ލައިސެންސާއެކު ދޫކުރާ 100 ކްރެޑިޓް ޕޮއިންޓް ހުސްވެއްޖެނަމަ ލައިސެންސް ބާތިލް ކުރަނީ

  މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިޝަނުން ދޫކުރާ ކޮންމެ ލައިސަންސްއަކާއެކު 100 ކްރެޑިޓް ޕޮއިންޓް ދޭން ނިންމާ، ކްރެޑިޓް ޕޮއިންޓް ހުސްވެއްޖެ ހާލަތެއްގައި އެމީހަކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުވާ ގަވައިދެއް އާންމުކޮށްފި އެވެ.

  އެ މިނިސްޓްރީން ގެޒެޓް ކުރި އާ ގަވާއިދުގައި ވަނީ ގަވާއިދާ ހިލާފް އެކި މައްސަލަތަކުގައި ވަކި އަދަދުތަކެއް އެ ކްރެޑިޓް ޕޮއިންޓުން އުނިކުރެވޭނެކަމަށާއި ޕޮއިންޓް ހުސްވެއްޖެ ހާލަތެއްގައި އެމީހަކަށް ލައިސަންސް ބާތިލުވެގެންދާނެކަމަށެވެ.

  މީގެ މާނައަކީ އާންމު ފަރާތަކުން ނުގަވާއިދުން ޕާކުކޮށްގެން 20 ފަހަރަށްވުރެ ގިނަ ފަހަރު އުޅަނދުގައި ސްޓިކާ ޖަހައިފިނަމަ އެ ފަރާތެއްގެ ލައިސަންސް ބާތިލުވެގެންދާނެކަމެވެ. އެއީ ސްޓިކާ ޖަހާ ކޮންމެ ފަހަރަކު ލައިސަންސުން ފަސް ކްރެޑިޓް ޕޮއިންޓް އުނިކޮށްގެންނެވެ.

  ގަވާއިދުގެ 20 ވަނަ މާއްދާގެ (ނ) ގައިވަނީ ކްރެޑިޓް ޕޮއިންޓް އުނިކޮށްގެން ބާތިލުކުރާ ލައިސަންސެއް އަލުން ހެއްދުމަށް ހުށަހެޅޭނީ 180 ދުވަސްފަހުންކަމަށް ބަޔާންކޮށްފައެވެ.

  އަދި އެގޮތަށް ހުށަހަޅާ ފަރާތަކުން އާ ލައިސަންސްއަކަށް އެދޭއިރު ފުރިހަމަ ކުރަން ޖެހޭ ހުރިހާ އިމްތިހާނަކާއި އިޖުރާއަތްތައްވެސް އަލުން ފުރިހަމަ ކުރަން ޖެހޭނެކަމަށް އެ މާއްދާގެ (ރ) ގައި ވަނީ ބަޔާންކޮށްފައެވެ.

  އެހެންކަމުން ކްރެޑިޓް ޕޮއިންޓު އުނިކޮށްގެން ލައިސަންސް ބާތިލުކޮށްފިނަމަ އަލުން ލައިސެންސް ހެދުމަށް ތިއަރީ އިމްތިހާނު އަދި ޕްރެކްޓިކަލް އިމްތިހާނުފަދަ ހުރިހާ އިޖުރާއަތްތަކެއް އަލުން ފުރިހަމަ ކުރަންޖެހޭނެ އެވެ.

  އާ ގަވާއިދުގެ ދަށުން ދެން ކްރެޑިޓް ޕޮއިންޓް އުނިވާ އެހެން ބައެއް ހާލަތްތަކުގެ ތެރޭގައި ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ނުރައްކާ ނުވަތަ ހަށިގަނޑަށް ގެއްލުންވާ ހާލަތްތައް ހިމެނެއެވެ.

