މާދަމާ އިން ފެށިގެން މާލެ ސިޓީ ސަރަހައްދުގައި ތިން ގަޑިއިރަށް ކާފިއު ހިންގަނީ

    މާދަމާއިން ފެށިގެން ވަކި ވަގުތުތަކެއްގައި މާލެ، ހުޅުމާލެ، އަދި ވިލިމާލޭގެ މަގުތައް މައްޗަށް ނުކުމެ އުޅުމާއި، އުޅަނދު ފަހަރު ދުއްވުން މަނާކުރަން ނިންމައިފިއެވެ.

    މި ނިންމުން ނިންމާފައި ވަނީ ރާއްޖޭގައި ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާޗު 12 ވަނަ ދުވަހު އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރަށް ލިބިދޭ ބާރުގެ ދަށުންނެވެ.

    ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، ސޮއިކުރައްވާ ރޭ ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވަނީ ވަކި ގޮތެއް އަންގަންދެން އޭޕްރީލް ދެވަނަ ދުވަހުގެ ހަވީރު 17:00 އިން ފެށިގެން ރޭގަނޑު 20:00 އަށް މާލެ ސިޓީގެ މަގުތައް މައްޗަށް އާންމު ނުކުމެ އުޅުން ހުއްޓާލުމަށް އަންގާ ކަަމަށެވެ.

    އަދި އެ ގަޑިތަކުގައި، އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާވާނެ ކަމަށާއި ބަހާއި ފެރީ ހިމެނޭގޮތުން ޕަބްލިކް ޓްރާންސްޕޯޓު ވެސް ހުއްޓާލަން އަންގާ ކަމަށެވެ.

    މީގެ އިތުރުން އެ ގަޑިތައް ފިޔަވައި، އެހެން އެއްވެސް ގަޑިއެއްގައި އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން ހުއްޓާލުމަށް ވެސް އެބަޔާނުން ވަނީ އަންގާފައެވެ.

    އެ ފިޔަވަޅުތަކުން 10 ފަރާތެއް އިސްތިސްނާ ވެއެވެ. އެއީ:

    • ސަލާމަތީ ބާރުތަކާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ޑިއުޓީ މުވައްޒަފުންްނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
    • ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
    • ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ޔުނީފޯމު އެޅި ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
    • އުރީދޫ، ދިރާގު، ބޭންކުތައް، އެސްޓީއޯ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީގެ ޔުނީފޯމު އެޅި ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
    • ދައުލަތުގެ “ޖީ” ބޯޑު ހަރުކޮށްފައިވާ އުޅަނދުފަހަރު
    • ޑިޕްލޮމެޓިކް އުޅަނދުފަހަރު
    • އެމްބިއުލާންސް
    • ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތައް
    • ފާމަސީތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
    • އެޗްޕީއޭ އިން ދޫކޮށްފައިވާ ހާއްސަ ސްޓިކާ ޖަހާފައިވާ އުޅަނދުތައް

    ސިއްހީ ކުއްލި ނުރައްކަލުގެ ހާލާތާއި ގުޅިގެން ރޭ ނެރުއްވި ބަޔާނުގައި  ހާމަކޮށްފައިވަނީ އިސްތިސްނާ ހާލަތްތަކުގެ އިތުރުން ކަނޑައަޅާ ހާއްސަ ހާލަތްތަކުގައި، އަންގާ ގޮތެއްގެ މަތިން އަމަލު ކުރެވޭނެ ކަމަށެވެ.

    ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އަމުރާ ހިލާފުވުމަކީ ގާނޫނީ ކުށެކެވެ. އެފަދަ އަމުރުތަކާ ހިލާފަށް މީގެ ކުރިން އަމަލުކޮށްފައިވާ ފަރާތްތައް ވަނީ ހައްޔަރުކޮށް ބަންދުގެ މުއްދަތުވެސް ޖަހާފަ އެވެ. އަދި އެއް ފަރާތެއްގެ މައްޗަށް ދައުވާވެސް ކޮށްފައިވެ އެވެ.

    ރާއްޖެއިން މިހާތަނަށް މިބައްޔަށް 1137 ސާމްޕަލް ނަގައި ޓެސްޓުކޮށްފައިވެއެވެ. އޭގެތެރެއިން 1114 ސާމްޕަލްއެއް ވަނީ ކޮވިޑް-19 އަށް ނެގެޓިވްވެފައެވެ. ކޮވިޑް-19 އަށް ޓެސްޓުކުރި 18 ސާމްޕަލެއް ޕޮޒިޓިވް ވެފައިވާއިރު، އަދި ނަތީޖާ ނުލިބި 5 ސާމްޕަލްއެއް އެބަހުއްޓެވެ.

    ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 18 މީހުންގެ ތެރޭގައި   ތިން ދިވެއްސަކުވެސް ހިމެނެއެވެ.

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    މީޑިއާނެޓްގެ ޗެނަލްތައް އުރީދޫގެ ކަސްޓަމުންނަށް ފޯނުން ބެލޭނެ ގޮތް ހަދައިފި

    ރާއްޖޭގައި މުއާސަލާތީ ހިދުމަތް ފުޅާ ދާއިރާއެއްގައި ދޭ އުރީދޫގެ ކަސްޓަމަރުންނަށް  މީޑިއާނެޓްގެ ޗެނަލްތައް ފޯނާއި ސްމާޓް ޑިވައިސްތަކުން ބެލޭނެ ...

    ތަށިބަރި ބަދަލު ކުރުމަކީ އެއްގެއިން އަނެއް ގެއަށް ބަލި ޓްރާންސްފާ ކުރުން: ޑރ. އަފްޒަލް

    އެއް ގެއިން އަނެއް ގެއަށް ތަށި ބަރި ގެންދަމުން ދާކަން ފާހަގަ ކުރެވޭ ކަމަށާއި އެއީ މި ދުވަސްކޮޅު ...

    ކޮވިޑް19 – ކުޅުދުއްފުށި: އޭޕްރީލް 1 ގެ ފަހުން ދަތުރުކޮށްފައިވާ މީހުން ނުކުމެ އުޅުން މަނާކޮށްފި

    ކުޅުދުއްފުއްޓަށް އޭފްރީލް 1 ވަނަ ދުވަހުންގެ ފަހުން ދަތުރުކޮށްފައިވާ މީހުން އެއްވެސް ގޮތަކަށް ގެއިން ބޭރަށް ނުކުމެ އުޅުން ...

    ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެމަޤާމަކަށް ބޭފުޅުން އައްޔަން ކުރައްވައިފި

    ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ޗީފް އޮފް ސްޓާފްގެ މަގާމަށާއި މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަޤާމަށް ...

    މިދުއްވެނީ ރަށެއްގެ ފުއްޓަރު ގާތައް މަތީގައޭ ހީވާފަހަރުވެސް މަދެއްނޫން

    މީދޫގެ މަގުތަކުގެ ވާހަކައަކީ ދައްކާ ކޮޅުންލާނެ ވާހަކައެއް ނޫނެވެ. އެތައް ބަޔަކު އެކިއެކި ހާޖަތްތައް ފުއްދުމަށް ދުވާލަކު އެތައް ...

    މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

    މިއަދު ( 24  ޖުލައި 2020 ވަނަ ދުވަހު )  މީދޫގައި ހުކުރު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކާއި ...