ޗެމްޕިއަންސް ލީގުގައި ރޭ ކުޅެވުނު މެޗްތަކުގެ ތެރެއިން  ލިވަޕޫލް އާއި ބައްދަލުކޮށް 1 ލަނޑު 0 ލަނޑުން މޮޅުވެ ލިވަޕޫލްގެ މައްޗަށް ނަޕޯލީ ކުރިހޯދައިފިއެވެ.

ނަޕޯލީގެ ދަނޑުގައި ކުޅެވުނު މިމެޗްގައި ނަޕޯލީން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 90 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ލޮރެންޒޯ އިންސީނިއޭ އެވެ.

 

ރޭ  ކުޅެވުނު މިމެޗްގައި  ލިވަޕޫލްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ނަޕޯލީގެ ގޯލާ އަމާޒުކޮށް  ލިވަޕޫލަށް  ނުރައްކާތެރި އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.

 

އެހެންނަމަވެސް ލިވަޕޫލްގެ ގޯލަށް ނަޕޯލީގެ ކުޅުންތެރީން ނުރައްކާ ތެރި އެތައް ހަމަލާތަކެއް ފޮނުވާލާފައިވާއިރު ނަޕޯލީން ފޮނުވާލި ގިނަ ހަމަލާތައް ހުށިޔާރުކަމާއެކު ލިވަޕޫލްގެ ލިވަޕޫލްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

 

ޗެމްޕިއަންސް ލީގުގައި ލިވަޕޫލް ހިމެނޭ ގްރޫޕް ސީގައި ރޭ  ރެޑް ސްޓާ އާއި ބައްދަލުކޮށް ޕީއެސްޖީވަނީ 6 ލަނޑު 1 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ.

މިމެޗްގައި ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އެޓީމުން ދެން މިމެޗްހައި ކާމިޔާބުކޮށްފައިވާ ގޯލުތައް ކާމިޔާބުކޮށްދިނީ އެޑިސަން ކަވާނީ އާއި އެންހެލް ޑި މާރިއާ އަދި ކިލިއަން އެމްބާޕޭ އެވެ. ރެޑް ސްޓާގެ ހަމައެކަނި ގޯލު ޖެހީ ޖަރުމަނު ގައުމީ ޓީމަށް ކުރިން ކުޅުނު މާކޯ މަރީން އެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގައި ކޮންމެ ޓީމެއް 2 މެޗް ކުޅެފައިވާއިރު 4 ޕޮއިންޓް ލިބިގެން 1 ވަނާގައި އޮތީ ނަޕޯލީއެވެ. 2 މެޗުން 3 ޕޮއިންޓް ލިބިގެން ލިވަޕޫލްއާއި ޕީއެސްޖީ ދެވަނަ ލިބޭއިރު ރެޑްސްޓަރ އަށް ދެމެޗު ކުޅެގެން ލިބިފައިވަނީ 1 ޕޮއިންޓެވެ.

ލިވަޕޫލްއާއި ނަޕޯލީ ބައްދަލުކުރިމެޗްގެ ތެރެއިން ފޮޓޯ: ސަން ޔޫކޭ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޗެލްސީ ބަލިކޮށް އެފްއޭ ކަޕްގެ ޗެމްޕިއަންކަން ލެސްޓާ ހޯދައިފި

ޗެލްސީ ބަލިކޮށް ފުރަތަމަ ފަހަރަށް އިނގިރޭސި އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތް ލެސްޓާ ސިޓީން ކާމިޔާބުކޮށްފިއެވެ. ލަންޑަންގެ ވެމްބްލީ ...

ޖަޕާނުން ޖަރުމަނު ބަލިކޮށް ހައިރާންކަން ގެނުވައިފި، ވޯލްޑްކަޕުގައި ގަދަބާރުތަކަށް ދަށް ފެށުމެއް!

ގަތަރު ވޯލްޑްކަޕް 2022 ގައި މިއަދު އޭޝިއާގެ ގަދަބާރު ޖަޕާނުން ފަހަތުން އަރާ 4 ފަހަރުގެ ޗެމްޕިއަން ޖަރުމަނު ...

ޗެމްޕިއަންސް ލީގު : މޯލްޑޯވާގެ ޝެރިފް އާއި ބައްދަލުކޮށް ރެއާލް މެޑްރިޑް ބަލިވެއްޖެ

ޗެމްޕިއަންސް ލީގުގެ ގްރޫޕް ޑީގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗްތަކުގެ ތެރެއިން ރެއާލްމެޑްރިޑާއި ޝެރިފް ބައްދަލުކުރިމެޗުން  ރެއާލް މެޑްރިޑް ...