އެމްއީސީ ބަދަހިކަޕް- ޓީމް ހުދުހުދު ބަލިކޮށް ހުޅުމީދޫ ޕޮލިސް ފައިނަލަށް

މީދޫގައި މިހާރު ހިގަމުންދާ އެމްއީސީ ބަދަހިކަޕް ނެޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި  ޓީމް ހުދުހުދު ބަލިކޮށް ހުޅުމީދޫ ޕޮލިސް ރިކްރިއޭޝަން ކްލަބްގެ ޓީމް  މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މީދޫ ކުޅިވަރުއެރީނާގެ ނެޓްބޯޅަ  ކޯޓުގައި މިރޭ ކުޅުނު ސެމީ ފައިނަލް މިމެޗު ހުޅުމީދޫ ޕޮލިސް ރިކްރިއޭޝަން ކްލަބްގެ ޓީމް  ކާމިޔާބުކުރީ 35 ޕޮޓް 24 ޕޮޓުންނެވެ.

މިމުބާރާތުގެ ސެމީއަށް ހުޅުމީދޫ ޕޮލިސް ރިކްރިއޭޝަން ކްލަބްގެ ޓީމް  ދަތުރުކުރީ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ޓީމް ހުދުހުދު ސެމީއަށް ދަތުރުކުރީ ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

މިމުބާރާތުގައި ބައިވެރިވި ޓީމްތަކަށް ރާއްޖޭގެ އެކިސަރަހައްދުތަކުގެ މޮޅު ނެޓްބޯޅަ ކުޅުންތެރީން ގެނެސްގެން ކުޅުވަމުންދާއިރު އެއްޓީމަކަށް އަތޮޅުން ބޭރުގެ އެންމެ ގިނަ ކުޅުންތެރީން ކުޅުންތެރީން ކުޅެމުންދަނީ ޕޮލިސްޓީމަށެވެ. އަދި އެޓީމަށް ކުޅެމުންއަންނަ ރަށުން ބޭރުގެ ( ފުވައްމުލަކުގެ ) ކުޅުންތެރީންގެ ފަރާތުން ތަފާތު މޮޅުކުޅުމެއް ފެނިގެންގޮސްފައިވެއެވެ. އަދި މިރޭ ކުޅެވުނު ސެމީފައިނަލްމެޗުންވެސް ޕޮލިސް ޓީމު މޮޅުކޮށްދިނުމުގައި އިސްދައުރެއް އަދާކޮށްފައިވަނީ ޕޮލިސްޓީމަށް ކުޅެންދާ ފުވައްމުލަކު ކުޅުންތެރީންކަން ފާހަގަކޮށްލަންޖެހެއެވެ.

މުބާރާތުގެ ސެމީފައިނަލް ދެވަނަ މެޗު މިރޭ އޮންނާނެއެވެ. ވާދަކުރާނީ ގްރޫޕް ބީގެ އެއްވަނަ ޓީމު ހުޅުދޫ ޔޫތާއި އަދި ގްރޫޕް އޭގެ ދެވަނަ ޓީމު މިފްކޯއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް އޮފީހުގެ ޗީފް ސްޓްރެޓެޖިސްޓުގެ މަގާމަށް ސ. ހިތަދޫ އާސީނުގޭ ހޫދު އައްޔަން ކުރައްވައިފި

ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ގެ މަގާމަށް އިބްރާހިމް ހޫދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރައްވައިފި ...

އެމްޑީޕީ ނޫން ބަޔަކަށް ރިޔާސީ އިންތިހާބު ކާމިޔާބުވާތަނެއް ނުފެނޭ: ރައީސް

ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ އެމްޑީޕީއަށް ކަމަށް ރައީސް އިިބްރާހިމް މުހައްމަދު ...

މޯލްޑިވިއަންގެ ރިޒަވޭޝަން އެންޑް ކޯލް ސެންޓަރު ފުވައްމުލަކަށް

މޯލްޑިވިއަންގެ ރިޒަވޭޝަން އެންޑް ކޯލް ސެންޓަރު ފުވައްމުލައް ސިޓީއަށް ބަދަލުކޮށްފިއެވެ މިސެންޓަރު ފުވައްމުލަކުގައި ހުޅުވައިދެއްވީ ނައިބު ރައީސް ފައިސަލް ...