ކުޅިވަރާބެހޭ ވަޒީރު މަހުލޫފާއި އޭއެފްސީގެ ރައީސް ބައްދަލު ކުރައްވަނީ

އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ދައުވަތަކަށް ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު އޭއެފްސީގެ ރައީސް ބަހުރޭނުގެ ޝެއިޚް ސަލްމާން ބިން އިބްރާހިމް ޚަލީފާއާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ މަހުލޫފު  ހާމަކުރައްވައިފިއެވެ.  މިނިސްޓަރ މަހުލޫފު މިކަން ހާމަކުރައްވާފައިވަނީ ސޯޝަލް މީޑިއާގައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުގެ ވަގުތެއްގައި  އިގިރޭސި ވިލާތުގައެވެ.

މިބައްދަލުކުރެއްވުމުގައި ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް އޭއެފްސީގެ ފަރާތުން ލިބޭ އެހީތައް އިތުރުކުރުމުގެ މަޝްވަރާތަކެއް ކުރައްވާނެކަމަށް މިނިސްޓަރ މަހުލޫފުވަނީ ވިދާޅުވެފައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތުން އޭއެފްސީގެ ރައީސަށް ރާއްޖެއަށް ޒިޔާރަތްކުރެއްވުމުގެ ދައުވަތު ދެއްވުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓަރ މަހުލޫފު ވިދާޅުވިއެވެ.

އޭއެފްސީގެ ރައީސާއި ރާއްޖޭގެ ކުޅިވަރާއިބެހޭ ވަޒީރު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ކްލަބްތަކަށް އޭއެފްސީކަޕްގައި ބައިވެރި ނުވެވުނު މައްސަލަ ތަހުގީގު ކުރުމަށް ކުޅިވަރާއިބެހޭ ވުޒާރާއިން ކޮމިޓީއެއް އެކުލަވާލެމުން އޭއެފްސީން އެކަން ހުއްޓާލަން ނުސީދާކޮށް ރާއްޖޭގެ ކުޅިވަރާއިބެހޭ ވުޒާރާއަށް  އިންޒާރެއް ދީފައިވަނިކޮށެވެ.

އެފްއޭއެމްގެ އެއްވެސް ކަމެއްގެ ތެރެއަށް ތިން ވަނަ ފަރާތަކަށް ނުވަދޭނެ ކަމަށާއި ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ބުނެ އޭއެފްސީން އެފްއޭއެމަށް އެންގީ މިނިސްޓްރީން އެ މައްސަލަ ބަލާތީ އެކަމުގައި ލަފައެއް ހޯދަން އެފްއޭއެމުން އޭއެފްސީގައި އެދުމުންނެވެ. އޭއެފްސީން ފޮނުވި ސިޓީގައި ބުނީ އެފްއޭއެމް އަކީ މިނިވަން، ނޮން ގަވަމެންޓަލް އޯގަނައިޒޭޝަނެއްކަން ސަމާލުކަމަށް ގެންނަ ކަމަށާއި ހުރިހާ މެމްބަރު އެސޯސިއޭޝަނަކުން ވެސް ޒިންމާތައް އަދާކުރަން ޖެހޭނީ ތިން ވަނަ ފަރާތެއްގެ އެއްވެސް ހުރަހެއް ނެތިކަމަށެވެ.

އަދި އެކަންކަމަށް ރިއާޔަތްކޮށް، އޭއެފްސީން ޔަގީންކޮށް މިދެނީ ތިން ވަނަ ފަރާތެއްގެ އެއްވެސް ނުފޫޒެއް އަންނަ އައުން ތަހައްމަލުނުކުރާނެކަން ކަމަށާއި އޭއެފްސީން އަންނަނީ އެފްއޭއެމްގެ ހާލަތު ވަރަށް ގާތުން ބަލަމުން ކަމަށް ބުނެގައިވެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މައިލޯސިޓީން ލޮތާރި ޖޫނިއާސް ކޮޅަށް 12 ލަނޑުޖަހައިގެން ފައިނަލަށް ދަތުރުކޮށްފި

“މިނިވަން ކަޕް ޔޫތު ޗެލެންޖް 2022”  ގެ ސެމީ ފައިނަލުގެ ދެވަނަ މެޗްގައި ހިތަދޫ މައިލޯ ސިޓީން މީދޫ ...

ކުއްލިޔާ މުބާރާތުގެ ޗެމްޕިއަންކަން ހުޅުދޫ އަވަށު އޮފީސްޓީމަށާ ހިތަދޫ އަވަށު އަވަށު އޮފީސްޓީމަށް 

އައްޑޫސިޓީ ކައުންސިލްގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ކުޅިވަރު މުބާރާތްތަކުގެ ...

ގައުމު ސްޓްރީޓް ކަޕް ފެށުމުގެ ގޮތުން ކުޅެވުނު ފުޓްސަލް މެޗް ހުޅުދޫ ފަރިޓީމް ކާމިޔާބުކޮށްފި

ގައުމުއެފްސީން އިންތިޒާމްކޮށްގެން މީދޫގައި މިރޭ ފެށުމަށް ހަމަޖެހިފައިވާ ” ގައުމު ސްޓްރީޓްކަޕް ” ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން ހިމެނިގެން ...