އެމްއީސީ ބަދަހިކަޕް- ޓީމް ހުދުހުދާއި ހުޅުދޫ ޔޫތު ބައްދަލުކުރާ ފޯރިގަދަމެޗް މިރޭ

އެމްއީސީ ނެޓްބޯޅަ މުބާރާތުގައި މިރޭ ފޯރިގަދަ މެޗެއް ކުޅެވޭނެއެވެ. މިމެޗްގައި ބައްދަލުކުރާނީ ގްރޫޕް އޭ އިން ސެމީފައިނަލަށް ހޮވިފައިވާ ޓީމް ހުދުހުދާއި ހުޅުދޫ ޔޫތެވެ.

މިމެޗަށް މިދެޓީމް ނުކުންނައިރު ހުޅުދޫ ޔޫތުވަނީ އެޓީމް ކުޅުނު ތިން މެޗުން މޮޅުވެ 9 ޕޮއިންޓް ހޯދާފައެވެ. އަދި ޓީމް ހުދުހުދުވެސް ވަނީ އެޓީމް ކުޅުނު 3 މެޗުން މޮޅުވެ 9 ޕޮއިންޓް ހޯދާފައެވެ.

މިދެޓީމް ބައްދަލުކުރާ މިމެޗް ފޯރިގަދަ ވާދަވެރިމެޗަކަށް ވެގެން ދަނީ މިމެޗުން މޮޅުވާޓީމެއް ގްރޫޕް އޭ ގެ އެއްވަނަ ޓީމަކަށް ހޮވޭނެތީއެވެ. މިމެޗް އެއްވަރުވެގެން ނިމިއްޖެނަމަ ގްރޫޕް ގެ އެއްވަނަ ލިބޭނީ ހުޅުދޫ ޔޫތަށެވެ. އެއީ ޓީމް ހުދުހުދަށްވުރެ އެޓީމުން ކާމިޔާބުކޮށްފައިވާ ޕޮޓްގެ އަދަދު މާބޮޑަށްވެސް އިތުރުވާތީއެވެ.

މިރޭގެ މިމެޗް ވާދަވެރި ފޯރިގަދަ މެޗެއްގެ ގޮތުގައި ބެލެވޭ އަނެއްސަބަބަކީ މިމުބާރާތުގައި ވާދަކުރާޓީމްތަކުގެ ތެރެއިން ޕޮލިސްޓީމަކީ އެހެންޓީމުތަކާއި އަޅާބަލާއިރު މާބޮޑަށްވެސް ތަފާތު މޮޅު ކުޅުންތެރީންތަކެއް ހިމެނޭ ޓީމަކަށްވެފައި ސެމީފައިނަލްގައި ޕޮލިސްޓީމާއި އެއްވެސް ޓީމަކުން ކުޅެން ބޭނުން ނުވާނެތީއެވެ.

މިމެޗުން މޮޅުވާ ޓީމެއް ސެމީފައިނަލްގައި ބައްދަލުކުރާނީ ގްރޫޕް ބީގެ ދެވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލަށް ހޮވުނު މިފްކޯ ޓީމާއެވެ. މިމެޗުން ދެރަވާޓީމެއް ސެމީފައިނަލްގައި ބައްދަލުކުރާނީ ގްރޫޕް ބީ ގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލަށް ހޮވިފައިވާ ޕޮލިސްޓީމާއެވެ.

ފޯރިގަދަވާނެކަމަށް ބެލެވޭ މިމެޗްގެ ކުޅުން ފެށޭނީ މިރޭ 8:00 ގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މޫސުމް ގޯސްވެ އުދައަރާފާނެ ކަމުގެ އިންޒާރު މެޓުން ދީފި

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އުދަ ...

އެމްއެމްޕީއާރުސީގެ ޚިޔާނާތް

ރަށްތަކާ ފަޅުތައް ވިއްކައިގެން އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފައިސާ ރަށްޔިތުންގެ މަޖިލުހުގެ ބައެއް މެމްބަރުންނަށްވެސް ލިބިފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ތަހުގީގު ...

އިންޑިއާއިން ކޮވިޑްގެ އޮމިކްރޮން ވޭރިއަންޓް ފެނިއްޖެ

އަވައްޓެރި އިންޑިއާއިން ކޮވިޑް-19ގެ އާވެރިއަންޓް އޮމިކްރޮން ފެނިފައިވާކަމަށް އެޤައުމުގެ ސިއްހީ ވުޒާރާއިން ހާމަކޮށްފި އެވެ. އެގައުމުގެ ސިއްހީ ވުޒާރާއިން ...