މާލޭގެ މިސްކިތެއްގެ އިމާމެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ކޮވިޑަށް މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާލޭ މިސްކިތެއްގެ އިމާމުކަން ކުރާ މީހަކު ހިމެނޭކަން ހާމަ ވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި އޭނާ ޕޮޒިޓިވްވިކަން ހެލްތް ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ) އިން އެންގި އިރު އޭނާ ހުރީ މިއަދު އަސަރު ނަމާދު ބަންގި ގޮވުމަށް މިސްކިތަށް ގޮހެވެ.

އެހެން ކަމުން އަސުރު ނަމާދު ބަންގި ގޮވުމަށްފަހު އެޗްޕީއޭ އިން އޭނާ ބަލާ އަންނަންދެން ހުރީ މިސްކިތުގަ އެވެ. މިރޭ 8 ޖަހާކަންހާއިރު ބަލާ އަންނާނެ ކަމަށް އެޗްޕީއޭ އިން ބުނި ނަމަވެސް އަދިވެސް އައިސްފައިނުވާ ކަން ވަނީ އެނގިފަ އެވެ.

މައުލޫމާތު ލިބިފައިވށގޮތުގައި  އިމާމު ޕޮޒިޓިވްވީ މަގުމަތިން ނެގި ރެންޑަމް ސާމްޕަލަކުންނެވެ.

މީގެކުރިން ވެސް ރެންޑަމްކޮށް ނެގި ސާމްޕަލްތަކެއް ޕޮޒިޓިވް ވެފައިވާއިރު، މިއަދު އެކަނިވެސް ރާއްޖެއިން ވަނީ ކޮވިޑް 19 ގެ 24 ކޭސް ވަނީ ފެނިފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އިސްލާމިކް މިނިސްޓްރީއާއި މާލޭ ސިޓީ ކައުންސިލާ ގުޅިގެން އެ މިސްކިތް ޑިސް އިންފެކްޓް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ނެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެމުން ދާތީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން އާންމުން ތަންތަނަށް އެއްވެ ނޫޅުމަށާ އަދި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލައި ފައި ވީ ނަމަވެސް ކޮންމެ ދުވަހަކު ފަސް ވަގުތު ބަންގި ދިނުމަށް އިމާމުން މިސްކިތަށް ދެއެވެ.މާއަތުގައި ނަމާދު ކުރުން ހުއްޓާލާފައި ވަނީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހު އެވެ. އޭރު މިސްކިތްތައް ބަންދެއް ނުކުރެ އެވެ. ނަމަވެސް މާލޭގައި ކޮމިއުނިޓީ ސްޕްރެޑެއް ފެށުނު ފަހުން ވަނީ މިސްކިތްތަކުން ފެން ވެސް ކަނޑާލައި، އާންމުންނަށް މިސްކިތަށް ނުވަދެވޭ ގޮތަށް ޓޭޕް ދަމާ މިސްކިތްތައްވަނީ ބަންދުކޮށްފަ އެވެ.

މިސްކިތައް އެރުމުގެ މުއްދަތު މިމަހުގެ 28 ވަނަ ދުވަހަށް އިތުރުކޮށްފައިވާއިރު، މިހާރު މިސްކިތްތަކަށް އެރެެނީ ބަންގި ގޮވުމަށް އިމާމުންނަށް އެކަންޏެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހިތަދޫ ފިޔަވާ އެހެން ރަށްތަކުގެ ކާފިއު އުވާލައިފި

އައްޑޫސިޓީގެ ހިތަދޫ ފިޔަވައި އައްޑޫގެ ގުޅިފައިވާ ރަށްރަށުން  ބުރާސްފަތި ދުވަހުން ފެށިގެން ކާފިއު އުވައިލައިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން ...

ބަނގުރާ ހޯދުމުގެ އޮޕަރޭޝަނަކީ ޤާނޫނުން ލިބިދޭ ބާރުގެ ދަށުން ހިންގާ އޮޕަރޭޝަނެއް – ކަސްޓަމްސް

ރޯޔަލް އައިލެންޑް ރިސޯޓުގެ ނަމުގައި ދޫކުރި ބަނގުރަލުގެ ތެރެއިން ފަން އައިލެންޑް ރިސޯޓަށް ޤަވާއިދާ ޚިލާފަށް ގެންގޮސްފައިވާކަމަށް ތުހުމަތުކުރެވޭ ...

މިސްޓަ މޯލްޑިވްސްގެ މަގާމު ޖެހިޖެހިގެން ދެވަނަ އަހަރު ޔާމީންހޯދައިފި

ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި މިސްޓަރ މޯލްޑިވްސް 2022 ގެ ޝަރަފް ޖެހިޖެހިގެން ...