މާލެ ސިޓީ 24 ގަޑިއިރަށް “ލޮކްޑައުން” ހާލަތަކަށް ގެނެސްފި

    މާލޭގައި ދިރިއުޅޭ ދިވެއްސަކު ކޯވިޑް-19އަށް ޕޮޒިޓިވް ވުމާއި ގުޅިގެން، މާލެ ސިޓީ 24 ގަޑިއިރަށް “ލޮކްޑައުން” ކޮށްފިއެވެ. އެޗްޕީއޭއިން ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ދަނޑިވަޅުގައި އެއްވެސް ވަރަކަށް މަގުމައްޗަށް ނިކުމެ އުޅުމަކީ މަނާ ކަމެއްކަމަށެވެ.

    މާލެ ލޮކްޑައުންގެ ހާލަތަށް ގެނެވުނުކަން ހާމަކުރައްވާ އެޗްޕީއޭއިން ޢާންމުކުރި ބަޔާނުގައި ވިދާޅުވީ، ރާއްޖޭގައި ކޮވިޑް.19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަމަށްޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް، 12 މާރިޗު 2020 ގައި، މިނިސްޓަރ އޮފް ހެލްތު އިޢުލާނު ކޮށްފައިވާކަމަށެވެ.

    މި ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މި ބަޔާން ޢާންމުކުރި ވަގުތުން ފެށިގެން ވަކި ގޮތެއް އަންގަންދެން 24 ގަޑިއިރަށް ފިޔަވަޅުތައްކެއް އެޅުމަށް ވަނީ އަންގަވާފައެވެ. އޭގެތެރޭގައި ހިމެނެނީ:

    • މާލެ، ހުޅުމާލެ، ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި ޢާންމު ތަންތަނަށް ނިކުތުން މަނާކުރުން
    • މާލެ، ހުޅުމާލެ، ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓު (ބަހާއި ފެރީ” ގެ ޚިދުމަތް ހުއްޓައިލުން.
    • މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅަށް މީހުން އަރައި ފޭބުން ހުއްޓައިލުން.

    މި ފިޔަވަޅުތަކުން އިސްތިސްނާވާނެ ފަރާތްތައް:

    • ސިފައިންނާއި ފުލުހުން،
    • ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު.
    • އެމްބިއުލަންސް
    • ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯސީ) ގެ ފާސް ލިބިފައިވާ ފަރާތްތައް
    • ނެޝަނަލް އެޅެ ޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯސީ) ގެ ފާސް ލިބިފައިވާ މީޑިއާތައް

    މި ފިޔަވަޅުތައް ތަންފީޛުކުރުމުގައި ވަގުތަށާއި ޙާލަތަށް ރިޢާޔަތްކޮށް، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި ޟަރޫރީ ބޭނުންތަކަށް މަގުފަހިކޮށްދިނުމުގެ ކަންކަން ހަމަޖައްސާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިންކަމަށްވެސް ބަޔާނުގައިވެއެވެ.

    މި ފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާކަމަށާއި،، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށްވެސް އެންމެހައި ފަރާތްތަކަށް ޑޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ސޮއިކުރައްވާ ނެރުއްވި ބަޔާނުގައިވެއެވެ.

    މާލެ ލޮކްޑައުންގެ ހާލަތަށް ގެނެސްފައި މިވަނީ މާލެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވެި މީހެއް ފެނުމުންނެވެ. މިހާރު ކުރިއަށްދަނީ އޭނާގެ ކޮންޓްރެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތްތަކެވެ.

    މަސްދަރު: ޕީއެސްއެމް ނިއުސް

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    މާލޭގެ ގެއަކުން މަރުވެ ގިނަ ދުވަސްވެފައިވާ ޒުވާނެއްގެ ހަށިގަނޑު ފެނިއްޖެ

    މާލޭގެ ގެއަކުން މަރުވެ ގިނަ ދުވަސްވެފައިވާ ޒުވާނެއްގެ ހަށިގަނޑު ފެނިއްޖެއެވެ. ފުލުހުން ބުނީ މާލެ ގަލޮޅު ގެއަކުން ކުނި ...

    އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގަތުމަށް ނިންމަވައިފި

    ފަސޭހަފުޅު ވަގުތެއްގައި ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ...

    ހުޅުމީދޫ ސިއްހީމަރުކަޒުގެ ފަރާތުން ފުލޫ ކްލިނިކެއް ހުޅުވައިފި

    ކޮވިޑް-19 އާއި ގުޅިގެން ހުޅުމީދޫ ސިއްހީމަރުކަޒުގެ ފަރާތުން ފްލޫ ކްލިނިކެއް ހުޅުވައިފި އެވެ. ހުޅުމީދޫ ސިއްހީމަރުކަޒު ކައިރީގައި ހުންނަ ...

    ޓްރާސްޕޯޓް މިނިސްޓްރީ ކުރަނީ ވައްކަން، ނަހުލާއަކަށް އެކަމެއް ނުހުއްޓުވުނު: ނިހާދު

    ޓްރާސްޕޯޓް މިނިސްޓްރީން މިހާރުވެސް އެތައް ވައްކަމެއް ކުރަމުންދާކަމަށާއި، އެކަން މިނިސްޓަރ ނަހުލާއަކަށް ނުހުއްޓުވުނު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ...

    ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކޮށްފި

    ދިވެހިރާއްޖޭގެ 2 ވަނަ ޖުމްހޫރިއްޔާގެ 6 ވަނަ ރައީސަކަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޑް އިބްރާހީމް މުޙައްމަދު ޞާލިޙް އިންތިޚާބުވެވަޑައިގެންނެވިކަން ...

    މީދޫގެ ގިރާ ސަރަހައްދު

    މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މީދޫ ކަޅިބިތްފަރާތު ގޮޑު ދޮށް ގިރަމުންދާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ، ...