  އެފަދަ ހާދިސާއެއް ހިނގައިފިނަމަ ލައިސަންސުން އެއްފަހަރާ 75 ޕޮއިންޓު އުނިކުރެވޭނެކަމަށް ބުނެފައިވެއެވެ. އަދި ފަރުވާކުޑަކޮށް ދުއްވައިގެން މީހެއްގެ ހަށިގަނޑަށް ގެއްލުމެއް ވެއްޖެނަމަ 50 ޕޮއިންޓު އުނިކުރެވޭނެކަމަށް ގަވައިދުގައި ވެއެވެ.

  އާ ގަވާއިދުގައިވެސް ވަނީ ލައިސަންސް ނެތި އެއްގަމު އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް، ކުރިއެކޭވެސް އެއްގޮތަށް ކަނޑައަޅާފައިވާ، ޖޫރިމަނާތައް ހިމަނާފައެވެ.އިތުރު ލިޔުންތައް

  • ކޮމެންޓްސް (0)

  Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

  Ads

  ads

  ކަމުދާނެ ލިޔުންތައް

  މިއަހަރުގެ އަރތް އަވާ ފާހާގަ ކުރުމުގެ ހަރަކާތް އައްޑޫސިޓީގައި ބާއްވަނީ

  ކޮންމެ އަހަރަކުވެސް މުޅި ދުނިޔޭގައި އަރތް އަވާގެ ގޮތުގައި ފާހަގަކުރަމުންގެންދާ ހަރަކާތް މިއަހަރުވެސް ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވާއިރު، ...

  ރަތަފަންދޫ ކައުންސިލް މެމްބަރަކު ރަށު ސުކޫލަށްވަދެ ޓީޗަރަކާއި ދިމާއަށް ހަޅޭއްލެވި މައްސަލައެއް

  ގދ. ރަތަފަންދޫ ކައުންސިލުގެ އަންހެން މެމްބަރަކު އެރަށު ސުކޫލަށްވަދެ ކްލާހުގައި ކިޔަވައިދެމުންދިޔަ ޓީޗަރަކާއި ދިމާއަށް ހަޅޭއްލެވުމާއި ގުޅިގެން އެ ...

  ރާއްޖެއިން ކޮވިޑްއަށް ޕޮޒިޓިވްވި ބައެއް ފަރާތްތަކާއި ބައެއްވަޒީރުން ބައްދަލުވި

    ބައެއް ވަޒީރުންވެސް މިވަގުތު އައިސޮލޭޝަންގައި އެބަތިބިކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ...

  ހުޅުދޫއާއި މީދޫގައި ކާފިއު ހިންގާފައި ބާއްވަން ޖެހޭ ސަބަބެއްނެތް – އިބްރާހިމް ޒުބައިރު

  ހުޅުދޫއާއި މީދޫގައި ކާފިއު ހިންގާފައި ބާއްވަން ޖެހޭ ސަބަބެއްނެތްކަމަށްބުނެ ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާއި ޚިޔާލު ފާޅުކުރަމުން ...

  ބާސެލޯނާ ބަލިވެ ޕޮއިންޓް ޓޭބަލްގެ 1 ވަނަ މަގާމް ގެއްލުމުގެ ފުރުސަތު ބޮޑުވެއްޖެ

  2007 ވަނަ އަހަރަށްފަހު ވެލެންސިޔާގެ ދަނޑުގައި ވެލެންސިޔާއަތުން ބާސެލޯނާ ބަލިވެއްޖެވެ. ސްޕެނިޝް ލީގުގައި ވެލެންސިއާގެ ދަނޑުގައި ރޭ ވެލެންސިޔާއަތުން ...

  ރެހެންދީ ސުކޫލްގެ 2 ދަރިވަރަކާއި ޓީޗަރަކު ކޮވިޑް-19 އަށް ޕޮސިޓިވް ވެއްޖެ

  ހުޅުމާލެ ރެހެންދީ ސުކޫލުގައި ތައުލީމު ހާސިލްކުރަމުންދާ 2 ދަރިވަރަކާއި އެސުކޫލްގެ މުދައްރިސަކު ކޮވިޑް-19އަށް ޕޮސިޓިވް ވެއްޖެއެވެ. ” ފެށުން ” ...