މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގަދަ 16 ބައިވެރިންނާއެކު ބާއްވާ ޕިއާނޯ ރައުންޑުގެ ޝޯވތައް މިރޭ 22:30 ގައި  ފަށާނެއެވެ. ޓީވީއެމުން ގެނެސްދޭއިރު، ގަދަ 16 ބައިވެރިންގެ ތެރެއިން މިރޭގެ ޝޯވގައި ފެނިގެންދާނީ 8 ބައިވެރިއެއްގެ ހުށައެޅުންތަކެވެ.

އައިޑަލްގެ ގަދަ 16 ހޮވާފައިވަނީ އޯޕަން އޮޑިޝަންތަކުން ޖަޖުންނަށް އެންމެ ކަމުދިޔަ 33 ބައިވެރިންގެ މެދުގައި ބޭއްވި ތިއޭޓަރ ރައުންޑުންނެވެ.

ގަދަ 16 އަށް ހޮވިފައިވާ ބައިވެރިންގެ ތެރޭގައި، ގޯލްޑަން މައިކް ޙާސިލްކުރި 4 ބައިވެރިއަކުވެސް ހިމެނެއެވެ.

ޕިއާނޯ ރައުންޑުން ފެށިގެން އައިޑަލްގެ ކުރިއަށްހުރި ޝޯވތަކަށް ދަތުރުކުރާނެ ބައިވެރިން ކަނޑައެޅުމުގައި ޖަޖުންގެ އިތުރުން، ބެލުންތެރިންނަށްވެސް އެ ފުރުޞަތު ލިބިގެންދާތީއެވެ. މިގޮތުން މިރޭގެ ޝޯވގައި ލަވަ ހުށައަޅައިދޭ 8 ބައިވެރިންގެ ތެރެއިން ބެލުންތެރިނަށް އެންމެ ކަމުދާ ބައިވެރިއަކު ހޮވުމަށް އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު ޝޯވ ދައްކާ ވަގުތުން ފެށިގެން މާދަމާ ހަވީރު 4 ޖެހުމާއި ހަމައަށް ހުޅުވާލެވިގެންދާނެއެވެ. އަދި ގަދަ 12 އިން ޖާގައެއް ކަށަވަރުކޮށް، ގާލާ ރައުންޑަށް ދަތުރުކުރާ ފުރަތަމަ 6 ބައިވެރިން އިޢުލާން ކުރުމަށް ބާއްވާ އެލިމިނޭޝަން ނައިޓް މާދަމާ ރޭ އޮންނާނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން މީދޫ ކޯގަންނު ސަރަހައްދު ތަރައްގީކޮށްފި

ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފް ކުރި ...

ރަތްދޫލަ ހަފުލާއަކާއެކު “ބީވީމާ” ދައްކަން ފަށައިފި

އެ ފިލްމެއް ރިލީޒްކުރާނެ ވަގުތަކަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި ފިލްމު “ބީވީމާ” ރޭ އޮލިމްޕަހުގައި ދައްކަން ފެށީ ...

ބާގީ 2 ޖުމްލަ 45 ގައުމެއްގައި މިއަދު ރިލީޒް ކުރާނެ

ޓައިގަރ ޝްރޮފް އަދި ދިޝާ ޕަޓާނީ އެކްޓް ކޮށްފައިވާ އެކްޝަން ފިލްމު، ބާގީ 2 އަންނަ މިއަދު 45 ...