މޯލްޑިވިއަންއިން ހެޔޮ އަގެއްގައި ހަނިމާދޫއިން ކޮޗިންއަށް

ގައުމީ އެއަރލައިން މޯލްޑިވިއަން އިން ހަނިމާދޫއާއި ކޮޗިންއާއި ދެމެދު ފެށުމަށް ހަމަޖެހިފައިވާ ދަތުރުތަކުގެ އަގުތައް ކަނޑައަޅައިފިއެވެ.

އެގޮތުން ހަނިމާދޫއިން ކޮޗިންއަށް އަދި ކޮޗިން އިން ހަނިމާދޫއަށް ދެކޮޅު ޓިކެޓްގެ އަގަކީ 10556 އިންޑިއާ ރުޕީސްއެވެ. މިއީ ގާތްގަނޑަކަށް 2290 ރުޕީޔާއެވެ. މާލެއިން ކޮޗިންއަށް އަދި ކޮޗިންއިން މާލެއަށް ދެކޮޅު ޓިކެޓްގެ އަގު އުޅެނީ 9397 އިންޑިއާ ރުޕީސްއަށް އުޅޭއިރު އެއީ ގާތްގަނޑަކަށް 2038 ދިވެހި ރުފިޔާއެވެ.

ޤައުމީ އެއަރލައިން މޯލްޑިވިއަނުން ބައިލްއަޤްވާމީ 9 މަންޒިލަކަށް ދަތުރުތައް ކުރަމުންދާއިރު، އިންޑިއާގެ ޗެންނާއީ އާއި ޓްރިވެންޑުރަމަށް މިހާރުވެސް މޯލްޑިވިއަނުން ޝެޑިއުލްދަތުރުތައް ކުރެއެވެ. ކައިރި މުސްތަޤްބަލެއްގައި ބައިނަލްއަޤްވާމީ އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށުމަށްވެސް މޯލްޑިވިއަންއިން ތައްޔާރުވަމުން ދާއިރު އިންޑިއާގެ އިތުރު ސިޓީތަކަށާއި ސްރީލަންކާގެ ކޮލަމްބޯއަށްވެސް ދަތުރުތައް ފެށުމަށް މޯލްޑިވިއަނުން ދަނީ ތައްޔާރުވަމުންނެވެ.

މޯލްޑިވިއަން އިން ކޮޗިންއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމާފައިވަނީ ބޭސްފަރުވާއަށް ދާ މީހުންނަށާއި އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖެއައުމަށް ފަސޭހަ ފުރުޞަތުތަކެއް ހޯދައިދިނުމަށްށެވެ.އެގޮތުން މިމަހުގެ 28 ވަނަ ދުވަހު ހަނިމާދޫއިން ކޮޗިންއަށް ސީދާ ދަތުރުތައް ފަށާއިރު ކޮންމެ ހަފްތާއަކު 3 ދުވަހު ކޮޗިންއަށް ދަތުރުކުރާނެކަމަށް މޯލްޑިވިއަންއިންދަނީ ބުނަމުންނެެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސަންދާނު އަހަންމައިދީ ނިޔާވެއްޖެ

ރައީސް އޮފީހުގެ ހިއުމަން ރައިޓްސް އެމްބެސެޑަރު ކަން ކުރެއްވި އަހުމަދު އިބްރާހިމް ދީދީ (ސަންދާނު އަހަންމައިދީ) ނިޔާވެއްޖެއެވެ. ސަންދާނު ...

މީދުން އިތުރު 5 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ކޮވިޑް 19 އަށް މީދުން  އިތުރު 5މީހަކު ޕޮޒިޓިވް ވެއްޖެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މީދުން މިއަދު ޕޮޒިޓިވްވެފައިވާ 5 ...

ރާއްޖޭގައި ކޮވިޑް ޖެހުނު އިތުރުމީހަކު ރަނގަޅުވެ ބަލިމީހުންގެ ޢަދަދު 4 ށް

ރާއްޖޭގައި ކޮވިޑް 19 އަށް ފަރުވާ ދެމުން އައި އިތުރު މީހަކު ބަލިން ފަސޭހަވެ ކޮވިޑް-19 ބަލިމީހުންގެ ޢަދަދު ...