ ކުރީގެ ވެރިކަމުގައިވެސް އައްޑޫސިޓީއަށް ޚާއްސަ ސަމާލުކަމެއްދީގެން އައްޑޫތަރައްގީކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއްކޮށްފައިވާ ޕާޓީއަކީ  އެމްޑީޕީކަމަށް ވިދާޅުވެ ވާހަކަފުޅުދައްކަވަމުން ރޮޒެއިނާ ވިދާޅުވީ އައްޑޫސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތާއި   އައްޑޫގެ މަގުތައް ރަގަޅުފެންވަރަކަށް ހެދުމުގެ މަސައްކަތުގެ އިތުރަށް   އައްޑޫގައި ބޮޑު ކޮންވެންޝަންސެޓަރެއް ހަދާ އައްޑޫތަރައްގީކުރުމުގެ ވިސްނުމަކާއެކީގައި ނިކުތީވެސް އެމްޑީޕީކަމަށެވެ.

    ” އަޅުގަޑުމެން މިނިކުންނަނީ އަނެއްކާވެސް ހަމަ އެތަސައްވަރާއެކީ، އައްޑޫސިޓީ ތަރައްގީކުރުމަށް އެކަމަށް ބޭނުންވާ ބެޖެޓް އަޅުގަޑުމެން މިހާރުވަނީ ހޯދާފައި . އެޖެންޑާ19 އަކީ އަޅުގަޑުމެން މިކަންކަންކުރުމަށްޓަކައި ގާނޫނީ އޮނިގަޑު އެކުލަވާލުމަށް ހަދާފައިވާ އެޖެންޑާއެއް. އެހެންވީމާ އަޅުގަޑުމެން މިނިކުންނަނީ އެއްވެސްގޮތަކަށް ފޮނި ބާސާތަކެއް ކަނޑާކަށްނޫން . ޕްލޭންކުރެވިގެން ބަޖެޓް ކަނޑައެޅިގެން މިމަސައްކަތްކުރުމަށް ބޭނުންވާ ހުރިހާ ކަންތައްތަކާއެކީގައި ތައްޔާރުވެގެން ” ރޮޒެއިނާ ވިދާޅުވިއެވެ.

    ފޮޓޯ ޕީއެސްއެމް

    ޔޫއެންގެ ސާވޭތަކުން ދައްކާގޮތުންނާއި މިދާއިރާގެ މީހުން ބޭނުންވާ ކަންތައްތަކަށް ބަލާއިރު ފެނިގެންމިދަނީ ޑްރަގްގެ ވަބާގައިޖެހިފައިވާ ޒުވާން ޖީލެއް އެއްކޮށް ހަލާކުވެގެންދާ މަންޒަރުކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ  އެޖެންޑާ19 ގެ ތެރެއިން އެކުދީންނަށް އިތުރު ފުރުސަތުތައް ހޯދާދީ އެކުދީންގެ މުސްތަގުބަލް އުޖާލާކުރުމަށްޓަކައި އެޖެންޑާ 19 ގެތެރެއިން މަސައްކަތް ކުރެވޭނެކަމަށެވެ. އަދި މީގެ އިތުރަށް މިއަހަރުގެ ބަޖެޓްގެ ތެރޭގައި މީދޫއާއި މަރަދޫފޭދޫއަށް ބޭނުންވާ ގިނަކަންތައްތައް ހާސިލްކުރެވޭގޮތައް ބަޖެޓް ކަނޑައެޅިފައިވާކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

     

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    މާލޭ ސަރަހައްދުގައި ކުޅިވަރުތަކާއި މުބާރާތްތައް ނުބޭއްވުމަށް އަންގައިފި

    މާލޭ ސަރަހައްދުގައި ކުޅިވަރުތަކާއި މުބާރާތްތައް ނުބޭއްވުމަށް އަންގައިފި އެވެ. ތަފްސީލް އަންނަނީ

    ރައީސް ޔާމީން ވަނީ ކުރު މުއްދަތެއްގައި ރާއްޖޭގެ މަލަމަތި ބަދަލުކުރައްވާފައި – މެޑަމް ފާތުން

    ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވައި، ރައްޔިތުންގެ އަޑުއެއްސެވުމަށް ކުރައްވާ މަސައްކަތްޕުޅަކީ ރައީސް އެފުރުސަތު ދެއްވާތީ ކުރެއްވޭ ކަމެއްކަމަށާ، ރައީސް ޔާމީނަކީ ...

    ކުށްވެރިއަކީ ފަނޑިޔާރުންނަށް ރިޝްވަތުގެ ފައިސާ ބަހަމުން ހިނގާ މަހުޖަނު – ރައީސް ނަޝީދު

    ރާއްޖެއަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ “ރިޝްވަތު ދޭ މަހުޖަނު” ކަމަށާއި އެކަން ހައްލުކުރަން ޖެހޭ ކަމަށް ...

    ކްލަބްގެ ޕްލޭނާ އެއްގޮތައް އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރާނެ- ބާސެލޯނާގެ ރައީސް

    ކޮވިޑް19 ގެ ސަބަބުން ކުރިމަތި ވަމުންދާ މާލީ ގެއްލުންތަކުން އަރައިގަތުމަށް ކުޅުންތެރީންގެ މުސާރަ އުނިކުރިނަމަވެސް އަންނަ ސީޒަނުގައި ބާސެލޯނާ ...

    ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން ކުރިއަށް ގެންދެވުނު ގަސްއިދުމުގެ ޕްރޮގްރާމް

    މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން މިއަދު މީދޫ ބޮޑުމަގުގައި ގަސްއިންދުމަށް ކުރިއަށް ...

    އަނެއްކާވެސް އިތުރު 25 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ

    އަނެއްކާވެސް އިތުރު 25 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިފަހަރު ޕޮޒިޓިވްވެފައިވަނީ 5 ދިވެހިންނާއި ބަންގްލަދޭޝްގެ 20 މީހުންނެވެ. ތަފްސީލް ...