މަދިރި ކޮންޓްރޯލް ކުރުމަށް މީދޫގެ އެކި ސަރހައްދުތަކަށް ފޮގް ސްޕްރޭ ކުރަންފަށައިފި

މަދިރީގެ ޒަރިއްޔާއިންޖެހޭ ޑެންގޫ ބަލީގެ ކޭސްތަކެއް މީދޫގައި މަދިރި ގިނަވެ، ފެތުރެމުންދާތީ މީދޫގެ އެކި  ސަރަހައްދަކަށް ފޮގް ސްޕްރޭ ކުރަން ފަށައިފި އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މީދޫގައި ހަރަކާތްތެރިވާ ބައެއް އަމިއްލަ ޖަމްއިއްޔާތައް އިސްނަގައިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން  ހުކުރުދުވަހު ހަވީރުން ފެށިގެން މީދޫގެ އެކި ސަރަހައްދުތަކަށް ފޮގް ސްޕްރޭ ކުރުމުގެ ކަންތައް ކުރުމުގެ މަސައްކަތް ފަށާފައިވާއިރު މީދޫގެ ހުރިހާ ސަރަހައްދުތަކަކަށް ސްޕްރޭ ކުރެވެންދެން ކޮންމެ ރެއެއްގެ ފަތިހު 5:30 ން ހެނދު 7:00 އަށް އަދި ހަވީރު 4:30 ން  6:00 އަށް މީދޫގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ފޮގް ސްޕްރޭ ކުރާ ގޮތަށްވަނީ  ހަމަޖެހިފައެވެ.
ޑެންގީ ހުމަކީ މަދިރީގެ ޒަރީއާ އިން ޖެހޭ ހުމަކަށް ވާތީ މަދިރި އުފެދޭ ތަންތަން ބަލައި، މޮނިޓާކޮށް އަދި އެފަދަ ތަންތަން ނައްތާލުމުގެ މަސައްކަތްތައްވެސް މީދޫގައި ހަރަކާތްތެރިވާ ބައެއް އަމިއްލަ ޖަމްއިއްޔާތައް އިސްނަގައިގެން މިހާރުދަނީ ކުރަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުރިހާ ރަށެއްގައި މާސްކުއެޅުން މިހާރުވެސް މަޖުބޫރު: އެޗްޕީއޭ

ކޮވިޑް-19 އިން ރައްކާތެެރިވުމަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރުކޮށް އެންގި އެންގުން ...

ސާފު ކުރުމުގެ ދުވަސް: ފެނަކައިގެ މުވައްޒަފުން ނުކުމެ މުޅި ފެނަކަ ސާފު ކުރަނީ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ބްރާންޗުތައް ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. ފެނަކައިން ހާމަކޮށްފައިވާގޮތުން އެކުންފުނިން ހިދުމަތްދޭ 154 ރަށުގައިވެސް އެ ...

އެމް.އީ.ސީ ބަދަހިކަޕް 2020 ގެ ނަމުގައި މީދޫގައި ނެޓްބޯޅަ މުބާރާތެއް ބާއްވަނީ

މީދޫ ޗޭނު ޖަމްއިއްޔާއިން  އިންތިޒާމުކޮށްގެން ” އެމް.އީސީ  ބަދަހިކަޕް 2020 ” ގެ ނަމުގައި ހުޅުދޫއާއި މީދޫގެ މުވައްސަސާތަކުގެ ...